ބަންގްލަދޭޝްގެ ޒުވާން ކުޅުންތެރިޔާ ފަރްހާން އަލީ ވާހިދު ފުލަމްގެ ސީނިއާ ޓީމަށް ކުޅެން ފަށައިފި އެވެ. 

އާ ސީޒަނަށް ތައްޔާރުވަމުން އަންނަ ފުލަމްގެ ސީނިއާ ޓީމުން ފަރްހާން ކުޅެން ފެށީ މިދިޔަ ހޮނިހިރު ދުވަހު ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގަ އެވެ. 

ޕްރިމިއާ ލީގު 2 ގައި ފުލަމްގެ 21 އަހަރުންދަށުގެ ޓީމުގައި ހިމެނުނު އުމުރުން 19 އަހަރުގެ ފަރްހާން އަށް ސީނިއާ ޓީމުން ފުރުސަތު ދޭން ނިންމީ، އެ ޓީމުގެ އާ ކޯޗު އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަލްވާރޯ އާބެލޯއާ އެވެ. 

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު 2 ގެ ޗެމްޕިއަންކަން ފުަލަމްގެ 21 އަހަރުންދަށުގެ ޓީމަށް ހޯދައި ދިނުމުގައި ފަރްހާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ލީގުން މިދިޔަ ނޮވެމްބަރުގައި ހޮވި، އެ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ. 

ފުލަމްގެ ކޯޗު އާބެލޯއާ އާއި އެ ޓީމުގެ ބަންގްލަދޭޝްގެ ވިންގާ ފަރްހާން (ކ): އާބެލޯއާ ވަނީ ފަރްހާން އަށް އެ ކްލަންގެ ސީނިއާ ޓީމުން ފުރުސަތު ދީފައި
ފުލަމްގެ ކޯޗު އާބެލޯއާ އާއި އެ ޓީމުގެ ބަންގްލަދޭޝްގެ ވިންގާ ފަރްހާން (ކ): އާބެލޯއާ ވަނީ ފަރްހާން އަށް އެ ކްލަންގެ ސީނިއާ ޓީމުން ފުރުސަތު ދީފައި

ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުގައި ސައުދީ އަރަބިއާގެ އަލް އަހްލީއާ ދެކޮލަށް އިއްޔެ ކުޅުނު މެޗުގައި ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ވެސް އާބެލޯއާ ވަނީ ފަރްހާން ކުޅެން ނެރެފަ އެވެ. ޕްރީ ސީޒަންގައި އިތުރު މެޗުތަކެއް ވެސް ކުޅެން ފުލަމުން ދަނީ ތައްޔާރުވަމުންނެވެ. ފަރްހާން ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށް ޕްރިމިއާ ލީގަށް ރަޖިސްޓަރީ ކުރާ ސްކޮޑުން ވެސް އޭނާ އަށް ފުރުސަތު ދޭނެ އެވެ. 

އިނގިރޭސިވިލާތުގެ ބަންގްލަދޭޝް އާއިލާއަކަށް އުފަންވި ފަރްހާން ވަނީ، ބަންގްލަދޭޝްގެ ގައުމީ ޓީމަށް ވެސް ކުޅެން އެއްބަސްވެފަ އެވެ. އޭނާ ވެގެންދާނީ އިނގިރޭސި މަތީ ފެންވަރުގެ ކްލަބަކަށް ކުޅޭ ބަންގްލަދޭޝްގެ ދެވަނަ ކުޅުންތެރިޔާ އަށެވެ. 

ބަންގްލަދޭޝްގެ މިޑްފީލްޑަރު ހަމްޒާ އަލީ ޗައުދަރީ ކުޅެމުންދަނީ އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އަށެވެ. 

ނޮވެމްބަރު މަހު އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ނަގާ ގައުމީ ސްކޮޑުން ފަރްހާން އާއި ހަމްޒާ ފެންނާނެކަމަށް ބެލެވެ އެވެ.