އެމްބާޕޭ (މ) ގޯލެއް ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
01 އޮކްޓޯބަރ 2025 - 06:37
އަލްމަޓީ (އޮކްޓޫބަރު 1) - ކަޒަކިސްތާނުގައި އެ ގައުމުގެ ކައިރަތު ފުޓްބޯޅަ ކްލަބާ ދެކޮޅަށް ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ހެޓްރިކާ އެކު، ރެއާލް މެޑްރިޑް 5-0 އިން ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުން މޮޅުވެއްޖެ އެވެ.
ލީގުގައި އެންމެ ފަހުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗާ އެކު 7،000 ކިލޯމީޓަރުގެ ދަތުރަކަށް ފަހު، ރެއާލް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެމްބާޕޭ ކާމިޔާބު ކޮށްދިން ހެޓްރިކަކުން އެއް ގޯލުގެ ލީޑަކާ އެކު އެވެ.
ނަމަވެސް ޕްލޭއޮފްގައި ސެލްޓިކް ބަލިކޮށްގެން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކުޅޭ ކައިރަތަށް ދެވަނަ ހާފުގައި ރެއާލް ހިފަހައްޓާލުން ވީ އުނދަގޫ ކަމަކަށެވެ.
އެމްބާޕޭ އޭނާގެ ދެވަނަ ގޯލު ޖެހީ 52 ވަނަ މިނިޓުގަ އެވެ. ހެޓްރިކް ފުރިހަމަ ކުރީ 73 ވަނަ މިނިޓުގަ އެވެ. އޭގެ 10 މިނިޓު ފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ޖެހީ އެޑުއާޑޯ ކަމަވިންގާ އެވެ. އޭގެ 10 މިނިޓު ފަހުން، އިތުރު ވަގުތުގެ ތެރޭގައި ފަހު ލަނޑު ޖަހައިދިނީ ބްރަހީމް ޑިއާޒް އެވެ.
އެމްބާޕޭ ރޭގެ މެޗުގައި ގޯލެއް ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މި މެޗާ ކުރިމަތިލީ އިރު ކައިރަތަށް ވަނީ އަނިޔާގެ ސީރިއަސް މައްސަލައެއް ދިމާވެފަ އެވެ. އެ ޓީމުގެ ތިން ކީޕަރަށް ވެސް އަނިޔާވެފައި ވުމާ އެކު މެޗުގައި ކުޅުނީ ކަޒަކިސްތާނުގެ 19 އަހަރުން ދަށުގެ ގޯލްކީޕަރު، އުމުރުން 18 އަހަރުގެ ޝާކާން ކަލްމުރުޒާ އެވެ.
މީގެ އިތުރުން ކަޒަކިސްތާން ގައުމީ ޓީމަށް ކުޅޭ 17 އަހަރުގެ ފޯވާޑް ޑަސްތާން ސަޓްޕަޔޭވް ވެސް ވަނީ މި މެޗުގައި ކައިރަތަށް ސްޓާޓް ކޮށްފަ އެވެ. އޭނާ ވަނީ އަންނަ ސީޒަންގައި އިންގްލެންޑްގެ ޗެލްސީއާ ގުޅުމަށް އެއްބަސްވެފަ އެވެ.
ރޭގެ މޮޅާ އެކު، ރެކޯޑް 15 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑް 112 ޓީމު ޗެމްޕިއަންސް ލީގުގައި ބަލިކޮށްފަ އެވެ.
ރެއާލް ވަނީ ލީގު ބުރުގައި އެޓީމުގެ ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ކައިރަތަށް އަދި ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
01 October 2025
ކަޒަކިސްތާނާ، ޕަޕުއާ ނިވުގިނީއާ، މޯގޯލިއާގެ ޓީމުތަކާ ދެކޮޅަށް ކުޅެގެން މަށަށްވެސް 3 ލަނޑުޖެހޭނެ. ތީދެން މޮޅުކޮށްފަ ނޫހުގަ ޖަހަންޖެހޭވަރުގެ ކަމެއްނޫންދޯ؟ ބޮޑު ސުރުހީއެއްގަ މިހެން ޖެހީމަ ރެއާލާ އެމްބައްޕޭގެ ފެންވަރު މިވަޒަންކުރެވެނީ ކޮންފެންވަރެއްގެ ކަންވެސް ސާފުވެއްޖެ
ބީއެސްބީ ވެންގާ
01 October 2025
ދޮގެއްވާ ނޫން.މެންޔޫ ، ސިޓީ ، ބާސާ ، އާސެނަލް ، ޔުވޭ ، ބެޔާން ، އެތުލެޓިކޯ ، ލިވަޕޫލް ، އިންޓަރ ނުވަތަ ޗެލްސީ ކަހަލަ ޓީމެއްގެ ގޯލަށް ޖެހީމަ ދޯ އަސްލު ފެންވަރު ދެއްކިކަމަށް ވާނީ.
ބާލީހު އުރަ
02 October 2025
ނުޖެހިޔަސް ސަލާމަތެއްނޯންނާނެ