ކުޅިވަރު / އެފްއޭ ކަޕް

މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މި އަހަރު ބާއްވަނީ

ނިއު ރޭޑިއަންޓްގެ ކުޅުންތެރިން 2013 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސްސޮކާ

03 ޖުލައި 2016 - 16:32

2 comments

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މި މަހު 14 ވަނަ ދުވަހުގެ 15:00 ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފަ އެވެ.

އެފްއޭ ކަޕް މިދިޔަ އަހަރު ނުބޭއްވީ މިނިވަން 50 ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް ރަސްމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނައުމުގެ ގޮތުންނެވެ.

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމުން 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ބަލިކުރުމަށް ފަހު އެވެ. ނިއު އިން ވަނީ 1988 ވަނަ އަހަރު ތައާރަފް ކުރި މި މުބާރާތް 11 ފަހަރު ހޯދައިފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 17%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑާންސް ޑާންސް ސިންގަޕޯރ

04 July 2016

ކީއްކުރަން ބޭކާރު ފައިސާތަކެއް ޙަރަދު ކުރާކަށް،، މިހާރުވެސް ތިޔަކުޅިބަލަން ދާނޭ މީހަކުނުވޭ ، ދޮގެއްތަ ކޮމެންޓް ކުރާ ޑާންސް ޑާންސް ؟

The name is already taken The name is available. Register?

ކެނެޑީ

03 July 2016

މިރާއްޖޭގަ ރަނގަޅުވާނީ ފުޓުބޯޅަ ކުޅުން ހުއްޓާލިއްޔާ. ފޫޓުބޯޅަ ކުރިއެރުވެނީކީ ނޫން ރަނގަޅު ޓީމުތައް އުފެދެނީކީ ނޫން ރަނގަޅު ފެޑެރޭޝަނެއް އޮތީކީ ނޫން. ތިއަށްވުރެ ރަނގަޅުވާނެ ގަލޮޅު ދަނޑު މެދުގަ 4 ސްކްރީން ބެހެެއްޓިއްޔާ ޔޫރޯ ވޯލްޑް ކަޕް ޗެމްޕިއަންސް ލީގް އަޅުވާފަ ހަމަގައިމުވެސް މާގިނަމީހުން ދަނޑަށް ވަންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454