ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ދަގަނޑޭ އާއި ކީޕަރު ހުސެން ހިމަނައިގެން ސްކޮޑު ފައިނަލްކޮށްފި

އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި މާޒިޔާގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް ހިމަނައިގެން މި މަހު 14 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ރަށުންބޭރުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށްފި އެވެ.

މިދިޔަ މަހު 10 ވަނަ ދުވަހު އޮމާން އަތުން 3-1 އިން ބަލިވި މެޗުގައި ދަގަނޑޭ ނުފެނުނީ އަނިޔާވުމުންނެވެ. އަނިޔާ އިން ރަނގަޅުވެ ދަގަނޑޭ އަންނަނީ ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ދަގަނޑޭ ވަނީ ސީޒަނުގެ މިހާތަނަށް ނިއު އަށް 12 ގޯލް ޖަހައިފަ އެވެ.

އުމުރުން 19 އަހަރުގެ ކީޕަރު ހުސެން މާޒިޔާ ޓީމަށް އަދި މެޗެއް ކުޅެފައިނުވި ނަމަވެސް މިދިޔަ ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕުގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މީގެ ކުރިން އޭނާ ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ފައިނަލް ސްކޮޑަށް ނާރަ އެވެ. މާޒިޔާގައި ފާއިތުވި ދެ ސީޒަނުގައި ވެސް ހުރީ ބިދޭސީ ކީޕަރުން ކަމަށްވުމުން ހުސެން އަށް އަދި އެ ޓީމުން ރަނގަޅު ފުރުސަތެއް ނުލިބެ އެވެ.

މި ފަހަރުގެ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ އަލުން ޖާގަ ހޯދައިފަ އެވެ. ފޭދޫ އިއްބެ މީގެ ކުރިން ގައުމީ ޓީމަށް ނެގީ މި އަހަރު ކުރީކޮޅުގައި ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ސްކޮޑަށެވެ. އޭގެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޮމާނާ ދެކޮޅަށް ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ވެސް އޭނާ ނުހިމެނެ އެވެ.

މި ފަހަރުގެ ސްކޮޑުން ވެސް ށ. މިލަންދޫ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބ. އޭދަފުށީގެ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) ނުހިމެނެ އެވެ. އަދި އެންމެ ފަހުން ސްކޮޑުގައި ހިމެނުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ޓީމާ ދުރަށް ދިޔަ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ވެސް ނެތެވެ. ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވަނީ އޭނާގެ ކޯޗުކަމުގައި އީސަ އަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފަ އެވެ.

އިއްޔެ ބޭއްވި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ފަހަރު މުޅިން އަލަށް ގައުމީ ޓީމުން ޖާގަހޯދި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) ވަނީ މި ފަހަރު ވެސް ޓީމު ހިމެނިފަ އެވެ. އަދި އޮމާނާ ދެކޮޅަށް ކުޅުނު މެޗު ފެށެން ކުޑަތަންވެފައި އޮއްވައި ޓީމާ ގުޅުނު ނިއުގެ ތިން ވަނަ ކީޕަރު އަބްދުﷲ ޒިޔަޒަން ވެސް ވަނީ ޓީމުން ޖާގަ ހޯދައިފަ އެވެ.

ގައުމީ ސްކޮޑު:

މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް.

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، ރިލްވާން ވަހީދު (ރިލޭ)، އަދި އަލީ އަޝްފާގު (ދަގަނޑޭ)، އަބްދުﷲ ޒިޔަޒަން

ޓީސީ ސްޕޯޓްސް ކްލަބް: ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ). އަހުމަދު ޒާދު، މުހައްމަދު އައްޒާމް، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ގދ. ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ).

