ގައުމީ ޓީމުގެ މިޑްފީލްޑަރު ފަތޯ: ފުޓްސަލް މުބާރާތެއްގައި ކުޅެން ދިއުމުން އޭނާ ވަނީ ސްކޮޑުން ބޭރު ކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ނޮވެމްބަރ 2025 - 22:21
ގައުމީ ސްކޮޑްގައި ހިމާނާފައިވަނިކޮށް ފުޓްސަލް ކުޅެން ދިއުމުން އަހްމަދު އައިހަމް (ފަތޯ) ގައުމީ ޓީމުން ބޭރުކޮށްފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް، ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެކުލަވާލި ސްކޮޑުން މާޒިޔާގެ މިޑްފީލްޑަރު އައިހަމް އަށް ފުރުސަތު ދިނެވެ.
މިއަދު ސްކޮޑު އިއުލާންކޮށް ޓީމުގެ ޕްރެކްޓިސް ވެސް މިއަދު ހަވީރު ފެށި އެވެ.
ގައުމީ ޓީމުން އައިހަމް އަށް ޖާގަ ދޭން ފެށީ ގައުމީ ޓީމުގެ ސެންޓަ މިޑްފީލްޑަރު މާޒިޔާގެ އިބްރާހިމް އައިސަމް (ޓޯނީ) އަށް އަނިޔާވުމުން އެ މަގާމު ފޫބެއްދުމަށެވެ.
އައިހަމް، ޓީމުން ބޭރު ކުރިކަން އެފްއޭއެމުން ވަނީ މީޑީއާ އަށް ހާމަކޮށްފަ އެވެ.
އެފްއޭއެމުން ބުނީ ޓީމުގެ ޕްރެކްޓިހަށް ހާޒިރުނުވެ، އައިހް ފުޓްސަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ދުރާލައި އޭނާ އަންގާފައި ވެސް ނުވާ ކަމަށް އެ އެސޯސިއޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަހަރޯހީވޭ
12 November 2025
އެކަމަކުވާ. ތިޔަށްވުރެ ތާހިރު ފޮޓޮއެއް ނެތީ؟؟؟
ފައިގޯ
11 November 2025
ޜަށަށްވުރެ ގައުމު އިސްވާންވާނީ
ސަރުކާނު
11 November 2025
އުސޫލާ ހަމަތަކުގެ ތެރެއިން ކުރީމަ ރަނގަޅުވަނެ. މާދަމާ އޭނަ އޮތޭ ޓޮމްއަށް ވަކިން މެސެޖެއްކޮށްފަ އެހެންވީމަ ރައީސަށް ލިބޭ ބާރުގެ ދަށުން ޓީމަށް ނެގީއޭ ބުނެވިގެން ނުވާނެ. އެހެންނަމަވެސް ޤައުމީޓިމަށް އޮތް ފުރުސަތު މުޅިން ބަންދު ވީކީނޫނެއްނު. އަދި ކުރިޔަށް ހުރި މެޗްތަކުން ފުރުސަތު ދޭނެ އެއްނު. ޑިސިޕްލިން ހުންނަންވާނެ ކުޅިވަރުކުޅޭ މީހުންގެ. ރަގަޅަށް ތި ހެދީ
ބެރި
11 November 2025
މިއީ ތަންކޮޅެއް ބޮޑުވަރު. ފުޓްބޯޅަ އާ ފުޓްސަލް އަކީ ދުޝްމަނުންތަ؟ ކޮންމެވެސް އެކައްޗެއް މިގައުމުގަ ހުއްޓާލާ. ސަރުކާރުން ހަރަދުކުރުންވެސް ހުއްޓާލާ. މީގައި ކުށްވެރިވަނީ މިކުއްޖާއެއް ނޫން.
އަޅި އަލީ
11 November 2025
ނޫސް ބަޔާނެއް ނެރެލާ އެ ސޮރުވެސް! އޯކޭ ވާނެ!
