ފައިނަލުގައި ކްލަބް އެމްޓީސީގެ މައްޗަށް 3-1 ސެޓްގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ސެޓާއި ފަހު ސެޓް ދިޔައީ ވާދަވެރިކޮށެވެ. ފުރަތަމަ ސެޓް ވެމްކޯއިން 25-20 އިން ކާމިޔާބު ކުރި އެވެ.
ދެވަނަ ސެޓް 25-13 ހޯދައި، އެމްޓީސީގެ ޓީމު އެނބުރި މެޗުގެ ތެރެއަށް އަ އެވެ.
ވެމްކޯއަށް ނުލިބުނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކުރުމުގެ ފުރުސަތެވެ. އަކަމަކު ވިދިވިދގެން ހަ ވަނަ ފަރަށް މުބާރާތް ދިފާއު ކުރުމުގެ ފުރުސަތު، ވެމްކޯއ އަތުން ގެއްލުވާލުމުގައި އެމްޓީސީސީއަކަށް ކާމިޔާބެއް ނުހޯދުނެވެ. ވެމްކޯއަކަށް ނުލިބުނެވެ. އަނެއް ދެ ސެޓް 25-13 އަދި 25 18 އިން ކާމިޔާބުކޮށް ވެމްކޯއިން ޗެމްޕިއަންކަން ހޯދި އެވެ.
މެޗުގެ ސެޓްތަކުގެ ނަތީޖާ
ފުރަތަމަ ސެޓް: ވެމްކޯ 25-20 އެމްޓީސީ
ދެވަނަ ސެޓް: އެމްޓީސީސީ 25-20 ވެމްކޯ
ތިންވަނަ ސެޓް: ވެމްކޯ 25-13 އެމްޓީސީސީ
ހަތަރުވަނަ ސެޓް: ވެމްކޯ 25-18 އެމްޓީސީ
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ވަރިއްޔާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމާއި އެންމެ މޮޅު ސެޓަރުގެ މަގާމު ހޯދީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުޅި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މާގާމު ހޯދީ ޕޮލިސް ކްލަބްގެ މިންހަތު އަހްމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާއަށް ހޮވުނީ ވެމްކޯގެ ކުއްޓިކާ ކޭވްޕިން އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ވެމްކޯގެ އަހްމަދު އަދީލެވެ.
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންގެ މަގާމު ހޯދީ ވެމްކޯގެ އާއިޝަތު މާޖިދާ އާއި ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވުނީ ވެމްކޯގެ ނަރީމާ އިދުރީހާއޮ އެމްޓީސީސީގެ އާއިޝަތު ލިވާ އިބްރާހިމެވެ. އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހެވެ. އަދި އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ހުރާ ކޮމިއުނިޓީ ކްލަބްގެ މަނާލް އިސްމާއީލް ރަޝީދެވެ.
މުބާރާތުގެ ޑްރީމް ޓީމު
+ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ:
- ފާތިމަތު ޖޫޒާން ޒަރީރު (ކްލަބް ވެމްކޯ)
+ އެންމެ އުއްމީދީ ކުޅުންތެރިޔާ:
- މިންހަތު އަހްމަދު (ޕޮލިސް ކްލަބް)
+ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ:
- ކުއްޓިކާ ކޭވްޕިން (ކްލަބް ވެމްކޯ)
+ އެންމެ މޮޅު މިޑްލް ބްލޮކަރުން:
- ނަރީމާ އިދުރިސް (ކްލަބް ވެމްކޯ)
- އާއިޝަތު ލިވާ އިބްރާހިމް (ކްލަބް އެމްޓީސީސީ)
+ އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ
- މަނާލް އިސްމާއީލް ރަޝީދު (ހުރާ ކޮމިއުނިޓީ ކްލަބް)
+ އެންމެ މޮޅު ކޯޗު:
- އަހްމަދު އަދީލް (ކްލަބް ވެމްކޯ)