ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ދެ ލެގުގެ ނަތީޖާއިން ކުރި ހޯދައި ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް

09 ސެޕްޓެމްބަރ 2025 - 19:26

28 comments

ދެ ލެގުގެ އެގްރިގޭޓުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި އެ ގައުމުން އިންތިޒާމުކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޓައިޓަލް ރާއްޖޭން ހޯދައިފި އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ހަތަރު ގައުމު ވާދަކުރާ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އެ ގައުމުގެ އެފްއޭއިން ދައުވަތު ދިން ބައެއް ގައުމުތަކުން ދައުވަތު ގަބޫލު ކުރެވެން ނެތްކަން އެންގި އެވެ. އޭރުވެސް ރާއްޖޭން ވަނީ ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވާނެކަން އަންގައިފަ އެވެ.

ރާއްޖޭން ބައިވެރިވުމުން، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ބާއްވަން އުޅުނު މުބާރާތް ކެންސަލްނުކޮށް، ދެ މެޗު ރާއްޖެއާ ދެކޮޅަށް ކުޅޭށެވެ. އަދި ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ތައްޔާރު ކުރި ތަށި ދިނުމަށް ވެސް ނިންމި އެވެ.

މިއަދުގެ މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ހޯދި ތިން ލަނޑުގެ މޮޅާ އެކު ރާއްޖޭން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް އެގްރިގޭޓުންނެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލަންކާގެ ޑިލަން ޑަ ސިލްވާއަށެވެ. މެޗުގެ 20 ވަނަ މިނެޓްގައި ރާއްޖޭގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

އެ ހާފުގައި ރާއްޖޭގެ މިޑްފީލްޑަރު އަހްމަދު އައިހަމް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލަންކާގެ އޭރިއާ ތެރެއަށް ނަގައި ދީފަ އެވެ. އެ ވަގުތު ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވެސް ހުރީ ނުބައި ޕޮޒިޝަނުގަ އެވެ. ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާނެ އިތުރު ދިވެހި ކުޅުންތެރިޔެއް ލަންކާގެ އޭރިއާގެ ތެރޭގައި ނެތެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ލަންކާގެ ވަސީމް ރަޒީކް އަށް ރަނގަޅު ފުރުސަތެއް އެ ޓީމުގެ އަދާވަން ރާޖާމޯހަން ނަގައި ދިނެވެ. ރަޒީކް ފަޔަށް އެ ބޯޅަ ރަނގަޅަކަށް ނޭރި އެވެ. ވެއްޓިގެންފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ޑިސެމްބަރު 2021 ގައި ލަންކާއިން ބޭއްވި ފޯނޭޝަން ކަޕްގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި 4-4 އިން އެއްވަރު ކުރި މެޗުގައި ރަޒީކް ހެޓްރިކް ހެދި އެވެ. އެކަމަކު މިފަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ލަންކާ ޓޮޕް ސްޓައިކަރު ރަޒީކަށް އޭނާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލަކަށް ހަދައެއް ނުލެވުނެވެ.

ލަންކާގެ އެހެން އެޓޭކަރުންގެ ފަރާތުން ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރި އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފޯވާޑް އަހްމަދު ރިޒުވާން އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ޑިފެންޑަރު އަދި ކެޕްޓަން ސަމޫހް އަލީ އެވެ.

ސަމޫހް އާ އެކު ރާއްޖޭގެ ޑިފެންސަށް ކުޅުންތެރިންގެ އަދަދު އިތުރުވުމުން، މެދުތެރެއަށް ކުޅެމުންދިޔަ ހަމްޒާ މުހައްމަދު، ކުރިއަށް ޖެހި ރާއްޖޭގެ ހަމަލާތަކުގައި އޭނާގެ ބައިވެރިވުން އިތުރު ކުރި އެވެ. ހަމަލާތަކުގައި ހަމްޒާ ބައިވެރިވާން ފެށުމުން ރާއްޖޭން ލަންކާގެ ގޯލަށް ނުރައްކާ ކުރާ މިންވަރުވެސް އިތުރުވި އެވެ.

ދެ ވަނަ ހާފުގައި ވެސް ރަޒީކަށް ރަނގަޅު ހުރަހެއް ލަންކާގެ ސެމް ޑްރަންޓް ނަގައި ދިނެވެ. އެކަމަކު ރަޒީކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖޭން ކައުންޓަ އެޓޭކްގައި ކުރިއަށް ޖެހި ހަމަލާ އުފެއްދި އެވެ. ދިވެހި ޓީމުގެ ގޯލަކީ ވެސް ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާ އަކުން ކާމިޔާބު ކުރި ގޯލެކެވެ.

އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ރީބައުންސްވުމުން ގޯލް ކުރިމަތީގައި ހުރި ނާއިޒު ހުސައިން (ދާދު) ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޮލިވާ ކެލާޓް ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިން ލަނޑުންނެވެ.

28 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 11%
icon angry icon angry 26%
icon wow icon wow 5%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޯޖޯކް

10 September 2025

ކުރިކެޓް ކުޅޭ ބަޔަކާ އެކީ ފުޓުބޯޅަ ކުޅެގެން މެޗް އެއްވަރުވީމަވެސް ހީވަނީ ވޯލްޑް ކަޕް ލިބިގެން އުޅޭހެން. މަރުހަބާ ތިޔަހޯދި އާދަޔާ ހިލާފު ކާމިޔާބީއަށް

The name is already taken The name is available. Register?

