ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަ): އޭނާ ބުނީ ގައުމީ ޓީމުގެ ހާލަތު ބަދަލުކުރަން ގިނަ ފްރެންޑްލީ ކުޅެން ޖެހޭ ކަމަށް --- ފޮޓޯ: އެފްއޭއެމް
19 ނޮވެމްބަރ 2025 - 11:14
ގައުމީ ޓީމުގެ ހާލަތު ބަދަލު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅެން ލިބިގެން ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޯހަން ބުނީ ރަސްމީ މެޗުތަކުގައި ގޯސްތައް މަދުކޮށް ކުޅެވޭނީ އެކުވެރިކަމުގެ މެޗުތައް ކުޅެގެން ކަމަށެވެ.
އޭނާ ބުނީ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން މެޗުތަކެއް އިންތިޒާމު ނުކުރެވެނީ ކަމަށް ވެދާނެ އެވެ. އެކަމަކު ޓީމަށް ބަދަލު ގެނެވޭނީ ކައިރިކައިރީގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެގެން ކަމަށް އޭނާ ބުންޏެވެ.
"ފްރެންޑްލީ (މެޗު) ތައް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ވެސް ކުރަންޖެހޭ ކަމެއް އެއީ. ދެން އަދި ހާލަތު ހުރި ގޮތުން ހުރިހާ ކަމެއް ހަމަނުޖެހި ދިޔަކަމުގައި ވީނަމަވެސް،" މޯހަން ވާހަކަ ދެއްކި އެވެ.
އޭނާ ބުނި ގޮތުގައޮ އިއްޔެގެ މެޗުގައި ވެސް ފުރުސަތުތައް އުފައްދަން ވެސް ކުޅުންތެރިން މަސައްކަތް ކުރި އެވެ. ގޭމް ކުޅެން މަސައްކަތް ކުރާ މަންޒަރު ވެސް ފެނުނުކަން އޭނާ ފާހަގަ ކުރި އެވެ. އެކަމަކު ތަނަވަސް ކުރި ފުރުސަތުތަކުގައި ބޭނުން ނުހިފެނީ ކައިރިކައިރިން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ކަމަށް މޯހަން ބުންޏެވެ.
"މިކަހަލަ ކަންތައްތައް ހަގީގަތުގައި މި ދިމާވަނީ ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެން ނުލިބޭތީ. ވަރަށް ދޭތެރެ ދުރުކޮށް ކުޅެން މި ޖެހުނީ،" މޯހަން ބުންޏެވެ.
މޯހަން އާއި ގައުމީ ޓީމުގެ ޒުވާން ފޯފާޑް އިލާން އިމްރާން ތީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އެފްއޭއެމް
އިއްޔެގެ މެޗުން މުޅިން އަލަށް ދެ ކުޅުންތެރިޔަކަށް މޯހަން ވަނީ ފުރުސަތު ދީފަ އެވެ. އެއީ ޑިފެންޑަރު ގާސިމް ތޯއިފާއި ފޯވާޑް އީތަން އިބްރާހިމް ޒަކީ އެވެ. ކޯޗު ބުނީ އެ ދެ ކުޅުންތެރިންނަށް ދިން ފުރުސަތުގައި ރަނގަޅަށް މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ.
އެކަމަކު ރަސްމީ މެޗުތަކުގައި ގައުމީ ޖޯޒީގައި މުޅިން އާ ކުޅުންތެރިޔަކަށް ފުރަތަމަ ފުރުސަތު ދިނުމުގައި، އޭނާގެ އަމިއްލަ ނަފުސަށް ވެސް ޖެހިލުންވުމެއް ކުރިމަތިވާކަމަށް މޯހަން ބުންޏެވެ.
