އައިޝަތު ސާޖިނާ އަތުގައި 2016 ވަނަ އަހަރުން ފެށިގެން އޮތް އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، ސާރާ މުހައްމަދު މުގުރާލައިފި އެވެ.
އުމުރުން 16 އަހަރުގެ ސާރާ މި އިވެންޓުގެ ރެކޯޑް މުގުރާލީ ބެންކޮކްގައި ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގުރޫޕް ސްވިމިން ޗެމްޕިއަންޝިޕް 2026 ގައި 35.75 ސިކުންތުން ފަތައިގެންނެވެ.
މިއީ ސާޖިނާގެ ރެކޯޑް ޓައިމިން އަށް ވުރެ 1.42 ސިކުންތު އަވަސް ޓައިމިންއެކެވެ. ސާޖިނާ މި ރެކޯޑް ހަދާފައި ވަނީ 2016 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށް ދިޔަ 59 ވަނަ މައިލޯ /ޕްރަމް މެލޭސިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕްގައި 37.17 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.
އޭޝިއަން އޭޖް ގުރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން ވާދަ ކުރެ އެވެ. އެއީ، އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރެވެ.
މި ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާނާއި މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.