ދުނިޔެ / ދުންފަތުގެ އިސްތިއުމާލުކުރުން

ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ފުރަތަމަ މަރުހަލާގައި ބޮޑު ތާއީދެއް

އޮސްޓްރޭލިއާގެ ސިޑްނީގެ ފިހާރައެއްގައި ވިއްކަން ހުރި ސިނގިރެޓް ފޮށިތަކެއްގެ ލޭބަލް ދައްކާލަނީ.

27 ނޮވެމްބަރ 2024 - 07:07

އިނގިރޭސި ވިލާތަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން އުޅޭ ގައުމަކަށް ހެދުމުގެ މަގްސަދުގައި، ދުނިޔެއަށް ނަމޫނާ ދެއްކުމަށް ހަދާ ގާނޫނުގެ ބިލް މަޖިލީހުގެ ފުރަތަމަ މަރުހަލާގައި މެންބަރުގެ ބޮޑު އަޣްލަބިއްޔަތަކުން ބަލައިގެންފި އެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ މަޑުމަޑުން ހަރުކަށިކުރަމުން ގޮސް އެއްކޮށް މަނާކުރާ ގޮތަށް ފަރުމާކޮށްފައިވާ ބިލް ބަލައިގަތުމަށް 415 މެންބަރަކު ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ 47 މެންބަރެކެވެ.

އިނގިރޭސިވިލާތުގެ "ޓޮބޭކޯ އެންޑް ވޭޕްސް ބިލް" ގައި 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އުފަންވާ ކޮންމެ މީހަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އުމުރު މަޑުމަޑުން މަތިކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނީ ގޮތުން ހުއްޓުވޭނެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މިއީ އިނގިރޭސިވިލާތުގެ ފުރަތަމަ "ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް" އުފެއްދުމުގެ މަގްސަދުގައި ހަދާ ގާނޫނެކެވެ.

މި ބިލް ހުށަހަޅާފައި މިވަނީ "ޖެނެރޭޝަނަލް ސްމޯކިން ބޭން" ގެ ނަމުގައި ނިއު ޒީލެންޑުން ޕްލޭނެއް ހަދައި 2008 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ގަތުން މަނާކުރަން ކުރި މަސައްކަތް ހުއްޓާލިކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށް ގެންދާ ބިލަކީ އެންމެ ފަހުގެ ކޮންޒަވޭޓިވް ސަރުކާރުން ހުށަހެޅި ބިލާ އެއްގޮތް ބިލެކެވެ. އެ ބިލް އޭރު މަޑުޖައްސާލާފައި އޮތީ އޭރުގެ ބޮޑުވަޒީރު ރިޝީ ސުނަކް އާންމު އިންތިހާބަށް އިއުލާނުކުރެއްވުމާ އެކުގަ އެވެ.

މި ބިލުގައި ވޭޕް އިޝްތިހާރާއި ސްޕޮންސާޝިޕްގެ އިތުރުން ކުޑަކުދިންނާއި ޒުވާނުން މި ތަކެއްޗަށް ޝައުގުވެރިވާ ގޮތަށް އީ-ސިނގިރޭޓާއި އޭގެ ފްލޭވާތައް ޑިސްޕްލޭކުރުމާއި ޕެކޭޖް ކުރުން މަނާވާނެ އެވެ. މީގެ އިތުރުން ކުޑަކުދިން ކުޅޭ ތަންތަނާއި ހޮސްޕިޓަލްތަކުގެ ބޭރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މިހާރު މަނާކޮށްފައި އޮތް މުއްދަތު އިތުރުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިންގްލެންޑް، ވޭލްސް އަދި ނޮދަން އަޔަލެންޑުގައި 2007 ވަނަ އަހަރު ވަނީ ބަންދުކޮށް ހުންނަ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފަ އެވެ. އޭގެ ކުރިން 2006 ވަނަ އަހަރު ސްކޮޓްލެންޑުގައި ވެސް ވަނީ މިގޮތަށް ނިންމައިފަ އެވެ.

އެކްޝަން އޮން ސްމޯކިން އެންޑް ހެލްތް ޗެރިޓީން ބުނެފައިވާ ގޮތުގައި އިންގްލެންޑުގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިތާ އަހަރެއް ފަހުން، ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު 2.4 ޕަސެންޓް ދަށްވެ، ދައުލަތުގެ ހަރަދުގައި ހިންގާ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް އެތައް މިލިއަން ޕައުންޑެއް ސަލާމަތްކުރެވިފައިވެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454