އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް: ދެބޭފުޅުން ވެސް ގަބޫލުކުރައްވަނީ ޔޫއެސްއެއިޑުން ކުރަނީ ބޭކާރު ހަރަދު ކަމަށް.
03 ފެބުރުއަރީ 2025 - 19:37
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް އޭނާގެ އެޑްވައިޒަރު އަދި ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެކްސްގެ ސްޕޭސްގައި ބޭއްވޮ ލައިވް ސެޝަނެއްގައި މަސްކް ވިދާޅުވީ ޔޫއެސްއެއިޑާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ރައީސް ޓްރަމްޕާ ވާހަކަ ދެއްކެވި ކަމަށެވެ.
"އެއްބަސްވީ އެތަން ބަންދުކުރަން،" މަސްކް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "އެންމެ ފަންޏެއް އޮތް އާފަލެއް" ކަމަށް ހީކުރެވުނަސް އެއީ "ފަނިން ފުރިފައިވާ އެއްޗެއް" ކަން މިހާރު ޔަގީންވެއްޖެ ކަަމަށެވެ.
"މި ޖެހޭނީ ނައްތާލަން. މިއީ ރަނގަޅުކުރެވޭ ހާލަތެއްގައި އޮތް އެއްޗެއް ނޫން."
ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ ޔޫއެސްއެއިޑްގެ އިސް ދެ ވެރިޔަކު، ސަރުކާރުގެ ސިއްރުގެ ގޮތުގައި ހުރި އެ ޖަމިއްޔާގެ ލިޔުންތަކެއް، މަސްކާ ހަވާލުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) އަށް ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވުމާ އެކު އެ ދެ ބޭފުޅުން ޗުއްޓީއަށް ފޮނުވާލާފައި ވަނިކޮށެވެ. މިކަން އެމެރިކާ ސަރުކާރުގެ މިހާރުގެ އޮފިޝަލަކާއި ކުރީގެ އޮފިޝަލަކު ވެސް ވަނީ އެސޯސިއޭޓެޑް ޕްރެސް އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޑޮޖް އަށް މިހާރު ވަނީ އެމެރިކާ ސަރުކާރުގެ ޕޭމަންޓް ސިސްޓަމްގެ އެކްސެސް ވެސް ދީފަ އެވެ. އެއީ ރައްޔިތުންގެ ވަރަށް ޒާތީ މައުލޫމާތު ހިމެނޭ ސިސްޓަމެއް ކަމަށް ވާތީ، އެ އެކްސެެސް ދިނުމާ ދެކޮޅު ހެއްދެވި ބޭފުޅަކު ވެސް ވަނީ ގެޔަށް ފޮނުވާލައިފަ އެވެ. އަދި ފަހުން އޭނާ ވަނީ ރިޓަޔާކުރައްވައިފަ އެވެ.
އެހެން ގައުމުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޔޫއެސްއެއިޑް އަކީ ކުށްވެރިންގެ ޖަމާއަތެއް ކަމަށް މަސްކް ވިދާޅުވެފައި ވާއިރު ޓްރަމްޕް ވަނީ އެއީ "ހަރުކަށި މޮޔައިން" ހިންގާ ތަނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ މި ޖަމިއްޔާގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބަލަހައްޓަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓުރަންޕެޓު
04 February 2025
މިމީހުންގެއިނގިއްޔެއް ތިކަމުގެތެރެއަށް ވައްދާލެވެން ނެތީތީވެ، ތިއޮތީ ތިކަން ކަމުނުދާކަމަކަށްވެފަ. އެއްވަރުގެ ދެދަތްގޯނި. ދެންފެންނާނީ މިދެމީހުންގެ ތުންތެމޭގޮތަށް ތިކަން އަނެއްކާ ފައްޓާތަން. ނޫނީ މިދެމީހުން ކޯޅިގަންނަތަން.
ޕޮބްލޯ
04 February 2025
''ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ ޔޫއެސްއެއިޑްގެ އިސް ދެ ވެރިޔަކު، ސަރުކާރުގެ ސިއްރުގެ ގޮތުގައި ހުރި އެ ޖަމިއްޔާގެ ލިޔުންތަކެއް، މަސްކާ ހަވާލުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) އަށް ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވުމާ އެކު އެ ދެ ބޭފުޅުން ޗުއްޓީއަށް ފޮނުވާލާފައި ވަނިކޮށެވެ.''
ފޫހި
04 February 2025
މި ހުއްޓާލުން މާ ބުއްދިވެރި، އެމެރިކާއަކީ ގައުމުތައް ތަރައްޤީއަށް އެހީދޭ ބައެއްނޫން. އެމީހުން ކުރާނެ ކަމަކީ ގައުމުގެ އެތެރޭގެ ދާޚިލީ ހަމަޖެހުން ނަގާލަން އެކިއެކި ޖަމުއިއްޔާތަކަށް އެހީދޭނީ. ދެން ކުރާ ކަމަކީ ގައުމުތައް ފަނާކުރަން ހަނގުރާމަތައް ރާވާ ހިންގުން.
ނުފޫޒުފެތުރުން
04 February 2025
ތި އެއިޑުތަކުން ކުރާކަމަކީ އެހެންގައުމުތަކައް އެމީހުންގެ ނުފޫޒު ފެތުރުން. އެމެރިކާގެ ރައީސްއަކައް ޓްރަމްޕް ކަހަލަ މީހަކު އައުމުން އެނުފޫޒުފޯރުވުމައް މިހާރައްވުރެ ހަރަދުކުޑަމަގެއް ހިޔާރުކުރަން އުޅެނީހެންހީވަނީ. ދެންފެންނާނީ ގައުމުތަކުގަ ތިބި ކޮރަޕްޓްވެރިންނައް އެކިގޮތްގޮތައް ފައިސާބަހާތަން އޭރުން ގައުމުގެ ހުރިހާރައްޔިތުންނައް ފައިސާދިނުމައްވުރެ ހަރަދުކުޑަވެފަ އެފޮޝަންޓުވާނެ އަދި ނުފޫޒުފޯރުވޭވަރުވެސް ބޮޑުވާނެ.
ހެހެހެހެހެހެހެ
03 February 2025
ގައުމުތަށް ފަސާދަ ކުރާ އެއިޑް
ޖިންނި ޖިނާ
03 February 2025
އިންސާނުންނަކީ ކިތަންމެ ކުޑަކުޑަ ބާރެއް ލިބުނަސް ނިކަން ބޮޑާވާ ބައެއް.
ޓެރިފްއައްޕ
03 February 2025
މިއެއިޑުގެ ދަށުން މިރާއްޖޭގަ ހިންގާ ކިތައް ޕްރޮޖެކްޓް ހުއްޓޭނެބާ
ޖުލައި
03 February 2025
ޓްރަމްޕް އާއި މަސްކު އަށް ހީވާ ކަހަލަ މުޅި ދުނިޔެ އެމެރިކާ ބަނޑުދަށު ލެވިދާނެހެން. އަވަށްޓެރިންނާއި ދުނިޔޭގެ ބާރުތަކާ ލެޑި ގަނެގެން ދާދި އަވަހަށް އެމެރިކާ ބޯކޮޅު ވަރަށް ދާތަން ފެންނާނެ.