ޔަމަނުގެ ހޫތީންގެ ގުރޫޕުގެ ބައެއް މެންބަރުން: އެ ގުރޫޕުން ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފަ
16 ޖޫން 2025 - 12:57
ޔަމަނުގެ ހޫތީން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް މިއަދު ދީފި އެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ޔަމަނުން ބެލަސްޓިކް މިސައިލް ހަމަލާއެއް ދިނީ އިޒްރޭލްގެ ދެކުނު ސަރަހައްދަށް ކަމަށެވެ.
ހޫތީން އާންމުކުރި ވީޑީއޯއެއްގައި ބުނީ، އެ ގުރޫޕުން އިޒްރޭލްގެ ޖަފާ ސިޓީ އަށް މިސައިލުން ހަމަލާތަކެއް ދިނީ އިރާނާ ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
"އަހަރެމެންގެ މި ހަމަލާތަކުގެ ބޭނުމަކީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އިރާނަށް ނަސްރު ހޯދައި ދިނުމުގެ މަގުސަދުގައި ދިން ހަމަލާތަކެއް. މި ހަމަލާ ދިނީ އިރާނުން ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވުމުގެ ގޮތުން،" ހޫތީންގެ ވީޑިއޯ މެސެޖުގައި ބުންޏެވެ.
އިޒްރޭލްގެ މީޑިއާތަކުން ބުނީ ހޫތީންގެ ހަމަލާ އަމާޒުވި ސަރަހައްދުން އެމްބިއުލާންސްގެ ސައިރަންގެ އަޑު ތަކުރާރުކޮށް އިވެމުންދާ ކަމަށެވެ.
އެކަމަކު އެ ހަމަލާތަކުގައި މީހަކު މަރުވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އިރާނުން ދަނީ އިތުރު މިސައިލް ހަމަލާތަކެއް އިޒްރޭލަށް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލްގެ 8 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
16 June 2025
ޣައްޒާ އަށް އަރާތިބި އިޒްރޭލު ސިފައިންނަށް ނިކަން ޙަމަލަ ދީބަލަ ޣައްޒާ ތެރެއަށް ވަދެ.
ކައުންސެލަރު....
16 June 2025
ސާބަހޭ ބުރޯސް..... ސާބަހޭ ސާބަހޭ ޔަމަން ނޫނީ ނެތް އިސްލާމީ ވަންތަލޭ ހިނގާބައެއް.. ސާބަހޭ ފުނޑާލާ އިސްރާއީލު
raajje
16 June 2025
އިރާނުން އިޒުރޭލަށްދޭ ހަމަލާތަކުގައި ހޫތީންބައިވެރިވެ އެއްބާރުލުންދޭން އެދޭނަމަ ފުރަތަމަ ދޭންޖެހޭނީ ހަމަލާއެއްނޫން، އިރާނުންއެދަނީ ހަމަލާދެމުން، ބައިވެރިވާންބޭނުންނަމަ އިރާނާވާހަކަދަށްކާ ހަގުރާމައިގެ ރޭވުންތަކުގެ ތެރޭން ހަމަލާދޭންވާނީ، ހޫތީންނާ ހަމާސްއަކީ އެއްވެސް ޕުލޭނެއްނެތި އެގޮތްމިގޮތަށް ހޫރޭ ބައެއް، އިޒުރޭލާދެކޮޅަށް ހަމަލާ އިސްވެދިނުމަށްފަހު ހަމާސްއިންކަންކުރީކިހިނެތް؟ އިޒުރޭލުންދިން މިސައިލާބޮންތަކުގެ އައްޑަނައަކަށްހެދީ ރައްޔިތުން
ލަސް
17 June 2025
ވަރަށް ބޮޑު ތެދެއް. މީހަމަ ހުސް ޖަމަލު ފޮޑި
ނަސްރު ލިބޭނެ އިންޝާﷲ
17 June 2025
ކަންކަން ހޯދާ އޮޅުން ފިލުވާ.. ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމަށް ފަހުވެސް މިއަދާ ހަމައަށް ވެސް އިސްރާއީލާ ދެކޮޅަށް ހަގުރާމަ ކުރަމުން ދަނީ.. ރައްޔިތުން ނަން ހަމަލާދެނީ އިސްރާއީލުންގެ ނުބާނުލަފާކަމުން.. އެއީ މިއަދު ކުރާކަމެއް ނޫން މީގެ 70 އަހަރު ކުރިން ފެށިގެން ކުރާކަމެއް.. އީރާނުން އެއްވެސް ބައެއް އެމީހުންގެ ޕްލޭންތެރެއަށް ނުވަދާނެ މުނާފިގުން ކިބައިން ސަލާމަތްވުމުގެ ގޮތުން..