ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ސްވިޑަން އަތުން 5-1 އިން ޓިއުނީޝިއާ ބަލިވުމުން ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފި އެވެ.

ޓިއުނީޝިއާ ފެޑެރޭޝަނުން ބުނީ ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމަށް ކޯޗުކޮށްދޭނީ ފްރާންސްގެ ހާވޭ ރެނާޑް ކަމަށެވެ. އޭނާ އަކީ، 2022 ގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ޗެމްޕިއަން އާޖެންޓީނާ އަތުން 1-0 އިން ސައޫދީ އަރަބިއާ މޮޅުވިއިރު އެ ޓީމުގެ ކޯޗެވެ. އޭގެ ފަހުން ރެނާޑް ކޯޗުކޮށްދެމުން އައީ ފްރާންސްގެ ގައުމީ އަންހެން ޓީމަށެވެ.

ރެނާޑްއާ ކޯޗުކަން ހަވާލުކުރީ ވޯލްޑް ކަޕުގެ ނިޔަލަށް ވަގުތީ ގޮތުންނެވެ.

ޓިއުނީޝިއާގެ ކޯޗުކަމުން ވަކިކުރި ލަމޫޗީ އެ މަގާމާ ހަވާލުވީ ޖެނުއަރީ މަހު އެވެ. ފްރާންސް ގައުމީ ޓީމާއި، އިންޓަ މިލާނުގެ ކުރީގެ މިޑްފީލްޑަރު ލަމޫޗީ އަށް އިތުރު ފުރުސަތެއް ނުދީ ވަކިކުރަން ނިންމުމުން އެއް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޓިއުނީޝިއާ އަށް ދެން އޮތީ ޖަޕާން އަދި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.