އޭޝިއަން ކްރިކެޓް ކައުންސިލުގެ ރައީސް އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ނަގްވީ (ވ) އާއި ޔޫއޭއީ ކްރިކެޓް ބޯޑްގެ ރައީސް ހާލިދު ޒަރޫނީ: ނަގްވީ އަތުން ތަށި ލިބިގަންނަން އިންޑިއާއިން ދެކުޅު ހެދި --- ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2025 - 09:40
އޭޝިއާ ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާއިން، އޭޝިއަން ކްރިކެޓް ކައުންސިލުގެ ރައީސް އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީގެ އަތުން ޓްރޮފީ ލިބިގަންނަން ދެކޮޅު ހަދައިފި އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ރޭ ނިންމާލި އޭޝިއާ ކަޕްގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ، ފައިނަލުގައި ފަސް ވިކެޓުން ޕާކިސްތާނު ބަލި ކުރުމަށް ފަހު އެވެ.
ފުރަތަމަ ކުޅެން އަރައި 19.1 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް ހެދުނީ 146 ލަނޑެވެ. ޖަވާބުގައި އިންޑިއާ ކުޅެން އެރުމުން ޕާކިސްތާނުން ވަނީ ފުރަތަމަ ތިން އޯވަރުން ތިން ކުޅުންތެރިން ނުބައިކޮށްފަ އެވެ. އެ ތިން އޯވަރުން އިންޑިއާ އަށް ހެދުނީ 20 ލަނޑެވެ. އިންޑިއާ މޮޅުވީ 19.4 އޯވަރުން ފަސް ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހަމަކޮށްގެންނެވެ.
ޕާކިސްތާނު ބަލިކޮށް މުބާރާތް ކާމިޔާބު ކުރުމުން، އިންޑިއާގެ ޓީމުން ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. އެކަމަކު އުފާފާޅު ކުރީ ތައްޓާ ނުލަ އެވެ.
"އޭޝިއާ ކަޕްގެ ތަށި އޭސީސީ [އޭޝިއަން ކްރިކެޓް ކައުންސިލް] ގެ ޗެއާމަން އަތުން ލިބިގަންނަން އަހަރެމެން ބޭނުން ނުވީ. އޭނާ އަކީ ޕާކިސްތާނުގެ އެއް ލީޑަރު. އެހެންވެ އޭނާ އަތުން ތަށި ލިބިގަންނަން އަހަރެމެން ބޭނުން ނުވީ،" އިންޑިއާގެ ކްރިކެޓް ބޯޑްގެ ސެކްރެޓަރީ ޖެނަރަލް ދެވާޖީތު ސައިކާ ވިދާޅުވި އެވެ.
"އެކަމަކު އޭގެ މާނައެއް ނޫން އޭނާ [މުހްސިން ނަގްވީ] ތައްޓާއި މެޑަލް އޭނާ ގެންދާނެއެކޭ. އެއީ ވަރަށް ހިތާމަވެރި ކަމެއް. އަހަރެމެން އުއްމީދު ކުރަނީ ތައްޓާއި މެޑަލް ވަރަށް އަވަހަށް އިންޑިއާ އަށް ލިބޭނެކަމަށް."
ދެވާޖީތު ވިދާޅުވީ ނޮވެމެބަރު މަހު ބާއްވާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުގެ ބައްދަލުވުމުގައި ނަގްވީއާ ދެކޮޅަށް ސީރިއަސް ހަޅުތާލެއް ކުރިއަށް ގެންދާނެ ކަމަށެވެ. ނަގްވީ އަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑްގެ ވެސް ރައީސް އެވެ.
ރޭ ގެ މެޗު ނިމުނީ ދުބާއީގެ ގަޑިން 10:30 ހާ އިރު އެވެ. ނަމަވެސް އިނާމު ދިނުމުގެ ރަސްމިއްޔާތު ނުފެށި ގަޑިއިރަކަށް ވުރެ ގިނަ އިރު ވެގެންދިޔަ އެވެ.
