އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ގައުމާ މުހާތަބުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު ސެލިއުޓްކުރައްވަނީ. -- ފޮޓޯ: ޕީއައިބީ
12 މެއި 2025 - 22:09
އިންޑިއާއަށް ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ވަރުގަދަވާނެ ކަމަށާއި "ނިއުކްލިއާ ބްލެކްމެއިލް" އަކަށް އިންޑިއާ ނުސިހޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އާންމުންގެ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ދެ ގައުމުން ބަދަލުކުރަން ފެށި ހަމަލާތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ހޮނިހިރު ދުވަހު މެންދުރު ފަހު ކުއްލި ގޮތަކަށް ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފަ އެވެ.
ނިއުކްލިއާ ދެ ބާރުގެ މި ކުރިމަތިލުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ ޕާކިސްތާނުން ގަސްތުކުރީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ހަމަލާދޭން ކަމަށެވެ.
"ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ހަމަލާ ވަރުގަދަވާނެ،" މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ޕާކިސްތާނު ސަލާމަތުން އޮންނަން ބޭނުންވާ ނަމަ ޓެރަރިސްޓުންގެ މަރުކަޒުތަކާއި ވަސީލަތްތައް ނައްތާލަންޖެހޭނެ ކަމަށެވެ.
"ނިއުކްލިއާ ބްލެކްމެއިލްގެ ނިވަލުގައި ތިބެ ބާރު ގަދަކުރާ ޓެރަރިސްޓުންނަށް އިންޑިއާއިން ހަމަލާދޭނެ. އިންޑިއާގެ ސްޓޭންޑް ވަރަށް ސާފު. ޓެރަރިޒަމާއި މަޝްވަރާ އެކުއެކީގައި ކުރިއަކަށް ނުދާނެ ... ޓެރަރިޒަމާ އެކު ވިޔަފާރިއެއް ނުހިންގޭނެ ... ފެނާއި ލޭ އެކުގައި ދައުރެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނީ ކަޝްމީރުގައި އާންމުންނަށް ދިން ހަމަލާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތަށް ޕާކިސްތާނުން އިންކާރުކުރެ އެވެ.
އިންޑިއާއިން ރައްދުގައި ޕާކިސްތާނާއި ކަޝްމީރަށް މިސައިލް ހަމަލާދިނެވެ. އެ ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ފަހުން ޕާކިސްތާނުން އިންޑިއާއަށް ވެސް ހަމަލާ ދީފައި ވާއިރު ޖެޓާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކުރި ކަމަށް އެއްގައުމުން އަނެއް ގައުމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހަމަލާތަކުގައި ދެ ގައުމުން 60 މީހަކު މަރުވެފައި ވާއިރު މިއީ 1999 ވަނަ އަހަރަށް ފަހު މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ޑިފެންސް އޮފިޝަލުން ވެސް މިިއަދު ޕްރެސް ބްރީންފިން ބާއްވާފައި ވާއިރު ދެ ގައުމުން ވެސް ވަނީ ކާމިޔާބުވީ އެ ގައުމަކަށް ކަމަށް ބުނެފަ އެވެ. ޕާކިސްތާނުން އެންމެ ފަހުރުވެރިކަމާ އެކު ބުނަމުން ދަނީ އިންޑިއާގެ ފަސް ޖެޓް ވައްޓާލި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިންޑިއާ ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނައ
13 May 2025
ތިޔާއެތި ސިހިގެން ގޮސް އެމެރިކާ ފައިގަ ދޫލާފަ، ހަނގުރާމަ ނިންމާލީ
ކޮރަލް
13 May 2025
އިންޑިޔާ ކުރިއަށް ދިއުމަށް ދިމާވެގެން އުޅޭ މައްސަލަ އަކީ ތައުލީމެއް ނެތް މީހަކަށް ބޮޑު ވަޒީރުކަން ރައްޔިތުން ދިނުމެވެ. އާބާދީ ގެ ބޮޑޫ ބަޔަކީ ހިންދީން ނެވެ. އެމީހުން ވޯޓް ލާ މީހަކު ހޮވޭނެ އެވެ. ދީނީ ކާޑް ކުޅެގެން ކޮންމެ ފަހަރަކު ފަސޭހައިން މީނަ އަށް ވެރިކަން ލިބެ އެވެ. އޮއްޓަރެއް ހުން ވާހަކަ އެއް ނުދައްކަ އެވެ. އިސްވެ މިނިވަން ގައުމަކަށް ހަމަލާ ދިނުމުގެ ސަބަބުންމިފަހަރު ކުޑަ ވަގުތުކޮޅެއްގަ އިންޑިޔާގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވެއްޖެ އެވެ.
