ލޮސް އެންޖެލިސްގެ ޕަލިސޭޑްޒްގައި ރޯވެ އަނދަމުންދާ ސަރަހައްދަކަށް ހެލިކޮޕްޓަރަކުން އިއްޔެ ފެންނަ ޖަހަނީ. -- ފޮޓޯ: އޭއެފްޕީ
11 ޖެނުއަރީ 2025 - 13:37
އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި އެ ސިޓީގެ އަލްޓެޑަނާގެ ބޮޑު ބައެއް އަޅިއަށްވި ފަހުން މަގުތަކުގައި އިއްޔެ ފޯރިމަރަމުން ދިޔައީ ނެޝަނަލް ގާޑުގެ ސިފައިންނެވެ. އެކަމަކު މި އަވަށުގެ މީހުންނަށް މިހާރު އެކަމުން ކުރާނެ މާބޮޑު ފައިދާއެއް ނެތެވެ. މާ ބޮޑަށް ލަސްވީ އެވެ.
"އަހަރެމެން ގޭގައި ރޯވި އަލިފާން ނިއްވަން ބާލިދީތަކުން ފެން ޖަހަމުން ދިޔައިރު އަލިފާން ނިއްވާ މީހުންގެ އެންމެ މީހަކު ވެސް އަހަރެމެން މި ހިސާބަކުން ނުދެކެން،" ނިކޮލަސް ނޯމަން، 40، ބުންޏެވެ.
"އެ މީހުން ބިޒީވެގެން އުޅުނީ ޕަލަސޭޑްޒްގައި ހުރި މުއްސަނދި އަދި މަޝްހޫރު މީސް މީހުންގެ މުދާތައް ސަލާމަތްކުރުމުގައި. އަހަރެމެން އާންމުންގެ މުދާތައް އަނދައިގެން ދާން ދޫކޮށްލީ،" ޓީޗަރެއް ކަމަށްވާ ނޯމަން ޝަކުވާކުރި އެވެ.
އެކަމަކު އަލިފާނުގެ ގެއްލުމުގައި ވަކި މީހަކަށް ތަފާތެއް ނެތެވެ.
ލޮސް އެންޖެލިސްގައި އަލިފާން ނިއްވާ މީހުން މަސައްކަތުގައި: އެކަށީގެންވާ ވަސީލަތްތައް ނެތުމުން އެކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: އޭއެފްޕީ
އަލްޓެޑަނާގައި މި ޝަކުވާ އޮތް އިރު މި ހަފްތާގައި އެންމެ ފުރަތަމަ ރޯވި، މުއްސަނދިންގެ ސަރަހައްދު ކަމަށްވާ ޕެސިފިކް ޕެލިސޭޑްޒްގައި ވެސް އަލިފާން ނިއްވާ މީހުންނާއި ކަމާބެހޭ އެހެން އިދާރާތަކާ މެދު އޮތީ ހުސް ޝަކުވާ އެވެ.
"އަހަރެމެންގެ ސިޓީ އެއްކޮށް ހަލާކުވެ ދާން ދޫކޮށްލީ،" އަލިފާން ނިއްވަން ބޭނުންކުރާ ހައިޑްރަންޓްތަކުން ފެން ނުލިބުމާއި ޕްރެޝަރު ނެތުން ފަދަ އެތައް ކަމަކާ ހެދި ޝަކުވާކުރި ނިކޯލް ޕެރީ ބުންޏެވެ.
ސްޓައިލިސްޓެއް ކަމަށްވާ، އުމުރުން 32 އަހަރުގެ ނިކޯލްގެ އަގު ބޮޑު ގެ އަޅިއަށް ވެގެން ދިއުމުން އޭނާ ބޭނުންވަނީ މިކަމުގައި ޒިންމާނަގަން ޖެހޭ ބަޔަކު ޒިންމާކުރުވާށެވެ.
ސްޓައިލިސްޓެއް ކަމަށްވާ ނިކޯލް ޕެރީ އޭނާގެ އަގުބޮޑު ގެ އަޅިއަށް ވެފައިވާތަން އިއްޔެ ބަލަނީ. -- ފޮޓޯ: އޭއެފްޕީ
"ކަންކަން އިންތިޒާމްވެފައި ހުންނަން ޖެހޭނީ މިކަހަލަ ކަމަކުން ރައްކާތެރިވެވޭ ގޮތަށް،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.
"އަހަރެމެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ. މި ސިޓީ އާއި ސިޓީގެ ފީކަޅާ މޭޔަރާއި ގަވަރުނަރުގެ ފަރާތުން އެއްވެސް ސަޕޯޓެއް ނެތް."
މިހާރުވެސް ލޮސް އެންޖެލިސްގެ އެކި ހިސާބުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
މިހާތަނަށް 10،000 އިމާރާތެއް އަލިފާނުގައި އަޅިއަށް ވެފައި ވާއިރު 100،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.
ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ ހާލަތު މި ހިސާބަށް ދިއުމުގެ ސަބަބަކީ 100 މޭލު (160 ކިލޯމީޓަރު) ބާރުމިނުގައި ހަފްތާގެ ކުރީކޮޅު ޖެހުނު ވަޔާއި އެތައް މަހެއް ވަންދެން ވާރޭ ނުވެހި އޮތުން ކަމަށެވެ.
އެކަމަކު އަލިފާނުގައި ހުރިހާ އެއްޗެއް ގެއްލި ދިޔަ އެތައް ހާސް ބަޔަކަށް މިއީ އެކަށީގެންވާ ޖަވާބަކަށް ނުވެ އެވެ.
އަލިފާނުގެ ހާދިސާ ފެށުނީ މޫސުމީ ހާލަތު ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް ކެލިފޯނިއާ ސިޓީގެ މޭޔަރު ކެރަން ބާސް ގާނާއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެއާ އެކު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ލޮސް އެންޖެލިސްގެ އަލިފާނުގައި ނެއިބަހުޑެއް އެއްކޮށް އަނދާފައި. -- ފޮޓޯ: އޭއެފްޕީ
ބަޖެޓް ކުޑަކުރުމުގެ ސަބަބުން، ފަޔަ ޑިޕާޓްމަންޓް އޮތީ ހާލުގަ އެވެ. އަލިފާނާ މާ ދުރު ހިސާބުތަކުގެ މީހުންނަށް ވެސް، އަލިފާނުގެ ނުރައްކާ އޮތް ކަމަށް ބުނެ، ގެދޮރު ދޫކޮށް ދިއުމަށް އިންޒާރުގެ މެސެޖުތައް އޮޅިގެން ފޮނުވުނު މައްސަލައިން އަދި ވަކިން ބޮޑަށް މީހުން ވަނީ ރުޅި ގަދަވެފަ އެވެ.
އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސަރަހައްދުގެ ފުރިހަމަ އިވެލުއޭޝަނެއް ހަދަން ޖެހޭނެ ކަމަށާއި އެތައް ސަތޭކަ ހާސް ބައެއްގެ ގެދޮރުގެއްލިފައިވާ ކަމަށެވެ.
"މިތަނެކޭ ހަނގުރާމައިގެ މައިދާނެކޭ އެއްގޮތް."
ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅުން ކަމަށްވާ މޭޔަރު ބާސް އާއި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޯމް ވެސް ވަނީ ކަން ހިނގި ގޮތް ތަހުގީގުކުރަން ގޮވާލައްވައިފަ އެވެ.
އިންތިޚާބީ ރައީސް، ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް ވަނީ ކެލިފޯނިއާގެ ލިބަރަލް ލީޑަޝިޕަށް ފާޑު ވިދާޅުވެ ރުޅިވެރިކަމުގެ ހުޅުގަނޑު ބޮޑުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދގެ
12 January 2025
ގިނަ ގެތަށް ހުރީ ވަކަރުން ހަދާފައި. އެކަމަކު ކޮންމެ ގެއެއްގެ އަގު ހުރޭ ލިޔެފައި ޚަބަރުތަކުގައި.... އެމެރިކާގެ ތައްޔާރުކޮށްފައި ހުރި ބޮން އަޅާ ސުންނާފަތި ކޮށްފައިވަނީ ޢައްޒާގެ 10 ބުރި 15 ބުރީގެ ކޮންކޮރީޓް ބިލްޑިންގތައް. އަގު ކުރަންޏާ ކިތައް މިލިޔަނުން އަރާނެބާ؟ އެކަމަކު މާއްދީ އެތަންތަނަށް ވުރެ މަރާލި މުސްލިމުންގެ އަގު ބޮޑުވީމަ އެއްވެސް ޚަބަރެއްގައި އެތަންތަނުގެ އަގެއް ނުކިޔާ!
ފޫހި
12 January 2025
މިމީހުން އަދިވެސް ހީކުރަނީ މިއީ ބަޔަކު ކުރިކަމެއްކަމަށް. އެއްވެސް ވަރަކަށް މިއީ ﷲ އެތަނަށް ކޯފާއެއް ފޮނުއްވީކަމަކަށް ގަބޫލެއްނުކުރޭ. ނިކަންވިސްނާލަބަލަ. ﷲ އަށް ނިސްބަތްކޮށް ދެވަރަރު ބަސްތައް ބުނެ މަލާމާތް ކުރަމުން ދިޔައިރު ތިމާމެއްގެ ބަލިކަށިކަމާއި ނިކަމެތިކަމެއް އޭރު ހަދާނެއްނެތް. އަހަރެން އެއްވެސް ދެރައެއްނުވޭ. އެއީ އެމެރިކާގެ ނުބައިކަމުން ދުނިޔެ ސަލާމަތް ވާން އެދޭތީވެ.
