ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ހާފް މެރަތަން އިވެންޓާ އެކު ރޭ ދަންވަރު ފަށައިފި އެވެ. 

މިއީ ދިރާގު ރޯޑް ރޭހުގެ 17 ވަނަ އެޑިޝަނެވެ. މި ފަހަރު، 5،500 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ފަހަރުގެ ރޭހުގެ ފުރަތަމަ އިވެންޓަކީ ހާފް މެރަތަން އިވެންޓެވެ. ޖުމުލަ 21.1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަން ޖެހޭ ހާފް މެރަތަން ފަށާފައިވަނީ ރޭ މެންދަމް  2:30 ގައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އޭއައިއެމްއެސް ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދާ ދުވުމެކެވެ.

ހާފް މެރަތަންގެ މުޅި ރޭސް އެންމެ އަވަހަށް ނިންމީ ކެންޔާގެ ދުވުންތެރިޔާ ތައިރޫ ޗޭގޭ އެވެ. ރޭހުގެ ވަގުތީ ޓައިމިންގްސްތަކުން ފެންނަ ގޮތުގައި އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 18 މިނެޓް 16 ސިކުންތުންނެވެ.  

ދިރާގު ރޯޑް ރޭހުގެ ބައެއް ދުވުންތެރިން، ރޭސް ފަށަން ތައްޔާރުވެގެން --- ފޮޓޯ: ދިރާގު
ދިރާގު ރޯޑް ރޭހުގެ ބައެއް ދުވުންތެރިން، ރޭސް ފަށަން ތައްޔާރުވެގެން --- ފޮޓޯ: ދިރާގު

ދިރާގު ރޯޑް ރޭހުގެ ހާފް މެރަތަން ވަގުތީ ނަތީޖާތަކުން އެކި ކެޓަގަރީން ގަދަ ތިނެއްގައި ހިމެނުނު ދުވުންތެރިންނާއި ނަތީޖާތައް

ހާފް މެރަތަން ވަގުތީ ނަތީޖާތައް 

އޯޕަން ކެޓަގަރީ (ފިރިހެން):

  1. ތައިރޫ ޗޭގޭ (ބިބް 1675) – 01:18:16
  2. ސަންތޯޝް ބިކްރަމް ބިސްޓް (ބިބް 3650) – 01:18:17
  3. ޝިފާޒް މުޙައްމަދު (ބިބް 6155) – 01:20:32

އޯޕަން ކެޓަގަރީ (އަންހެން):

  1. ސަންތޯޝީ ޝްރެސްތާ (ބިބް 7311) – 01:26:39
  2. އާއިޝަތު ޖިނާނީ އިބްރާހީމް (ބިބް 2543) – 01:36:12
  3. ފާތިމަތު ޝީޒާ (ބިބް 7150) – 01:51:00

މާސްޓާސް ކެޓަގަރީ (ފިރިހެން):

  1. އަސްވާން އަލީ (ބިބް 9441) – 01:33:57
  2. އަހްމަދު މުހައްމަދު (ބިބް 5990) – 01:34:13
  3. މުހައްމަދު ހަފީޒް (ބިބް 1052) – 01:39:12

މާސްޓާސް ކެޓަގަރީ (އަންހެން):

  1. ހުސްނާ މުހައްމަދު (ބިބް 4584) – 01:58:56
  2. ނެންސީ ވިސޮޓްޒްކީ (ބިބް 6780) – 02:01:32
  3. އާއިޝަތު މަދީހާ (ބިބް 5517) – 02:24:
ދިރާގު ރޯޑް ރޭހުގެ ބައެއް ދުވުންތެރިން، ރޭސް ފަށަން ތައްޔާރުވެގެން --- ފޮޓޯ: ދިރާގު
ދިރާގު ރޯޑް ރޭހުގެ ބައެއް ދުވުންތެރިން، ރޭސް ފަށަން ތައްޔާރުވެގެން --- ފޮޓޯ: ދިރާގު

ހާފް މެރަތަން ނިމުމަށް ފަހު ދެން ބޭއްވީ 10 ކީލޯމީޓަރުގެ ރޭހެވެ.  މިއަދުގެ ފަތިހު 5:30 ގައި ފެށި 10 ކިލޯމީޓަރު ރޭސް މިހާރު ވަނީ ނިމިފަ އެވެ. އެ ރޭހުން އެއްވަނަ ހޯދީ 5,000 މީޓަރާއި 10,000 މީޓަރު ދުވުމުގެ ރޭސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ.

10 ކިލޯމީޓަރު ދުވުމުގެ އެކި ކެޓަގަރީތަކުން ގަދަ ތިނެއްގައި ރޭސް ނިންމި ދުވުންތެރިންގެ ވަގުތީ ނަތީޖާތައް 

10 ކިލޯމީޓަރު ރޭސް - ވަގުތީ ނަތީޖާތައް

އޯޕަން ކެޓަގަރީ (ފިރިހެން):

  1. ހުސައިން ފަޒީލް ހާރޫން (ބިބް 2075) – 00:34:35
  2. މުހައްމަދު އިރުފާން (ބިބް 2554) – 00:34:39
  3. ޢަބްދުﷲ ނާސިހް (ބިބް 8818) – 00:36:11

އޯޕަން ކެޓަގަރީ (އަންހެން):

  1. އާއިޝަތު ރިޝްމީ (ބިބް 5454) – 00:41:32
  2. ފަސޫހާ އަހްމަދު (ބިބް 1248) – 00:45:47
  3. އާމިނަތު ޖާއިޝާ ޖުނީޒް (ބިބް 676) – 00:45:58

މާސްޓާސް ކެޓަގަރީ (ފިރިހެން):

  1. ކަރީމް މޭކޮކް (ބިބް 6362) – 00:39:27
  2. ޢަބްދުﷲ އިބްރާހީމް (ބިބް 3074) – 00:40:02
  3. ރޮބިން ވޯލް (ބިބް 777) – 00:44:29

މާސްޓާސް ކެޓަގަރީ (އަންހެން):

  1. ޒާރާ ރިޔާޒް (ބިބް 7270) – 00:53:00
  2. މަރްޔަމް ޝަމީހާ (ބިބް 4976) – 00:59:01
  3. ފާޠިމަތު ނެލްފާ (ބިބް 5325) – 01:00:04
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިވެންޓެއްގައި މިއަދު ވާދަކުރި ބައެއް ދުވުންތެރިން --- ފޮޓޯ: ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިވެންޓެއްގައި މިއަދު ވާދަކުރި ބައެއް ދުވުންތެރިން --- ފޮޓޯ: ދިރާގު

މީގެ އިތުރުން، ފަސް ކިލޯމީޓަރުގެ އޯޕަން އަދި ޓީމް ކެޓަގަރީތަކުގެ ދުވުން އޮންނާނީ މިއަދު ހަވީރު 4:30 ގައެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ސެންޓްރަލް ޕާކުގައި ހައްސަ ފުޑް ސްޓްރީޓެއް ވެސް ކުރިއަށްދާނެ އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ރޭހުގައި، ކޮންމެ ރަޖިސްޓްރޭޝަނަކުން 100 ރުފިޔާ އަދި އެންމެ ގިނަ ވޯޓު ލިބޭ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް، ވަނީ ހަމަޖައްސާފަ އެވެ.