2025

10 September 2025

ހާދަ ބޮޑަލޭ މޯޑިވްސް ޝުކުރުކޮށްބަލަ ދެންތިބި ގަައުމުތައް ބައިވެރިނުވީ....... ބޮއިހަލަކި

The name is already taken The name is available. Register?

ފރެފފރ45

10 September 2025

ރާއްޖެއިން 15000 ޕާސް ޖެހިޔޭ، 100 ޝޮޓުހެދިޔޭ ، 190 ކޯނަރު، މިހެން ކިޔަގަ ދެން

The name is already taken The name is available. Register?

ކަޕެއް ނޫން ފްރެންޑްލީއެކޭކިޔާ-2 ޓީމު

10 September 2025

ފުޓްބޯޅައަށްގޮސް ހުސްވެފައިވާ ދިވެހިރާއްޖެއާ، ފުޓްބޯޅައަށް ސަމާލުކަންކުޑަ އަދި ކްރިކެޓަށްގޮސް ހުސްވެފައިވާ ލަންކާއާދެމެދު ކުޅެވުނު 2 މެޗުން، ޖުމްލަނަތީޖާއަށް ބަލާއިރު ޕޮއިންޓްކޮޅަކުން ރާއްޖެ މޮޅުވުމުން ވަރަށް އުފާކުރަމެވެ. ނަމަވެސް ރާއްޖެ ފަޚުރުވެރިވާފަދަ ކުރިއެރުމަކާ ކާމިޔާބީތަކެއް، ފުޓްބޯޅައަށް ހޭދަކުރާވަރާ އަޅާބަލާއިރު ރާއްޖއަށް ނުހޯދޭކަން ޤަބޫލުކުރަމާ. ފުޓްބޯޅައިގެ ގަަވަރނަންސް، މެނޭޖްމަންޓް އަދި ކޯޗިންގ ސުމެއްގަ އޮވެގެން، ހޭދަކުރިއަސް ނުވާނެ

The name is already taken The name is available. Register?

އުފާކުރަން

10 September 2025

ރާއްޖެ މޮޅުވުމުން އުފާކުރަން. އެކަމަކު ބުނަންޖެހެނީ ލަންކާގެ ކުޅުންގަނޑު ބޮޑުތަނުން ރަނގަޅުކޮއްފިޔޭ. ބަލާލަން ރީތިކުޅުމަކައް އެމީހުންގެ ކުޅުން އެބަބަދަލުވެއޭ ނިންމާލުމުގެ ކަންތައްތައް ރަނގަޅުވުމުން ނަތީޖާވެސް ނެރެން ފަށާނެއޭ. އެތަނުން ބައެއްކުޅުންތެރިން ދިވެހިރާއްޖޭގެ މުބާރާތްތަކުގަވެސް ކުރިން ލަންކާކުޅުންތެރިން ފެނުނުހެން ފެންނާނެހެން ހީވަނީ އެކަމަކު ހީވަނީ އެންމެ މޮޅައްފެންނަ ކުޅުންތެރިންނަކީ އެހެންގައުމުތަކުގައުޅޭ ކުޅުންތެރިންހެން.

The name is already taken The name is available. Register?

ދޮގުނޯ

10 September 2025

ލަންކާ އަތުން މޮޅުވެގެން މިވަރު އަރުވަން ޖެހޭބާ ؟ މިނިސްޓރ ދާކަށް ނުޖެހޭނެ ތިވަރު މެޗެއް ބަލާކަށް ، ރާއްޖެއިން ތިއައްވުރެއް މާބޮޑެތި ކާމިޔާބޯ އެބަ ހޯދާ ، ޟަމްހާ ޔޫރަޕުގައި ނުލާހިކު ކާމިޔާބު އެބަ ހޯދާ ؟

The name is already taken The name is available. Register?

ކުޅުން

09 September 2025

ކިތަށް ގައުމު ވާދަކުރި މުބާރާތެއްތަ މީ؟

The name is already taken The name is available. Register?

ޓިކިޓާކާ ޕްރޯ މެކްސް

09 September 2025

ޓިކިޓަކާގެ އެއްމެ ސަޅި ކުޅުން ކުޅެ ފައިނަލިއްސިމާގެ ތަށި ނެގީމަ ކޮންމެ ކުޅުންތެރިއަކަށް ވިހި މިލިއަން ރުފިޔާއާ ހުޅުމާލެން ފަސް ގޯއްޗާ ވިހި މެސީޑީޒް ބެންޒް ދޭންޖެހޭނެއޭ. އެވަރުގެ ފަޙުރެކޭ އެމެން އެ ހޯދީ. މަމެން ސާޅީހަށް އާފަލު ގަންނަން ޖެހުނަސް އޯކޭއޭ.

The name is already taken The name is available. Register?

ލަސް

09 September 2025

2 ގައުމުގެ ސްޕަކަޕް. ހހަހަހަހަހަ

The name is already taken The name is available. Register?

ސިލްމާ ޒާހިރު

09 September 2025

ސުޕަރ ކަޕް؟ ކުޅުނީ އެންމެ 2 ޤައުމު. ލަންކާ އާއި ރާއްޖެ. ކުޅުނީ އެންމެ 2 މެޗް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454