ވޭމަންޑޫ
11 January 2025
އެމެރިކާއިން ދޭހަތިޔާރުން ފަލަސްތީނުގެ ރައްޔިތުންނާއި އިމާރާތްތައް ފުނޑުފުނޑުކޮށް މުސްލިމުންގެ ލޭ އޮހޮރުވާތަން ހެވިފައި ބަލަން ތިބުމުގެ ނަތީޖާ މިފެންނަނީ މުސްލިމުންގެ ދުޢާ ﷲ އިޖާބަކުރައްވާ އެމެރިކާ ނެތިކުރައްވާފޭ އަމީން ކޯފާއެއް ފޮނުއްވެވީ ކަންނޭގޭއެވެ ކިތަންމެ ކުޑަމިން ވަރެއްވެސް ޔަހޫދީންނަށް އެހީވުމަކީ އެބަޔަކަށް ކޯފާއެއް އަތުވެދާނެ ކަމަކަށް ވެދާނެއެވެ ވީމާ ރާއްޖޭންވެސް ޔަހޫދީންނަށް ނޫނެކޭ ބުނަންޖެހޭ އެބަ އަޒާބާއި ކޯފާއަންނާނީ އެކިގޮތްގޮތަށް
އަޒްރާ
11 January 2025
ﷲއަކުބަރު
ޢެޑްމުންޑޯ
11 January 2025
ދިވެހިންނަކޭ މިމީހުން އެއްގޮތް ، ހުސްޝަކުވާ ، ރާއްޖޭގެ ވެރިންނަށްވުރެ ވަކިސަހަލެއްނުވިއެއްނު
މުލޭ
11 January 2025
އިޒްރޭލަށް ބިލިއަނުން ދެވެނިކޮށް އެމެރިކާގެ ރައީސުންނަށް އޯކޭވާނެ. އެމެރިކާ މީހުންނަށްވުރެ ޔަހޫދީން މުހިންމުވަނެ ކޮންމެ ރައީސަކަށްވެސް.
އަލި
11 January 2025
ނަރަކައިގެ ދޮރުތައް މިހުޅުވުނީ އެމެރިކާއަށް.
ހުސެންސްކީ
11 January 2025
މިއީ ވިސްނާ ބަޔަކަށް އިބުރަތެއް
؟؟؟؟
11 January 2025
ގަދަފިނީގަ މީހުން މަރުވާ މަރުމުގަ ވިސްނާބަޔަކަށް އެނގޭ އެއްޗެއްނެތްތަ
ރައްކާ11
12 January 2025
ވަރަށް ބޮޑު ޢިބްރަތެއް. އަލިފާނުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތައް އަބަދުވެސް އަޅާފައި ހުންނަންޖެހޭނެ. އަދި ކެލިފޯނިއާކަހަލަ ސްޓޭޓެއްގައި ފަޔަރ ޑިޕާޓްމަންޓްތައް ވަރަށް ބޮޑަށް ހަރުދަނާކުރަންޖެހޭ. ރާއްޖެއިންވެސް އެބަޖެހޭ މިކަންކަމުން ޢިބްރަތް ލިބިގަންނަން.
ފިލާވަޅެއް
11 January 2025
މިހެންބުނާކައްނުވާނެ ކަންނޭގެ. މިކަން މިދިމާވީ ދުނިޔޭގެ އެންމެ މުއްސަނދި މިކިޔާ "އިންފުލުއެންސަރުން" އެންމެ ގިނަ އެއްހިސާބުގަ. މިކަމުން ދުނިޔޭގެ ގިނަ ބަޔަކައް ބޮޑު އިބުރަތެއް ލިބިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު އަދި ދުނިޔޭގެ މިވަގުތު ހާލަތާމެދު ބައެއްމީހުން ދެކެމުންދާ ނަޒަރިއްޔާ ބަދަލުވެއްޖިއްޔާ ރަނގަޅު. މިގޮތުން ބައެއްމީހުން ގާޒާގެ ހާލަތު އަދި މޫސުމައް އަންނަމުނަދާބަދަލުތަކާމެދު ދެކޭގޮތް ބަދަލުވާނެނަމަ އެއީ ރަނގަޅެއް.
ބޮންދު ބެ
12 January 2025
ބަންގާޅު ނަބީލާ ވަރަށް ފަހުން ގަތް ގެ އަށް މީގެ އަސަރެއް ކުރިބާ. އެވެސް ނަމުން މުސްލިމެކޯލަ.
ހުސޭނާތު
11 January 2025
ރާއްޖެއެކޭ އެމެރިކާއެކޭ ވަކި ތަފާތެއް ނެތްތާ މިކަހަލަ ކަންކަމުގައި