"(އެ ކުޅުންތެރިންނަށް ގައުމީ ޖޯޒީގައި ފުރަތަމަ ފުރުސަތު ދޭން) އެއްބައިފަހަރަށް އުނދަގޫވެގެންދޭ ރަސްމީ މެޗަކުން ވީމަ. މުބާރރާތުގެ މެޗަކުން ވީމަ. އެ ކުދިންނަށް ވެސް އަންނަ ވަރަށް ބޮޑު ޕްރެޝަރަކަށް ވެގެންދާނީ. އެ ކުދިންނަށް ޕްރެޝަރު ހޭންޑްލް ކުރެވޭނެތޯ. ނޫންތޯ. މިކަހަލަ ލެވަލްގެ ސުވާލު ކޮންމެވެސް ވަރަކަށް އުފެދޭ،" މޯހަން ބުންޏެވެ.
"އެހެންނަމަވެސް ފްރެންޑްލީ ކުޅޭއިރު މިސްޓޭކް ހެދުނަސް އޯކޭ. (އެ މެޗުތަކުގައި) ރިޒަލްޓެއް ނޫން އެންމެ މުހިންމީކީ. އެކަހަލަ މެޗުތައް އަޅުގަނޑުމެން ކުޅެގެން ގިނަ (އާ) ކުޅުންތެރިން ނެރެވޭނެ."
އޭނާ ބުނިގޮތުގައި ގައުމީ ޓީމު ސްކޮޑަށް އާ ކުޅުންތެރިން ނަގައި ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ކުޅެ މުޅި ޓީމު ބަދަލުކުރުމުގެ ފުރުސަތު ވެސް އެކުވެރިކަމުގެ މެޗުތަކުން ހޯދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
19 November 2025
އޭގެ އިތުރުން ބުންވަރާއި ޑިސިޕްލިން ރަނގަޅު ކުރަން ވީ އެވެ. ގަޑިއަށް ފަރުވާތެރި ވުން ނިދުމާ ކެއުމަށް ބެލުމެވެ.
ޒުބޭރު
19 November 2025
ތިހެން މިދިޔަ 25 އަހަރު ވެސް ތި ކިޔަނީ... ވާ ކަމެއް ހަރާން . ގިނަ މެޗްތައް ނޫން ހޯދަން ވިކީ. ރާއްޖެގައި ފެންވަރު ރަނގަޅު އެކަމީ ތަައް އަޅާ ، އެތަނަށް ބޭރުގެ ރަނގަޅު ކޯޗުން ގެނެސް، ވަކި ޑިސިޕްލިން އެއްގަ ކުރިއަށް ދާންވީ.
ސަގޭ
19 November 2025
މޯހަން ހަގީގަތް ގަބޫލުކުރޭ އިތިރުކުރިޔަސް ތިވަރުވާނީ. އަހަރުމެންގެ ލީގުގައި ހުރިފެންވަރެއް ކުޅުންތެރިންގެ ފަރާތުންފެންނާނީ މަދުމަދު ތަންކޮޅެ މޮޅުކުޅުންތެރިންތިއްބަސް. ރަގަޅުވާނީ އަންޑަރ 9 އިން ފެންވަރުގައި ފެށިގެން. މިހާރުވެސް ފެންނަނީ އެކުދިން ލައްވައި ބޯލްކޮންޓްރޯން ނެތީސް އެކިއެކި ނުގުޅޭ ކަންތައްތައް ކުރުވާތަން. ތަންކޮޅެއް ފަރުވާތެރިކޮށް އެއުމުރުގެ ކުދިންގެ ބޯލްކޮންޓްރޯލް އަދި ޓަޗް ރަގަޅުކުރަން ފުރިހަމަ ޓެރެއިނިންޖައްސަންޖެހޭނީ،
ބޒވސވ
19 November 2025
ތީދެން މާކުރީގެ ސިސްޓަމެއް. 2000 ގެ އަހަރުގައިވެސް އަޅުގަނދުމެންނަށް އިވެނީ ދިވެހި ކޯޗުންގެ ފަރާތުން ތި އަޑު. މިއަދު މީ 2025. ހަމަ ވަގުތުބޭކާރުކުރުން ނުންކަމެއްނެތް. އަޚުލާގު ެަނގަޅު ދަރިންނަށް ފުރުސަތުދީބަލަ. ދާގޮތަށް ގޮސް ގޯލުޖަހަން ގެންގުޅޭ ސިސްޓަމްވެސް ބަދަލުކުރަންވެއޖެއްނު. ރީތި ކުޅުމަކަުން މޮޅުވީމައި ޖޯޝުއަންނާނީވެސް
ހުވާ
19 November 2025
ސުވާލަކީ މި މެޗުގެ ޓީމުގަ ނުހިމެނޭ ޕުލޭޔަރުގެ ފޮޓޯ ޖަހާފަ މިހިރީ މަޖުބޫރު ވެގެންތޯ. އެހެން ފޮޓޮއެއް ނެތީތޯ މިކަމާ ގުޅޭ.