ދަންވަރުގެ ވަގުތާ ކައިރިވެފައި ވަނިކޮށް އިނާމު ދިމުނުގެ ރަސްމިއްޔާތުގައި އިންޑިއާގެ ކުލްދީޕް ޔަދޭވް، އަބީޝެކް ޝަރްމާ، ތިލަކް ވަރްމާ ވަނީ ސްޓޭޖްގައި ތިބި އެހެން މަންދޫބުންގެ އަތުން އިންޑަވިޖުއަލް އެވޯޑް ލިބިގެންފަ އެވެ. އަދި ޕާކިސްތާނުގެ ކެޕްޓަން ސަލްމާން އަގާ ވަނީ، ނަގްވީގެ އަތުން ރަނަރަފް ޓީމަށް ދޭ ރަމްޒީ ފައިސާގެ ޗެކާ ހަވާލުވެފަ އެވެ. އެހާހިސާބުން އިނާމު ދިނުމުގެ ރަސްމިއްޔާތު ނިންމާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބްލެކްވިޑޯ
29 September 2025
ޢިންޑިއާ މީހުނަކީ ބޮޑާ ތިމާމެންވަރު ބަޔަކު ނެތިގެން އަބަދު ވެސް އަވައްޓެރި ގައުމި ތަކާ ދިމާކޮއްގެން އުޅޭ ގައުމެއް ޚައްސަ ކޮއް އަވައްޓެރި އިސްލާމް ގައުމުތަކާ އަބަދުވެސް ޖައްސާލަ އެ ގައުމުތަކުގައި ހަމަނުޖެހުން އުފައްދާ ގައުމެއް.. އިންޑިއާ އިން ސިފައިން ފޮނުވައިގެން އިޒްރޭލް ޖާސޫސު ކޮއް އީޜާނުގެ ތަނއތަނައް އީރާނު ގެތެރޭގަެި ހަމަލަ ދީ އީރާނުގެ އިސްވެރިން ތަކެއްމާރަލުމުގައި އިޒްރޭލް އާއި ބައިވެރިވި
އަފްރާސިޔާބު
29 September 2025
އަހަންނަށް ފެންނަނީ ނަގްވީ ހުރިދުނިޔެއްގައި ނުތިބޭނަމޭ ބުނެ އިންޑިޔާގެ ހުރިހާކުޅުންތެރިން މުޒާހަރާކޮށް ދުނިޔެދޫކޮށްފައި ދިއުން.
raajje
29 September 2025
މިކަމުންދޭހަވަނީ ދާދިފަހުން ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ހިތިރަހަ އިންޑިޔާމީހުންގެ ކަރުބުޑުގާލަމުންދާކަން، އަދި ހަމަލާތައްހުއްޓާލީ ޕާކިސްތާނާ ހަނގުރާމަކޮށް އިންޑިޔާއަށް މޮޅުނުވެވޭނެކަންއެނގޭތީ އެހެންގޮތެއްނެތިގެން އިންޑިޔާއިން ލަދެއްގަނުބެދޭން ސުލްހަވީކަމަށްހެދިގެންކަން، މިހާރަށްބަލާއިރު ޕާކިސްތާނުއުޅެނީ އިންޑިޔާއަށްވުރެން ބާރުގެގޮތުންކުރީގަ އެހެންވީމާ އިންޑިޔާމީހުނަށް ކުރެވޭނީމިފާޑުކަމެއްދޯ
އަބުދުލް ޤާދިރު
29 September 2025
ބޮޑާކަެތްމުގެ ވެސް ހައްދެއް ނެތް
ޙަކީމް ޖަމާލް
29 September 2025
ދެން ކީއްވެ ޕާކިސްތާނާ އެކީ މެޗް ކުޅުނީ ، މަނަމަ ޕާކިސްތާނާއެކީ ކުޅެން ބޭނުން މުވާކަމަށް ބުނެ މުބާރާތް ނިންމާލީމޫސް . ވަރަށް ދަށު ދަރައިގެ ކަމެއް މިކުރީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދަޢުވާ ކުރާމީހުން. މިވަރުގެ ހަސަދަވެރިކަމެއް އޮތް ބަޔަކާއިކު ތިޔަ މެޗް ނިންމާލެވުނުކަންވެސް ނަސީބު .
އަޒީބެ
29 September 2025
ކުޅިވަރަކީ އެކުވެރިކަން އާލާކުރަން ކުރާ ކަމެކޯލަ.. އެކަމަކު އިންޑިޔާ އަށް ކުޅިވަރަކީ ހަސަދަވެރިކަމާއި، ނުރުހުންތެރިކަން ހާމަކުރަން ހޯދާ ފުރުސަތެއްގެ ގޮތުގައި މިބެލެވެނީ ތޯއްޗެއް؟
މިދެން ކޮން ކަމެއް
29 September 2025
މަގުމަތީގަ މިއުޅޭ ބުޅާވެސް ދޭތި ދޭއްޗަށް އެއް ދުވަހު ތަޅައިގަންނާނެ އެކަމަކު އަނެއް ދުވަހު އެކުވެރިވެ ކުޅެން ތިބޭނެ..އެކަމަކު މިވެރިން މިތިބެނީ ގޮތް ދޫނުކޮށް ބޮޑާހޭކުމުގަ. ކިތަންމެ ރުޅިއަޔަސް އިންޑިޔާގެ ގިނަބަޔަކު ޕާކިސްތާނުގެ ޑުރާމާތަށް ބަލާހަދާ..އަދި ޕާކިސްތާންގެ ފަންނާނުންނަށްވެސް ވ.ސަޕޯޓުކުރޭ.
އިސްޓާކީނު
29 September 2025
އެއް ނަސްލެއްގެ ބަޔަކު ދެން އުޅޭ ގޮތެއް
ސަސި
29 September 2025
އިންކުރެޑަބަލް އިންޑިއާ ކިޔަނީ ކަމެއްވީމައޭ
މުލޭ
29 September 2025
އިންޑިއާ މީހުންގެ ކަންކަން މާބޮޑީ. ކުޅިވަރާއި ސިޔާސީ ކަންކަން ނުގުޅުވާށޭ ބުންޏަސް މިމީހުންގެ ކަންކަން މިހުންނަނީ ޔަހޫދީންނާ އެއް ހަމައެއްގައި. ނުހޮރުއްޕާން ބޮޑު ބައެއް.