ކްލަބް ގްރީން ސްޓްރީޓްސް: އިބްރާހިމް ރިޒުހާން، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ސާއިފް

ފަލަސްތީނު މެޗަށް ގައުމީ ޓީމު ވަނީ އިއްޔެ ހަވީރު ޕްރެކްޓިސް ފަށައިފަ އެވެ. ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

10 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 11%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކީޕަރު

08 November 2017

މިވަރުން އަދި ހީވަނީ ވެލިދަނޑަށް ކުޅެންދާ ކީޕަރުންްވެސް ނަގާނެ ހެން ރާއްޖެތެރޭ ޓީމްތަކުގެ މޮޅަށް ކުޅޭ ކީޕަރުން ބަހައްޓާފަ

The name is already taken The name is available. Register?

ކޮމެންޓު

08 November 2017

ފެޑެރޭޝަން ޓީމުގެ ބެންޗުން ވެސް ކުުޅުންތެރިން ނަގާނެ ދޯ.

The name is already taken The name is available. Register?

ހެންޑެލި

08 November 2017

މިހާތަނަށް ގަލޮޅުދަނޑުގަ މެޗެއް ނުކުޅެހުރި މާޒިޔާގެ ޒުވާން ކީޕަރު ހުސެން ޝަރީފް ސްކޮޑަށް ނެގީ ކޮންއިރަކު އޭނާދެއްކި ކުޅުމަކަށް ބަބަލާފަބާ؟ މިގޮތައް ކުޅުްތެރން ނަގަންޏާ އެކުވެނި ވެލިދަނޑަށް ކުޅެންދާ ކުދިންވެސް ނަގަންވީނު، ގައިމު މާޅޮސް ކީޕަރާ ކުޑަހުވަދޫ ކީޕަރު ލީގުގަ އެދެޓީމު ކުޅުނު ހުރިހާ މެޗެއްގަ ފުލްކޮށް ކުޅުނު ވިއްޔަ. ޕޮޕޯވްއާ ދޭތެރޭ އެފް.އޭ.އެމް އިން ކަންތައްކުރި ގޮތުން ގައުމީ ޓީމުމަތިން މުޅިންފޫހިވެ، ގައުމީ ޓީމަށް އޮތްލޯތްބާ އިހުތިރާމު ގެއްލިއްޖެ. މިހާރު ގެނެއްސަ މިހުރި ކޯޗު ފޮނުވަންވީ މުޑިކާށިހޮވން

The name is already taken The name is available. Register?

ކާޑުބޭ

07 November 2017

ޙަމަ ހަގީގަތުގައިވެސް ބައްސާމުމެން ފެއިލް ވެއްޖެ... ގައުމީ ކޯޗް ލީގްގެ އެންމެ މެޗެއްވެސް ބެލި ބާއޭ ހިތައްއަރާ... ތި ނަގަނީ ގައުމީޓީމެއް ނޫން.. މާލޭ ޓީމް.... ކޮރަޕްޝަން ނެތް އެންމެ ތަނެއް ނެތޭ... މީވާ ގައުމެއް... ސައްޓު، ޔަޒީދު، އަރީފް، އުސާމަތު ނުނަގާ ގައުމީ ޓީމައް ނަގާން ޖެހޭ....

The name is already taken The name is available. Register?

ރާޒު

07 November 2017

ރާއްޖެތެރޭ 4 ޓީމަށް ދިވެހި ޕްރިމިޔަލީގުން ޖާގަދިނީ ދަނޑަށް މީހުން ނުވަންނާތީދޯ... ކީއްވެބާ މާޅޮހުގެ ކީޕަރާއި ކުޑަހުވަދޫގެ ކީޕަރު ނުނަގާ މާޒިޔާ އާއި ނިއުރޭޑިއަންޓުގެ ބަދަލު ކީޕަރުން ނެގީ.. ކީއްވެބާ މި ސީޒަންގަ އެންމެ މޮޅަށްކުޅުނު ދިވެހި 2 ޑިފެންޑަރުން ކަމަށްވާ މިލަންދޫ ޓީމުގެ އަރީފާއި ނިޒާމު ސްކޮޑަށް ނުނެގީ..؟؟

The name is already taken The name is available. Register?

