އެފްއޭއެމްގެ އެކްސްކޯގެ ބައެއް މެންބަރުންނާ އެކު އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް: އޭނާ ވިދާޅުވީ އަންހެން ފުޓްބޯޅަ ފަށަން ހުރިހާ ކްލަބްތަކަށާއި ސިފައިންނާއި ފުލުހުން އަދި އެސްއޯއީތަކަށް ދައުވަތު ދޭނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 ޖުލައި 2025 - 12:24
އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތް ބާއްވަން، ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުން ޓީމުތައް ބައިވެރި ކުރުމަށް ދައުވަތު ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އަންހެން ޑިވިޝަނުގައި ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާ ހަމައެކަނި އެސޯސިއޭޝަނަކީ އެފްއޭއެމެވެ. އެ އެސޯސިއޭޝަނުން ގައުމީ ފެންވަރުގެ އިލެވެން ސައިޑް މުބާރާތެއް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.
އޭގެ ފަހުން 10 އަހަރު ވެގެން ދިޔަ އިރުވެސް އިލެވެންސައިޑް މުބާރާތެއް އެފްއޭއެމުން ނުބާއްވާ އެވެ.
އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތެއް ނުބާއްވާތީ، ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ނުހޮވަ އެވެ.
އަންހެން ފުޓްބޯޅައިގެ މުބާރާތް ބާއްވަން، އެފްއޭއެމްގެ އާ އެކްސްކޯގެ މައްޗަށް އަސާސީ ގަވާއިދުން އޮތީ ލާޒިމު ވެސް ކޮށްފަ އެވެ.
ތޯރިގް ވިދާޅުވީ އަންހެން ފުޓްބޯޅަ މުބާރާތް، މިފަހަރުގެ ކަލަންޑަރުގައި ހިމަނާނެ ކަމަށެވެ. އަދި ހުރިހާ ޓީމުތަކަށް ވެސް ޓީމުތައް ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގައުމީ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންނަކީ ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ކްލަބް މޯލްޑިވްސްއިން ބާއްވާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ކޮންމެ އަހަރަކު ވެސް އޮފީސްތަކާއި އެސްއޯއީތަކުގެ ޓީމުތަކަށް، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ކުޅެ އެވެ.
ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުގެ ޓީމުތަކަށް މުބާރާތުން ފުރުސަތު ދިނުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ބާއްވާ މުބާރާތުގައި އެއްވެސް ކޮލިފައިންނެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ޑްރާފްޓް ކުރަމުންދާ ޝެޑިއުލުގައި ވެސް އޮންނާނެ މި ސީޒަނަށް ތާވަލުކޮށްފައި. އޭގައި [އަންހެން ފުޓްބޯޅައިގައި] އަޅުގަނޑުމެން ހުޅުވާލާނަން ހުރިހާ ކްލަބްތަކަކަށް ވެސް. ސިފައިން، ފުލުހުން އަދި އެސްއޯއީތަކަށް ވެސް ދައުވަތު ދޭނަން މުބާރާތުގައި ވާދަކުރަން،" ތޯރިގް ވިދާޅުވި އެވެ.
"ފުރަތަމަ ފަށާއިރު އެއްވެސް ކޮލިފައިންނެއް ފަސްޓް ޑިވިޝަނެއް ނޯންނާނެ. ދެން ކުޅޭ ނިސްބަތަކުން ގަދަ ޓީމުތަކެއް ދެން އަންނަ ސީޒަނަކަށް އޭގައި އިތުރު ލޭއައުޓް [އިތުރު ޑިވިޝަންތަކެއް] ހިމަނާނީ. މި ސީޒަންތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން މުޅި ރާއްޖެ އަށް އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން."
އެފްއޭއެމްގެ އާ ކަލަންޑަރު ފައިނަލު ކުރާނީ އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކޮށް ނިމުމުންނެވެ. ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ކްލަބްތަކަށް ވަނީ ފުރުސަތު ހުޅުވާލާއިފަ އެވެ.
