އައިފޯން 7 އިން ސްކްރީންޝޮޓެއް ނަގާނީ ކިހިނެއް؟

އައިފޯނުން، އާދައިގެ ހާލަތްތަކުގައި ސްކްރީންޝޮޓް ނަގަނީ އެއްފަހަރާ ދެ ބަޓަނަކަށް އޮބާލައިގެންނެވެ. އެއީ "ޕަވާ ބަޓަން" އާއި "ހޯމް ބަޓަން" އެވެ. އެކަމަކު ތިޔަ ބުނާ ކަހަލަ ހޯމް ބަޓަނެއް އައިފޯން 7 ގައި ނުއިނދެ އެވެ. ސްކްރީންޝޮޓް ނަގަން ދެން އޮބާނީ ކޮން އެއްޗަކަށް ހެއްޔެވެ؟


އެޕަލް އިން އައިފޯނު 7 އަށް ފިޒިކަލް ހޯމް ބަޓަނެއް ނުދިނެއް ކަމަކު މިހާރު އިން ހޯމް ބަަޓަނަށް އޮބައިގެން ވެސް ސްކްރީންޝޮޓް ނެގެ އެވެ. ސްކްރީންޝޮޓް ކުރިން ވެސް ހަމަ ނަގާ ގޮތަށެވެ. ބިރުގަންނާނެ ކަމެއް ނެތެވެ. މި ލިއުން އެއްކޮށް ކިޔާ ނިމޭއިރު ހުންނާނީ ސްކްރީންޝޮޓް ނަގަން ދަސްވެފަ އެވެ. ދެން އަތް ފަރިތަކޮށްލާނީ އެވެ.

އައިފޯން 7 ނިވާލާފައި އޮންނައިރު ހޯމް ބަޓަނަށް އޮބާލުމުން ކަމެއް ވާހެން ވެސް ހީނުވެ އެވެ. ފިޒިކަލް ބަޓަނެއް ނަމަ އޮބާލާ އަޑު އިވުނީހެވެ. އެހެން ނަމަވެސް ފޯނު ހުޅުވާފައި ހޯމް ބަޓަނަށް ފިތާލުލުމުން ކަމެއް ވެއްޖެ ކަމުގެ އިހުސާސްކުރެވެ އެވެ.

ފިޒިކަލް ބަޓަނަކަށް އޮބާލުމުން ކުރެވޭ "އިހުސާސް" އައިފޯން 7 ގައި ކުރެވެނީ ވައިބްރޭޝަނުންނެވެ. ފޯނުގެ މޯޓަރު ސްމާޓް ގޮތަކަށް ހިނގައިގަނެ އެ ވައިބްރޭޝަން އުފައްދަ އެވެ. އެޕަލް އިން ބުނީ އެއީ "ޓެޕްޓިކް އިންޖީން"ގެ މޮޅުކަން ކަމަށެވެ.

އައިފޯން 7 އާއި އައިފޯން 7 ޕްލަސް އިން ސްކްރީންޝޮޓް ނަގަނީ އެއް ގޮތަކަށެވެ. ޕަވާ ބަޓަނަށާއި ހޯމް ބަޓަނަށް ތަންކޮޅެއް ބާރަށް އޮބާލާށެވެ. އިންތިޒާރުކުރާކަށް ނުޖެހޭނެ އެވެ. ސްކްރީން ހުދުވެލާފައި ސްކްރީންޝޮޓް ފޯނަށް "ސޭވް"ވެދާނެ އެވެ.