ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ކަޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
21 ޑިސެމްބަރ 2025 - 08:59
ގައުމީ އަންހެން ވޮލީ ޓީމުން މިދިޔަ އަހަރު ފައިނަލުގައި ވެސް ކުޅުނެވެ. އެއީ އާދައިގެ ފައިނަލެއް ނޫނެވެ. ފަހަތުން އަރައި މެޗު ފަސް ސެޓަށް ގެންގޮސް ރާއްޖެ ބަލިވީ އެވެ. އެއީ ހިތްދަތި ބައްޔެކެވެ. ފައިނަލު މެޗަކަށް ތައްޔާރުވާނެ ހުރިހާ ކަމެއް ހިތްވަރުގަދަ ދިވެހި ކުޅުންތެރިން ކުރި އެވެ. އެ ހިތްވަރަށް ސާބަހެވެ.
އަނެއްކާވެސް ދިވެހި އަންހެން ޓީމުން ކުރިމަތިލީ އާ ހިތްވަރަކާ އެކު އެވެ. ރާއްޖޭގައި އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) ގެ މުބާރާތަކީ ރަން މެޑައްޔަކަށް ދިވެހިން ކުރާ އުއްމީދު ހާސިލު ކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ. ގައުމީ ކޯޗު މުހައްމަދު ނަދީމު ބުނި ގޮތުގައި ރަން މެޑަލް ނޫން އެއްޗެއް ދިވެހި އަންހެން ޓީމުގެ ކުޅުންތެރިން މިހާރު ބޭނުމެއް ނުވެ އެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އަމިއްލަ ފަސްގަނޑުގައި ބޭއްވި ޓީމު އިވެންޓްގެ އިންޓަނޭޝަނަލް މުބާރާތެއްގައި ރަން މެޑަލް ހޯދުނު ޓީމެއް ނެތެވެ. އެ އުއްމީދު ހާސިލުކުރުމުގެ ފުރުސަތު މިވަގުތު ހުޅުވިފައި އޮތީ އަންހެން ވޮލީ ޓީމަށެވެ. ކުޅުންތެރިން ތިބީ ކުޅިވަރުގެ ތާރީހީ އެ ކާމިޔާބު ހޯދަން ވަރުގަދަ އަޒުމެއްގަ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗު ކާމިުޔާބު ކުރުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ރަން މެޑަލް ހޯދުމާ ވަރަށް ކައިރިއަށް މި ޓީމުން މީގެކުރިން ހިނގައްޖެ. މި ކުޅުންތެރިން ވެސް މިހާރު ބޭނުމެއް ނުވޭ އެ ނޫން އެއްޗެއް. ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ ޖޯޝެއްގައި. އެ ހިތްވަރު ކުރާތަން ވަރަށް ބޮޑަށް ފެނޭ،" މުބާރާތުގެ ކުރިން "މިހާރު" އަށް ނަދީމު ބުންޏެވެ.
ބަންގްލަދޭޝާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރާއްޖޭން ވަނީ އުއްމިދާ އެކު ފަށައިފަ އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިޔާތާ އެކު ކުރިއަށް ގެންދިޔަ މެޗު ދިވެހި ޓީމު ކާމިޔާބު ކުރީ ސީދާ ތިން ސެޓުން، 25-18، 25-12 އަދި 25-16 އިންނެވެ.
ރާއްޖޭން މިއަދު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 8:40 ގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިރިގިސްތާނުން އަފްޣާނިސްތާން ބަލި ކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ ސެޓްގައި އަފްޣާނުން ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މެޗުގެ ސެޓްތައް ދިޔައީ 25-15، 36-24 އަދި 25-11 އިންނެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަހުދާ.
21 December 2025
ވެޓަރަންސް ޓީމް ދޯ އަބަދު ރައްޖެއިން ދަނީ ؟ ޒުވާން ކުއްޖަކު ނުފެންނާތީ އަހާލީ.
ފުލަށް ބަރޭ
21 December 2025
ވޯލްޑް ކަޕް ލިބުން ފަދަ ކަމެއް. މޮޅުވާނެ މެޗަކުން ތިޔަ މޮޅުވީ.
އެހެން
21 December 2025
ހިތުން މޮޅުއެއްޗެއް ބުނެލީދޯ؟ މަލާމާތް ތިޔަ ކުރެވެނީ އަމިއްލަ ޤައުމަށް! ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް، އަދި ކިތަންމެ ދަށް އަދި / މޮޅު ނަތީޖާއެއް ނެރުނު ކަމުގައި ވިޔަސް އެއީ ދިވެހިން، އެކުދިން ނުކުމެ އެތިބީ އަހަރެމެން އެ ފަސްގަނޑަކަށް ނިސްބަތްވާ، ފަޚުރުވެރި ދިވެހި މި ޤައުމު ތަމްސީލް ކުރަން. ޤައުމު ތަމްސީލު ކުރަން ނުކުންނަ ދިވެހީންނަށް ހިތްވަރުދީ ހެޔޮދުޢާ ކޮށް ނުދެވޭ ތަނުގަ އެންމެ ކުޑަމިނުން އާޑަ ނުކިޔާ ހަނުހުރުމަށް ނަސޭހަތްތެރިވަން.
ބުރުގާއްޖެ
21 December 2025
ބުރުގާ ރާއްޖެ! ކިރިގިސްތާނަކީ ވެސް މުސްލިމް ގައުމެއް އެކަމަކު ބޮލުގަ ގޮއްޓެއް ނުހުރޭ!
ދުރުމި
21 December 2025
މެޗަކުން މޮޅުވާ އިރަށް ހިތް އޮންނީ އަރާ އާސުމާނުގައި.
ހަސަންދި
21 December 2025
ދިވެހި އަންހެން ވޮލީ ޓީމަށް އައްސަރިބަހާއި ސާބަސް. ވަރަށް ބޮޑު ތަނުން ކުރިޔަށް ޖެހިފައިވާކަން އިނގޭ. ސަފުވާން އުޅުނީ އެހެން ކަމެއް ކުރުވަން، ނަދީމް ގެ ފަރާތުން ފެނިގެންދަނީ ޓީމެއް ބިނާ ކުރުމާއި، ވިނިންގ ރޫހެއް.