އިހްސާސް
19 November 2025
ޒުވާން އަހްލާޤު ރަގަޅު ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދީ ޓީމެއް ބިލްޑުކޮށްބަލަ. އެކުވެރިކަމުގެ މެޗުކުޅެންވެސް އަދިވެސް ގެންދަންވަނީ މުސްކުޅި ސްކޮޑު.
ޖަނބުރޯލު
19 November 2025
ހާލަތު ރަނގަޅުކުރަންޏާ ފުރަތަމަ އެފްއޭއެމް އުވާލަންވީ.
މޯހަން އައުޓް
19 November 2025
އާ ކުޅުންތެރިން އަރުވަން ފަސް ޖެހުން ވާހަކަ ދައްކަން ލަދު ގަންނަންވާނެ ފަހު10 މިނެޓު އީތަންމެން ޗޯޓުމެން ތޯއިފްމެން އެ ކުރި މަސައްކަތާ ރާއްޖޭގެ ވަނދުކުޅުމަށް ގެނައި ބަދަލާ ފޯރިއަށް ބަލާފަވެސް. ދަނޑަށް ވަތް މީހަކަށްނަމަ މިކަން އިނގޭނެ އެކުދިންނާއެކު ސަޕޯޓަރުންނަށް އެރި ފޯރި. ޕުރެޝަރުވެގެން ނޫޅޭ އެކުދިން. ހާއްސަކޮށް އީތަން އެއީ އުމުރުން ހަގަސް ބޭރުގަ ތަޖުރިބާހުރި،ދިވިޝަން 1ގެ ކެޕްޓަނެއް. މިބަދަލުތައް ކުރިންއައިނަމަ ނަތީޖާ ބަދަލުވީސް. ހުސްބަހަނާ!!!
މހނ..
19 November 2025
ހާލަތު ބަދަލުކުރުމަށް މުހިންމީ ގިނަ މެޗުކުޅުމެއް ނޫން. ކުޅުންތެރިންގެ ޑިސިޕްލިންވެސް މުހިންމު. ގައުމީ ޓީމު ކުޅުންތެރިންގެ އަޚުލާގު ހުރި މިންވަރު އިހައްދުވަހު އެނގިގެން އެދިޔައީ ކުޅުންތެރިއަކު ޓީމުގެ ޕްރެކްޓިސް ކަޓުވާލާފަ ފުޓްސަލްކުޅެން ދިއުމުންވެސް. ފެންނަމުންމިދާ ކަންކަމަށްބަލާއިރު ޓީމުގެ ގިނަ ކުޅުންތެރިން ކާމިޔާބު ހޯދާކަށް އެއްވެސް ޑެޑިކޭޝަނެއް ހުރިކަމަކަށް ނުބެލެވޭ.
ނުވާނެ
19 November 2025
ރަނގަޅު އޭރަށް ގިނަ ގައުމުތަކަށް ޗުއްޓީ ހަދާލަން ދެވޭނީ... ވާވަރު ބަޔަކާ ހަވާލުކުރޭ ތިކަން...