ހެންޑެލި

08 November 2017

ގައުމީ ޓީމަކީ ވަކި ބަޔަކު ކުޅެ ވަކި ބަޔަކު ސްކޮޑަށް ނަގަންޖެހޭ ޓީމެއް، އަސަދުﷲ ވެސް ނެގި ނަމަ ފުރިހަމަވީސް

The name is already taken The name is available. Register?

ފނގފ

07 November 2017

ވަރަށް ދެރަ. ފުޓްބޯޅަ ކެރިއަރ އެއް ގޮތެއްގައި ދަމަހައްޓައި ކުރިއަރުވަން ކުޅުންތެރިން އަދި އެފްއޭއެމް އިތުރަށް މަސައްކަތް ކުރަންޖެހޭ. ކޮބާ މިދިޔަ ދެއަހަރު އަރަމުން އައި ކުޅުންތެރިން؟ މެސީ، ނާއްޓޭ، އަސަދުﷲ، އަދުހަމް؟ މިހާރު އެއެއް މިއެއް ނޭނގޭ.

The name is already taken The name is available. Register?

ޙުސައިނާ

07 November 2017

މީ ވަރަށް ދެރަކަމެއް. މާޅޮސް ކީޕަރު އެދަނީ މިއަހަރު އެއްކޮށް ގޯލް ކީޕަރަކަށް ކުޅެމުން. އަތޮޅު މުބާރާތުން ފެށިގެން ޒޯން ޗެމްޕިއަންކަން ހޯދީ ކ. ގުރައިދޫ ކަހަލަ ރަށްރަށާ ދެކޮޅަށް ކުޅެ މޮޅުވެގެން. އޭގެފަހުން ވަރުގަދަ އޭދަފުށިވެސް އޮއްވަ މާޅޮސް ޓީމު ގޮވައިގެން ގަލޮޅު ދަނޑަށް އައީވެސް އެ ކީޕަރު ހުރެގެން ހަމަ. އަތޮޅުތެރޭ ޓީމުގެ ކީޕަރެއްވީމަ ތިންވަނަ ކީޕަރަކަށްވެސް ކުފޫ ހަމަ ނުވޭ. މީ ވަރަށް ދެރަ ކަމެއް. ދެން އަނެއްކާ މިލަންދޫ ޓީމަށް ކުޅޭ ހުނަރުވެރި ސައްޓުވެސް ނުނަގާ. ފުޓްބޯޅައާމެދު ހިތާމަކުރަން.

The name is already taken The name is available. Register?

މުރޭ

07 November 2017

ގައިމު ތިޔަ ޒިޔަޒަނެއް ދިވެހި ލީގުގެ އެންމެ މެޗެއްވެސް ނުކުޅޭ އަދި ކުޑަ މިނުން ނިއުގެ ބެންޗަށްވެސް ނާރާ، އެކަމަކު ގައުމީ ޓީމަށް އެބައަރާ. މާޅޮހު ކީޕަރު އިބްރާޙިމް ޒަމީރާ ކުޑަ ހުވަދޫ ކީޕަރު ޢަބްދުﷲ ޔަޒީދަށް ހަމަ އެއްވެސް ފުރުސަތެއް ސްކޮޑުންވެސް ނެތް، އެކަމަކު ބަރާބަރަށް ކުޅޭ. މީ ވަރަށް މަޖާ ކަމެއް. ބެންޗަށްވެސް ނާރާ ކީޕަރުން ނަގާ ގައުމީ ސްކޮޑަށް. ބައްސާމަށް މަގޭ ސަލާމް.

The name is already taken The name is available. Register?

ޙަސަނުބޭ

07 November 2017

ބަޜާބަރައް ކުޅެމުން އަންނަ ކީޕަރުންއަށް ފުރުސަތު ނުދީ ޓީމްތަކުގެ ބެންޗައްވެސް ނާރާ މީހުން މިނަގަނީ. ޜާއްޖެތެރޭ ޓީމްތައްވީމަ ފުރުސަތު ނުދެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454