ޖަގޭ
13 May 2025
އިންޑިޔާއަކީ ޕާކީސްތާނަށްވުރެ ހާސްގުނަ ބާރުގަދަ ގައުމެއް މިފަހަރު ތަފާތަކައްވީ ﷲގެ ކުޅަދުންވަންތަކަމާއި އަދި ޕާކިސްތާނުގެ މިލިޓަރީގެ ވިސްނުން، ބޭނުންކުރި ހަތިޔާރަށް ބަލާއިރު އިންޑިޔާ ބޭނުންކުރި ހަތިޔާރުގެ 30%ވެސް ބޭނުން ނުކޮށް ނަސްރާއި ކާމިޔާބައް ވާސިލްވީ ﷲއަށް ހަމްދު ކުރަން ..
ސިހިގެން
13 May 2025
ސިހިގެންދޯ ރޭގަނޑު ދަންވަރު ގަޑީގަ ޓްރަމްޕަށް ގުޅައިގެން ހަނގުރާމަ ހުއްޓުވައިދިނުމަށް އެދި ރޮއި އާދޭސްކުރީ. ފަހެއް ސުމަކުން ބަލިވީ
ކައުންސެލަރު...
13 May 2025
ދޯ!!! މޮޔައިންގެ ސަރުދާރެއް. ކެކެ
އެދުރު ބެ
13 May 2025
ޕާކިސްތާނުން ރައްދު ހަމާލާ ދޭން ފެށުމުން ، އިންޑިއާ އިން ބިރުން އެމެރިކާއަށް އާދޭސްކޮށްގެން ހަނގުރާމަ ހުއްޓާލުމަށް އެދުނީ. މޯދީ ތިހިރީ ފެއިލްވެފަ. އިންޑިއާގެ ރައްޔިތުންނަށްވެސް މިހާރު އެނގިއްޖެ މޯދީއަކީ ތާކުންތާކުޖެހޭ މީހެއް ނޫންކަން. ދެން ނުކެރޭނެ ހަމަލާދޭކަށް. ރައްޔިތުން ވާވައްދަން އަދިވެސް ފޮނިކަނޑަނީ.
ގެރިގޯ
12 May 2025
އިންޑިޔާބަލިވީކަމަށް އިންޑިޔާގެ މީހުންވރސް ގަބޫލުކުރޭ! ޓްރަމްޕަށް ގުޅައިގެން ހައްލުކުރާސޭ ކިޔަންފެށީވެސް މޯދީބެ!
ރަދީފްއޮފިޝިއަލް / އިންޑިޔާ މުރްދާބާދް
12 May 2025
އެއްކަމެއް ވެސް ނުކުރެވޭނެ ބްރޯ.ޕާކިސްތާން ދާނީ ކުރިއަށް.އިންޑިޔާ މުރްދާބާދް ، ޕާކިސްތާން ޒިންދާބާދް.
މަބުނީ
12 May 2025
އަދި މިއުޅެނީ ފާރު ގަނޑުމަތީ ކުރަގަނޑު ނުލައިގެން މި ގުދު އަރުވަން ފެސީ. ދެންވެސް ޓެރަރިސްޓޭ އަނެކެއްޗެކޭ ކިޔައިގެން ލަދެއްގަ ބެދެން ނޫޅެ!!