އަލް ޖަޒީރާގެ ނޫސްވެރިޔާ ހުޝާމް ޝަބަތު: އޭނާ ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން ބުނަނީ އެއީ ހަމާސްގެ ސްނައިޕަރެއް ކަމަށް.
25 މާޗް 2025 - 14:20
އިޒްރޭލުގެ ހަމަލާއެއްގައި އިއްޔެ ޝަހީދުކޮށްލި އަލް ޖަޒީރާގެ ނޫސްވެރިޔާ ހުޝާމް ޝަބަތަކީ ހަމާސްގެ ސްނައިޕަރެއް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ތުހުމަތުކޮށްފި އެވެ.
"އިއްޔެ [ހޯމަ ދުވަހު] އައިޑީއެފް [އަސްކަރިއްޔާ] އާއި ޝިން ބޭތު [ސެކިއުރިޓީ އެޖެންސީ] އިން ނައްތާލީ... ހަމާސް ޓެރަރިސްޓް ޖަމާއަތުގެ ބައިތު ހަނޫން ބެޓަލިއަންގެ ސްނައިޕާ ޓެރަރިސްޓެއް. އަލްޖަޒީރާއިން ނޫސްވެރިއެއްގެ ގޮތުގައި ވެސް ވަޒީފާ އަދާކުރި މީހެއް،" ހުޝާމަށް އިޝާރާތްކޮށް އަސްކަރިއްޔާ އާއި ސަލާމަތީ އިދާރާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަލްޖަޒީރާއިން ބުނީ ޝަބަތު ޝަހީދުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ޣައްޒާގެ އުތުރުގައި އޭނާގެ ވެހިކަލަށް އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.
އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި ޝަބަތަކީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ މެމްބަރުންގެ ގޮތުގައި ތިބި އަލްޖަޒީރާގެ ހަ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ކަމަށް މިދިޔަ އޮކްޓޫބަރު މަހު ފާހަގަވެފައިވާ މީހުންގެ ތެރެއިން މީހެއް ކަމަށެވެ. އެ މީހުންގެ ނަންތައް ފެނިފައި ވަނީ އަތުލައިގަތް ހަނގުރާމަވެރިންގެ ޓެބްލެޓްތަކާއި ޓެރަރިސްޓް ޓްރެއިނިން ކޯސްތަކުގެ ލިސްޓުތަކާއި ފޯނު ބޫކް އަދި ޣައްޒާއިން ފެނުނު މުސާރަވެރިންގެ ލިސްޓުތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމަކު މިއިން އެއްވެސް ވާހަކަ އަކީ ތެދެއް ކަމެއް ނޭނގެ އެވެ. އަދި އަލް ޖަޒީރާގެ ނޫސްވެރިންނަކީ ހަމާސްގެ މެންބަރުން ކަމަށް ބުނެ މީގެ ކުރިން ދައްކާފައިވާ ވާހަކަތައް ވެސް އެ ނެޓްވޯކުން ވަނީ ދޮގުކޮށްފަ އެވެ.
އަލްޖަޒީރާގެ އޮޕަރޭޝަންތައް ހުއްޓުވަން އިޒްރޭލުން މިދިޔަ މެއި މަހުގެ ތެރޭގައި ނިންމައި އެ ނެޓްވޯކްގެ ޕްރެސް ކްރެޑިޑެންޝަލް ބާތިލްކޮށް، ޓްރާންސްމީޓަރުތައް ހިފަހައްޓައި، އެ ކުންފުނީގެ ވެބްސައިޓްތައް ބްލޮކޮށްފައިވެ އެވެ.
ފަލަސްތީނުގެ ޖާނަލިސްޓް ސިންޑިކޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަބަތާއި މަންސޫރުގެ މަރަކީ އިޒްރޭލުގެ ޓެރަރިޒަމްގެ ރެކޯޑަށް އިތުރުވި ޖަރީމާގެ އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މަގުސަދަކީ ހަގީގަތް އޮޅުވާލައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި މަސައްކަތްކުރާ އެންމެންނަށް ބިރު ދެއްކުން ކަމަށް ވެސް ބުންޏެވެ. އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 206 އަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން މަރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން
28 March 2025
އިސްލާމް ޤައުމު ތަކުން ނިއުކުލިއަރ އާއި ޢނުން ވއސް ވަރުގަދަ ހައިޔާރު އުފައްދާ މުސްލިމުންނާއި ކުޅެން ބިރުގަންނަ ވަރު ކުރާންވީ.............. މުސްސަދިކަން އިންތިހާ އަށް ދެއްވާފައި ވާ ބައެއް. ކީއްވެ ނުވާންވީ..........!!!!
