އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި ކައުންސިލުތަކުން ޓީމު ނުނެރޭ ރަށްރަށުގެ ޖަމިއްޔާތަކާއި ކްލަބްތަކުން އަމިއްލަ އަށް ޓީމުތައް ނެރެން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި އެހެންވެ އެފަދަ ރަށްރަށުން ޓީމު ބައިވެރި ކުރަން ފުރުސަތު ދޭން ނިންމާފައިވާކަން އެފްއޭއެމުން އިއުލާން ކޮށްފި އެވެ.
އަންނަ މަހު 27 ގައި ފަށާ މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމުން މެއި 13 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. އެ ފުރުސަތު އެފްއޭއެމުން އޭރު ހުޅުވާލީ ހަމައެކަނި ރަށްރަށުގެ ކައުންސިލްތަކުން ބައިވެރިކުރާ ޓީމުތަކަށް އެކަންޏެވެ.
އެފްއޭއެމުން ބުނި ގޮތުގައި އެ ފުރުސަތުގައި ގިނަ ރަށްތަކަކުން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.
އެކަމަކު ބައެއް ރަށްރަށުގެ ކައުންސިލުތަކުން ޓީމުތައް ނެރެފައި ނުވާތީ. އެ ރަށްރަށުން ޓީމުތައް ބައިވެރިކުރުމަށް އެ ރަށްރަށުގެ ޖަމިއްޔާތަކާއި ކްލަބްތަކުން ޝައުގުވެރިވާކަން ފާޅުކުރަމުންދާ ކަމަށް އެފްއޭއެމުން ބުންޏެވެ. އެ އެސޯސިއޭޝަނުން ބުނީ ބައެއް ރަށްރަށުގެ ކްލަބްތަކުން ޓީމު ނެރެން ކުރިން ބޭނުންވި ނަމަވެސް އެ ޓީމަތަކަށް ކައުންސިލުން އެންޑޯޒް ދޭން ބޭނުންނުވުމުގެ ޝަކުވާތައް ވެސް ކްލަބް ޖަމިއްޔާތަކުން އެފްއޭއެމަށް ހަމަށް ގެނެސްފައިވާ ކަމަށެވެ.
"ކުރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވެފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމެއް ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއް ވެސް އެންޑޯޒް ކުރަން ބޭނުން ނުވި ބައެއް ރަށްރަށުގެ، ބައެއް ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނުގައި ދަނީ އެދެމުންނެވެ.،" ގެޒެޓްގައި އެފްއޭއެމުން ކުރި އިއުލާނުގައި ބުނެފަވެ އެވެ.
އެފްއޭއެމުން ބުނީ ކުރިން ދީފައިވާ މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައި ނުވާ ރަށްރަށުގެ ތެރެއިން ކްލަބް ޖަމްޢިއްޔާތަކަށް ޓީމު ބައިވެރި ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ޓީމުތަކަށް ކައުންސިލްގެ ކައުންސިލްގެ އެންޑޯޒްމަންޓް ނުލިބުނަސް އިއުތިރާޒެއް ނެތް ކަމަށް އެފްއޭއެމުން ބުންޏެވެ.
ޖަމިއްޔާތަކާއި ކްލަބްތަކުން ރަށްރަށުގެ ނަމުގައި ބައިވެރި ކުރާ ޓީމުތަކަށް މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމުން ހުޅުވާލި ފުރުސަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން، ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރަން އެފްއޭއެމުން އެދެ އެވެ.
މުބާރާތުގައި ޓީމުތައް ބައިވެރިކުރުމުގައި އެފްއޭއެމުން އިސްކަންދޭ ތަރުތީބު
- މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން، ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތައް.
- މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ، އެ ރަށަކަށް ނިސްބަތްވާ ކްލަބްތައް.
- މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ނުކުރި ނަމަވެސް، އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމްޢިއްޔާތައް (އަމިއްލަ ގޮތުން) ޓީމު ބައިވެރި ކުރުމުގެ ފުރުސަތު