ދޮނާަ
11 November 2025
އެއްޒަމާނެއްގަ ދަގަނޑޭ އަށްވެސް ހަމަ މިހެން ފުޓްސަލް މެޗްތަކެއް ދޭތެރެއަކުން ކުޅެގެން ޑިސިޕްލަނަރީ ކަންތައްގަނޑެއް ކުރިމަތި ކުރި ބަޔަކު. މިއަދު މިފެންނަނީ އެ ސަގާފަތް އަލުން އަނބުރާ އިޔާދަވެފައިވާތަން. އެކަމުގެތެރެއިން އޭނާގެ ކުޅުމަށާއި އުޅުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިކުރި. އެހެން އުޅެމުންގޮސް ރިޓަޔަރވީ. އެއީ ރާއްޖެ އަދި މިސަރަހައްދަށްވެސް މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. ފިލާވަޅު ލިބެންޖެހޭ
ޭއިބުރާހީމް
11 November 2025
އުސޫލުން ބޭރުން ފަތޯ ކަންކޮށފައިވާނަމަ ތިނިންމުން ބަރާބަރު
ޒިޔާދު މެން ޔޫ
11 November 2025
އަމިއްލަ އުފަން ރަށު ޓީމަށް ކުޅހުމަަކީ ގައުމީ ޓީމްގެ ޒިއްމާ ދޫކޮއްލުންތޯ؟ސުރުހީއެއް އަޅާލެ ވެނިކޮން ނިމުނީތަ؟
މުލޭ
11 November 2025
ވާނުވާ ނާންގާ ޕްރެކްޓިހަށް ހާޒިރުނުވެގެން ބަލާއިރު އެހެން މުބާރާތެއް ކުޅެންގޮސް ހުރުމަކީ ގައުމީ ޓީމުގެ ޒިންމާ ދޫކޮށްލުން. މިފަދަ ކަންކަމުގައި މޫނަށް ކަނދުރާއަށް ނުބަލައި ފިޔަވަޅު އަޅައިގެން ނޫނީ ކުޅުންތެރިން ޑިސިޕްލިންއެއް ނުވާނެ. ފިޔަވަޅު ރަނގަޅު.
ޖުހާަ
11 November 2025
އައިހަމް އަށް ވޯނިން އެއްދެވިދާނެ. ޢެކަމަކު ޓީމުން ބޭރުކުރުމަކީ ބޭއިންސާފް. ބޮޑުވަރު ތިއީ. އައިހަމް އަކީ ރާއްޖޭގެ ޓީމްގަ މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ. ކޮންމެވެސް ރެސްޕެކްޓެއްވެސް ދޭންޖެހޭ. ދެރަކަންކަން. އޭނާ އަނބުރާ ޓީމަށް ގެންނަންޖެހޭ. ނަފްސާނީ ގޮތުންވެސް އޭނައަށް ބޮޑުވަރު ތިކޮށްލީ
މުލޭ
11 November 2025
ކިތަންމެ މޮޅަސް ޓީމަށްވުރެ ކުޅުންތެެރިޔާ ބޮޑެއް ނުވާނެ. ފިޔަވަޅު ރަނގަޅު. އެކަމަކު ހަމަހަމަކަން އަބަދު ވެސް ހިފަހައްޓަންވާނެ.
ހުސް ރަށު ކިންގް
11 November 2025
ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއި ކުޅިވަރުގެ ހަލާކަކީ މިހާރު އެއްވެސް އުސޫލެއް، ރޭވުންތެރިކަމެއް ނެތި ހިނގަމުންދާ ރަށު މުބާރާތްތައް. ކުޅިވަރުގެ އަހްލާގު ގެއްލުވާލައިފި
މުލޭ
11 November 2025
ރަށު ނުބާރާތްތައް ހިންގުމަކީ ވެސް ކުރަންޖެހޭނެ ކަމެއް. އެކަމަކު އައަށްވުރެ އިސް މުބާރާތެއްގައި ކުޅޭ މީހަކު ރިލީޒްނުލިބި ކުޅެފިނަމަ ފިޔަވަޅު އަޅަންވާނެ.