ބުރު ސްޕޯޓްސްއާ  1-1 ން އެއްވަރުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯދަން މާޒިޔާ ކުރަމުންދާ އިންތިޒާރު ދިގުލައިގެން ހިނގައްޖެ އެވެ. 

މެޗުން މާޒިޔާ މޮޅުވިނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދުނީހެވެ. އެކަމަކު ބުރުން އޮތީ މާޒިޔާ އަށް އެ ފުރުސަތު ދޭގޮތަކަށް ނޫނެވެ. 

މެޗުގެ ކުރީކޮޅު މާޒިޔާއިން ލީޑް ނަގާފައިވަނިކޮށް ބުރުން އެއްވަރު ކުރީ ވެސް ފުރަތަމަ ހާފުގަ އެވެ. 

މެޗުގެ 13 ވަނަ މިނެޓްގައި ބުރުގެ އޭރިއާގެ ކަނާދިމާލުން މާޒިޔާގެ ސާޖިއޯ މެންޑިގުޗިއާ ބޯޅަ ހިފައިގެން ދާން އުޅުމުން، ބުރުގެ ޑިފެންޑަރުން ވިއްދުމުން، މެންޑީ އަށް ޖާގަ ބަންދުވި އެވެ.

ދެން އޭނާ އެ ބޯޅަ ދިނީ އޭރިއާގެ ރޮނގުމަތީގައި ހުރި ރޭގަން އޮބެންގްއަށެވެ. ގާނާގެ މިޑްފީލްޑަރު އޮބެންގް އެ ބޯޅަ ފަހަތަށް ޖައްސާޣލީ ނާއިޒު ހަސަން (ދާދު) އަށެވެ. ނާއިޒު ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަު ގޯލަށް ވައްދާލާފަ އެވެ. 

ބުރުގެ ލަނޑު 35 ވަނަ މިނެޓްގައި ޖެހީ ހޮޖްސަން ޑިއާޒް އެވެ. ބުރުގެ ހާފުގެތެރެއިން ކުރިއަށް ފޮނުވާލި ބޯޅަ، ހޮޖްސަން ހޯދީ އޭރިއާގެ ބޭރުންނެވެ. ބޯޅަ ހިފައިގެން އޭނާ އޭރިއާ ތެރެއަށް ވަނުމުން، މާޒިޔާގެ ޑިފެންޑަރު ހުރީ އޭނާގެ ކައިރީގައި ވިއްދައިފަ އެވެ. ނަމަވެސް ޑިފެންޑަރަށް ފުރުސަތު ނުދީ އޭނަ ވަނީ ބޯޅަ ހިފައިގެން ގޮސް ގޯލްގެ ތެރެއަށް ވައްދާލާއިފަ އެވެ.