ކުޅިވަރު / ނިއުކާސްލް

އިސާކް އާއި ނިއުކާސަލްއާ ދެމެދު ހުޅުގަނޑު ރޯވެއްޖެ

އެލެގްޒެންޑާ އިސާކް އޭނާ އާއި ނިއުކާސަލްއާ ދެމެދު ވަނީ ރުޅިވެރިކަމުގެ ހުޅުގަނޑު ރޯވެފަ --- ފޮޓޯ: ގެޓީ އިމޭޖަސް

20 އޯގަސްޓް 2025 - 09:38

އެލެގްޒެންޑާ އިސާކް ނެރުނު ބަޔާނާ ގުޅިގެން އޭނާ އާއި ނިއުކާސަލް ޔުނައިޓެޑާ ދެމެދު ބޮޑު ހުޅުގަނޑު ރޯވެއްޖެ އެވެ.

ސްވިޑެންގެ ފޯވާޑް ގެންދަން ލިވަޕޫލުން މަސައްކަތް ކުރި އެވެ. އެކަމަކު ނިއުކާސަލްއިން އެ ޓްރާންސްފާ އަށް އެއްބަހެއް ނުވެ އެވެ.

އަންގާރަ ދުވަހު ބޭއްވި ޕީއެފްއޭ އެވޯޑް ހަފުލާއިން އޭނާ ނުފެނުނެވެ. ނިއުކާސަލްގެ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އޭނާ އެކަންޏެވެ.

އެވޯޑް ހަފުލާގައި ބައިވެރިނުވާނެކަން ހާމަކޮށް ސޯޝަލް މީޑީއާގައި އޭނާ ނެރުނު ބަޔާނުގައި ބުނީ އޭނާ އެއްޗެއް ނުބުނެ ހުރި އިރު ވެސް އެހެން މީހުން އޭނާއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކައިފި ކަމަށެވެ. ރެއާލް ސޮސިއެޑާޑުން 2022 ގައި ނިއުކާސަލަށް ބަދަލުވި އިސާކް ބުނީ އޭނާއާ އެކު ވަކިން ބޭއްވި ބައްދަލުވުންތަކުގައި ކްލަބުން ދެއްކި ވާހަކަތަކުގެ ހަގީގަތަށް ވެސް ނުބަލައި އޭނާއާ ބެހޭގޮތުން ވާހަކަ ދައްކާ ކަމަށެވެ.

"ހަގީގަތަކީ ވައުދުތައް ވެ، އަދި އަހަރެން ނިންމައިގެން ހުރި ގޮތް ކްލަބަށް ވެސް އެނގޭތާ ދިގު މުއްދަތެއް ވެއްޖެކަން. ކުއްލިއަކަށް މިކަންކަން ފެންމަތިވި ކަމަށް ހެދުމަކީ އޮޅުވާލުމެއް. ވައުދުތަކާ ހިލާފުވެ، އިތުބާރު ގެއްލޭހިނދު، ގުޅުން ދެމިނޯންނާނެ. މިއީ އަހަރެންގެ މިހާރުގެ ޙާލަތު. އެހެންވީމާ، (އަހަރެން ކްލަބް ބަދަލު ކުރުމަކީ) އަމިއްލަ ނަފްސަށް އަދި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ ފައިދާހުރި ގޮތް،" ސޯޝަލް މީޑިއާގައި އިސާކް ލިޔުނެވެ.

އޭނާގެ އެ ބަޔާނާ ގުޅިގެން ކްލަބުން ވެސް ވަނީ ސްޓޭޓްމެންޓެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ނިއުކާސަލްއިން ބުނީ އޭނާ ގަންނަން ހުށަހެޅިފައިވާ އަގު ކްލަބްގެ މިންގަނޑަށް ނުފެތޭ ކަމަށެވެ. އަދި އިސާކް، ސްކޮޑާ އަލުން ގުޅެން އިލްތިމާސް ކުރި އެވެ.

"ސޯޝަލް މީޑިއާގައި އެލެގްޒެންޑާ އިސާކް އާންމު ކުރި ބަޔާން އަހަރެމެންގެ ސަމާލުކަމަށް އައިތީ ހިތާމަ ކުރަން،" ނިއުކާސަލްގެ ބަޔާން ފަށަމުން ބުނެފައި ވެއެވެ.

"އެލެކްސް [އިސާކް] އަދިވެސް ހުރީ ކްލަބްގެ ކޮންޓްރެކްޓްގައި. މި އަހަރުގެ ހޫނު މޫސުމުގައި އެލެކްސް ނިއުކާސަލް ޔުނައިޓެޑް ދޫކޮށްލުމުގެ ހުއްދަ ދިނުމަށް ކްލަބްގެ އެއްވެސް އޮފިޝަލަކު ވައުދުވެފައި ނުވާކަން ސާފުކޮށްދޭން ބޭނުން،" ކްލަބްގެ ބަޔާނުގައި ވެ އެވެ.

އެ ކްލަބުން ބުނީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިން ބައިތިއްބަން މަސައްކަތް ކުރާނެ ކަމަށެވެ. "ހަމައެޔާ އެކު ކުޅުންތެރިންގެ ވަކިވަކި އުއްމީދުތަކެއް ވެސް ހުންނާނެކަން ވެސް ނިއުކާސަލް ޔުނައިޓެޑުން ގަބޫލު ކުރަން. އަދި އެ ކުޅުންތެރިންގެ ހިޔާލުވެސް އަހަރެމެން އަޑުއަހަން،" ބަޔާނުގައި ބުނެފައި ވެއެވެ.

"އެލެކްސް އާއި އޭނާގެ މަންދޫބުންނަށް ވެސް އޮޅުންފިލުވައި ދީފައިވާނެ ނިއުކާސަލް ޔުނައިޓެޑްގެ މިންގަނޑަށް ފެތޭވަރުގެ ޓްރާންސްފާއެއް އޭނާ އަށް ހާއްސކޮށް ކްލަބަށް ލިބިފައިނުވާ ކަމަށް. ނިއުކާސަލުން ވިސްނަންޖެހޭ ކްލަބަށް އެންމެ ރަނގަޅުވާނެ ގޮތް ވެސް."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454