ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގެ އަންހެން ސިންގަލްސް ތަށި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލްރައްޒާގު ކާމިޔާބުކޮށްފި އެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގައި ނަބާހާ ދެކޮޅަށް ނުކުތީ އޭނާގެ އެއްމާބަނޑު ދައްތަ އަމީނަތު ނަބީހާ އަބްދުލްރައްޒާގާ އެވެ.
ނަބާހާ އެ މެޗު ކާމިޔާބުކުރީ 15-7 އަދި 18-16 ގެ ނަތީޖާއަކުން އެވެ. މި ކާމިޔާބީއާއެކު ނަބާހާ ވަނީ ރާއްޖޭގެ އަންހެން ބެޑްމިންޓަންގައި އޭނާގެ މަގާމު ދަމަހައްޓާފަ އެވެ.
ސިންގަލްސް އިވެންޓުގެ އިތުރުން، ނަބާހާ އާއި ނަބީހާ ވަނީ ޕެއާވެ، އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ވެސް ވަނީ ހޯދާފަ އެވެ. ފައިނަލްގައި އަމީނަތު ނަސީމާ އާއި ބުސައިނާގެ ޕެއާ ބަލިކުރީ 15-2 އަދި 15-7 އިން އެވެ.
މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި ވެސް ނަބާހާ އާއި ނަބީހާ ވާދަވެރި ދެ ޕެއާއެއްގެ ގޮތުގައި ކުޅުނު މެޗު ނަބާހާ އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ހިއްސާވި ޕެއާގެ މައްޗަށް ނަބީހާ އާއި ނިބާލް އަހްމަދުގެ ޕެއާ ކާމިޔާބު ހޯދީ 12-15، 15-12 އަދި 15-11 ގެ ނަތީޖާއަކުންނެވެ.
ނަބާހާ އާއި ނަބީހާގެ ވާދަވެރިކަމަކީ ހަމައެކަނި ރާއްޖޭގެ ބެޑްމިންޓަން ކޯޓުގައި އޮތް ކަމެއް ނޫނެވެ. އޮކްޓޯބަރު 2024 ގައި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ ސިންގަލްސް ފައިނަލުގައި ނަބާހާ ރަން މެޑަލް ނަބީހާއާ ވާދަކޮށް 2-1 ސެޓުން ކުރިހޯދައިގެން އެވެ.