ޏާއްކޮ
26 March 2025
ކަނޑައެޅިގެން ބޮޑު ދޮގެކޭ. 500 އަށް ވުރެ ގިނަ ދުވަސްވީ އުތުރު ޣައްޒާއިން ރިޕޯޓު ކުރާތާ. ހުސާމް އުޅުނީ ޔުނިވާސިޓީގަ ކިޔަވަން ދަރިވަރަކަށް ހަނގުރާމަ ފެށުމުގެ ކުރިން.. މަރާ ހުސް ކޮށްފާ އެންމެން ބޮލުގަ ހަމާސްއޭ ޓެރަރިސްޓޭ ކިޔައޭ އެބަ ނުބައި ނުލަފާ ބައިގަނޑު. ﷲ ލައުނަތް ލައްވާށި
ކިއްލި
26 March 2025
އިޒްރޭލަށާ އެމެރިކާއަށް ހަލާކާ ގެއްލުން މެދުވެރިކުރައްވާށި. އާމީން.
މާކޮސް
26 March 2025
ކޮބައިތަ ހިތްވަރުދީ އެއްބާރުލުންދޭ ޢަރަބިލިބާސް ލައިގެން ހިޔަޅުންތައް
ކައިރުއަހަންމައިދީގެ ދޮންފުތުބޭ
26 March 2025
ހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ އެ އުއުޅެނީ ކެޔޮގަނޑު ކަނޑާލާށޭ. ނަތަންޔާހޫ ކަލޭ ގެ އަޖަލުވެސް އެބަ ކައިރިވޭ. ސީދާ ޖަހަންނަމަ އޮތީ
ދަނޑުން
25 March 2025
އެއްވެސް ހެއްކެއްނެތް، ހަގުރާމައިގާ ޖާސޫސްކުރުމާއި މޮޅު ހަތިޔާރު ހޯދުންވެސް ހިމެނޭ
ހސޗަޗ
25 March 2025
އެކަށްވެސް އެކަހަލަ ހަނގުރާމަވެރިން. ބަނޑުގަ އޮންނަދަރިފުޅުވެސް އެމީހުންގެ ލިސްޓުތަކުގައި އޮވޭ. 17000 ކުޑަކުދިންވެސް އެއީ ހަމާސްގެ ލީޑަރުންވީމައި ޝަހީދުކޮށްފައި އެހުރީ. މިޔަށްވުރެ ވަކި ނުބައި ނުލަފާ ބަޔަކު މިބިމުގައި އުޅޭހެނެއް ހިޔެއްނުވޭ. އަހަރެމެން މުސްލިމުން މި ޔަހޫދީންގެ ކިބައިން ރައްކާތެރި ކުރައްވާށިއެވެ.
އެހެން
25 March 2025
އަހަރެމެން މުސްލިމުން ވެސް މިތިބެނީ އެމީހުން ބުނާހާ ގޮތެއް ހަދައިގެން. އެމީހުން އުޅޭހާ ގޮތަކަށް އުޅެން. މިހާރުވެސް ދީނީ އިލްމްވެރިޔަކަށް ނުކެރޭނެ ޖިހާދުގެ ވާހަކަ ދައްކާކަށް. އަބަދުވެސް ދުއާ ކުރާވާހަކަ ދައްކާނީ. ޓެރަރިސްޓުންނަށް ވެދާނެތީ. އެހާ ވަރަށް އަހަރެމެންނަށް އެމީހުން ނުފޫޒު ފޯރުވާފަ އެތިބެނީ. އަދި މުސްލިމު ދައުލަތްތަކުންވެސް ޖިހާދުގެ ވާހަކަ ދައްކާ މީހަކު ޓެރަރިސްޓަކަށް ހަދާނެ.
އަލީ!!
25 March 2025
ފަލަސްތީނިގައިވެސް ސްނައިޕަރުންތުބެންޖެހޭނެ،.. އިޒްރޭލްގައި އެކަނިތޯ ސްނައިޕަރުން ތިބެންޖެހެނީ؟
ބެންް
25 March 2025
އިޒްރޭލުގެ ނުބައިކަމާއެވެ.
ޢާދަނުބެ
25 March 2025
ނުބައި ނުލަފާ އިޒުރޭލުން ދުވަހަކުވެސް ތެދެއްހަދާނެތަ ކޮބާ ތިބުނާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާމީހުން އަންހެނުންނާ ކުޑަކުދިން މަރަނީ ޑަޒަނުން ފެންނަލޮލެތް މި ދުނިޔެޔަކުނެތް
ބާލީސް
25 March 2025
އެމީހުން ބުނާވާހަކަ އެބުނާގޮތަށް ނުލިޔުއްވާ ! އެމީހުން އެހިންގާ ކަންތައް އަހރެމެންނަށް ހަމަނޭގެނީތަ !