ކޮމިޓީތަކަށް މެންބަރުކަމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ 2 ޖެހުމުގެ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
31 July 2025
މީހަކު އަޖާބެއް ނުވާނެތަ؟؟ މިކަހަލަ ތަނެއް ދޮރެއް ނޭގޭ މީހުން، ރަށްކުޑަ ވެފަ އާއިލާ ބޮޑު ވީމަ ވޯޓުލާން ޖަހޭ މީހުން މަދުވީމަ، މަޖީލީހުގެ ގޮނޑި ހޯދުނީމަ ތޔިމާއަށް ހީވާކަހަލަ މިހުރީ ހުރިހަ ކަމެއް އެނގިފައޭ. ބަލަ "އެސްއޯއީ' ތަކަކި ކުޅިވަރު ކުލެން އުފައްދާފަ ހުރި ތަންތަންތޯ؟؟ ކުޅިވަރެއް ކުރިއަރުވަންޏާ އެކަން ފަށަންޖަހޭނީ ސްކޫލް ދައުރުގައި. އެސްއޯއީ އޭ ކިޔާގެން ކޮންމެވެސް ވަކަމެއް ކޮރަޕްޝަނެއް ނުހިންގިގެން ތިޔަ އުޅެނީ.
ކަނައްކަ
31 July 2025
ހަވާލުވުމާއެކީ މިއުޅެެނީ ކޮން ކުޅިވަރެއް ކުޅެންބާ... މާ ވަރަކަށަ އަންހެނުންނާ އަޅައިގަނެގެން އެވެރިން އެތަން މިތަނުން މި ދަންމަނީ ކިޔެއްވެގެންބާ. ގޭތެރޭ މަސައަކަތް ކުރުވަމުން އޮފީސް މަސައްކަތްކުރުވަމުން ކުޅިވަރު ކުޅުމަށް ނެރެމުން، ހަމަ ނޭވާއެއް ލެވޭވަރު ނުކުރޭ. އަދި ކިޔާނެ ވިހާ ކުދިން މަދުވަނިއްޔޭ.
އެކްސިް
30 July 2025
ނޫން. އެސް އޯ އީ ތަކުން އުޅެންވީ ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ބަލަން. ތިއީ ހަމަ ޑިސްޓްރެކްޝަނެއް.
ދަނޑުން
30 July 2025
އަންހެނުންނަށް ފުޓްބޯޅައެއް ނުކުޅެވޭނެ......
ހަމަތަ
30 July 2025
ފުޓްބޯޅައިގެ ކުރިމަގެއް ނެތް.. އަދިވެސް ސިޔާސީ ކުރުމުގެ ވިސްނުން މި ގެންގުޅެނީ
ޢިބޫ
30 July 2025
ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނަގާގެ ކުޅިވަރު ކުޅުނީމަ ގައުމަށް އެންމެ ފައިދާވާނީ.
ނާދިރު.
30 July 2025
ކ.މާލޭގެ ކަންމަތީ ގުރޫޕު ތަކަށް އެކިއެކި ނަންތައް ދީގެން ދައުލަތުގެ ކުންފުނިތަކުގެ ފައިސާ ރަށުމީހުންނަށް ބަހާލަންވެގެން ކ.މާލޭ މީހުން ކުރާ ކަންކަން ތިއީ. ކޮންމެހެން ޤައުމީ ކަންކަމޭ ތިކަންކަމަށް ކިޔާނެ ކަމެއްނެތް. ޤައުމަކީ ކ.އަތޮޅު މާލެ އެއްނޫން.
ބުހުތާނު6
30 July 2025
ތިޔަ މެޗްތައް ކުޅެގެން، އެސްއޯއީ ތަކުން ރައްޔިތުންނަށް ދަރާފަ އޮތް ދަރަނިތައް ދެއްކެންޏާ ހަމަ އޯކޭ.. އެހެންނޫނީ ދެބޯހެރި ދުއްވާނެކަމެއްނެތް.. ތޯރިގް އައިތާ ދެދުވަސްނުވެ، ޖެހިފަ ހުރި މައްސަލަތައް ހައްލުނުވެ، އެހެން ދިމަދިމާލަށް އަތްބޭނީމަ، ތިތަން ހިންގާނެގޮތް ފެނިއްޖެ.. ރައްޔިތުން އަބަދު ޅޮސް އުނދޯލީގަ ތިބެންވީދޯ؟؟؟