ސައުދީ އަރަބިއާގެ މަސްރަހު ގޯސްވެފައިވުމުން، އޭޝިއަން ކަޕް ފަސްކޮށްފި އެވެ. 

ސައުދީގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް، ކުރިން އޮގް ގޮތުން ފަށަން ހަމަޖެހިފައި އޮތީ އަންނަ ޖެނުއަރީ މަހު ހަތެއްގަ އެވެ. އަދި ފައިނަލު މެޗު ކުޅޭ ގޮތަށް ހަމަޖައްސާފައި އޮތީ ފެބްރުއަރީ ފަހެއްގަ އެވެ. 

އޭއެފްސީން މިހާރު ނިންމާފައި ވަނީ، މުބާރާތް އަންނަ އަހަރު ޑިސެމްބަރު 23 ގައި، ފަށަން ނިންމައިފަ އެވެ. އަދި ފައިނަލު މެޗު ކުޅޭނީ ޖެނުައަރީ 21 2028 ގަ އެވެ. 

އޭއެފްސީ މުބާރާތް ފަސްކުރީ، ޔަމަނުގެ ހޫތީން ސައުދީގެ އެކި ސަރަހައްދުތަކަށް ދޭތެރެދޭތެރެއިން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. 

"ސަރަޙައްދަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާއްސަ ހާލަތްތަކާ ގުޅިގެން ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ދަތުރުފަތުރުގެ ދަތިތަކަށް ރިއާޔަތްކޮށް އޭޝިއަން ކަޕްގެ އޮގަނައިޒިން ކޮމިޓީން ވަނީ މުބާރާތް ތާވަލުކުރެވިފައިވާ ތާރީހު ބަދަލުކުރުމަށް ފާސްކޮށްފަ. މުބާރާތް ބާއްވާނެ އާ ތާރީހުތަކާ މެދު ފީފާގެ ހުއްދައަށް އެދި މިހާރު ވަނީ ހުށަހަޅާފައި،" އޭއެފްސީން ބުންޏެވެ. 

އެ އިދާރާއިން ބުނީ މިހާރު ކުރިމަތިވެފައިވަނީ އިސްތިސްނާ ހާލަތެއް ކަމަށެވެ. އެހެންވެ، މުބާރާތް ފަސް ކުރުމަކީ ޝާމިލުވާ ހުރިހާ ފަރާތްތަކަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. 

ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނާއި ޔަމަންގެ ހޫތީންނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަނީ ވަރުގަދަ ވެފަ އެވެ.  ހޫތީން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގައި ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް 11 ދުވަސް ތެރޭ 20 އަށްވުރެ ގިނަ ހަމަލާ އަމާޒުވެ، 17 މީހުން މަރުވި އެވެ. އަދި 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.