ރޭ ފެށި ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުން ޕޮލިސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔައީ ކުޑަ ތަފާތަކުންނެވެ. އެއީ 26-24، 30-28 އިންނެވެ.
ފުރަތަމަ ދެ ސެޓު ގެއްލުމުން ތިން ވަނަ ސެޓުގައި މާޒިޔާ ފެނުނީ ވަރަށް ދަށްކޮށެވެ. އޭގެ ފައިދާ ނަގައި ޕޮލިހުން ވަނީ މި ސެޓުން ކުރި ހޯދައި މެޗު ކާމިޔާބު ކޮށްފަ އެވެ. ޕޮލިހުން ތިން ވަނަ ސެޓު ގެންދިޔައީ 25-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޮލިހަށް ކުޅޭ އިންޑިއާ ކުޅުންތެރިއާ ޖަގްޑަތަރު ސިންހް އެވެ.
މި ދެ ޓީމުގެ އިތުރުން ފިރިހެން ބައިން ގައުމީ ލީގުގައި ވާދަކުރަނީ މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ސީލައިފް ސްޕޯޓްސް ކްލަބްގެ އިތުރުން ދިވެހި ސިފައިންގެ ކްލަބެވެ.
މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ ތިން ޓީމަކުންނެވެ. އެއީ މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް