ބެލޮންޑޯ އެވޯޑު ހޯދި ނަމަވެސް، ފިފްޕްރޯ ގެ ދުނިޔޭގެ ގަދަ 11 ކުޅުންތެރިންގެ ލިސްޓުން ހެރީ ކޭން ކަޓައިފި އެވެ.
ބެލޮންޑޯ އެވޯޑް ހޯދި އަހަރުގައި، ފިފްޕްރޯއިން ޖާގަ ނުލިބުނު ފުރަތަމަ ފިރިހެން ކުޅުންތެރިޔަކަ މިވީ އިންގްލެންޑުގެ ކެޕްޓަން ކޭން އެވެ.
ފިފްޕްރޯއަކީ، ދުނިޔޭގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ޖަމާއަތެވެ. ފިފްޕްރޯ ގަދަ 11 ކަނޑަޅަން ދުނިޔޭގެ އެކި ކަންކޮޅުތަކުން 19،806 ޕްރޮފެޝަނަލް ކުޅުންތެރިންގެ މިފަހަރު ވޯޓް ދިނެވެ.
މިދިޔަ މަހު 26 ގައި ބެލޮންޑޯ އެވޯޑް ހޯދި ކޭންއަށް، ކުޅުންތެރިންގެ މެދުގައި ނެގި ވޯޓުން ފޯވާޑުންގެ ލިސްޓުން ލިބުނީ ފަސް ވަނަ އެވެ. އެއީ 27.6 ޕަސަންޓެވެ. އެއާއެކު އޭނާއަށް ވަނީ އެންމެ ފަހުގެ 11 އިން ޖާގަ ގެއްލިފަ އެވެ.
ބެލޮންޑޯ ހޮވަނީ 100 ކުޅިވަރު ނޫސްވެރިންގެ ވޯޓުންނެވެ. އަދި ފިފްޕްރޯ ޓީމު ހޮވަނީ ސީދާ ކުޅުންތެރިންގެ މެދުގައި ނަގާ ވޯޓުންނެވެ.
ނިމިދިޔަ ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް ކޭން 73 ލަނޑު ޖެހި އެވެ. ނަމަވެސް، ކުޅުންތެރިންގެ ވޯޓުން ގަދަ 11 ކުޅުންތެރިން ޓީމުގެ ފޯވާޑުންނަށް ހޮވުނީ ކީލިޔަން އެމްބާޕޭ، އާލިންގް ހާލަންޑް، ލަމީން ޔަމާލް އަދި ލިއޮނެލް މެސީ އެވެ.