ހާމަނާއި ވިދާޅުވީ، އަނިޔާވެރިންގެ ކުރިމަތީގައި އިރާނުގެ ރައްޔިތުން އަމާން ނުދޭނެ ކަމަށް.
އިރާނުގެ އެންމެ އިސް ލީޑްރު އަލީ ހާމަނާއީ: އޭނާ ވިދާޅުވީ އެ ގައުމުން އަމާނެއް ނުދޭނެ ކަމަށް --- ފައިލް ފޮޓޯ: އޭޕީ
18 ޖޫން 2025 - 22:36
އިރާނުން އަމާން ނުދޭނެ ކަމަށާއި ހަމައެކަނި އެންމެ ފަރާތަކުން ބޭނުންވާ ގޮތަކަށް ގަދަބަދަވިކަން ދައްކައިގެން ގެންނަ ސުލްހައެއް ވެސް ބަލައި ނުގަންނާނެ ކަމަށް އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއި މިއަދު ވިދާޅުވެއްޖެ އެވެ.
އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ހިތާބެއްގައި ހާމަނާއީ ވިދާޅުވީ ހަނގުރާމައެއްގެ ތެރެއަށް އިރާން ގަދަކަމުން ވެއްދީ އިޒްރޭލުން ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ދިޔައީ، މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދިނުމުންނެވެ.
"ޒަޔަނިސްޓް ވެރިކަމުން ކުރި ކުށަށް ހައްގު އަދަބު ލިބޭނެ،" އިޒްރޭލަށް އިންޒާރު ދެއްވަމުން ހާމަނާއީ ވިދާޅުވި އެވެ.
އިރާނުގެ އެންމެ އިސް ލީޑަރު ހާމަނާއިގެ ވަރުގަދަ އިންޒާރެއް މި އައީ އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާ އަށް ހޯދިއްޖެ ކަމަށާއި ޝަރުތަކާ ނުލައި އިރާނުން އަމާން ދޭން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
އިރާނާއި މި ގައުމުގެ ރައްޔިތުންނާއި މި ގައުމުގެ ދިގު ތާރީހު ވިސްނޭ ހިކުމަތްތެރިކަން ހުރި މީހުންނަށް އެނގޭނެ އިރާނަކީ ދުވަހަކު ވެސް މި ގައުމަށް ނިސްބަތްކޮށް ހަރުކަށި އިންޒާރުގެ ބަސްމަގަކުން ވާހަކަ ދައްކައިގެން ގަދަކަމުން ބޯގުދު ކުރެވޭނެ ބައެއް ނޫންކަން،"--- ހާމަނާއި
ޓްރަމްޕްގެ އެ ވާހަކަ އަށް ރައްދު ދެއްވަމުން ހާމަނާއީ ވިދާޅުވި ގޮތުގައި އިރާނުގެ ރައްޔިތުންނަކީ އަނިޔާވެރިންގެ ކުރިމަތީގައި އަމާން ދޭނެ ބައެއް ނޫނެވެ.
"އިރާނު ރައްޔިތުންގެ މައްޗަށް މަޖުބޫރު ކޮށްގެން ކުރުވާ ކޮންމެ ހަނގުރާމައަކާ ދެކޮޅު ހަދާ ފަދައިން ގަދަބަދަވިކަން ދައްކައިގެން ގެންނަ ސުލްހައާ ދެކޮޅު ވެސް ހަދާނެ. އަނިޔާވެރިންގެ ކުރިމަތީގައި އިރާނުގެ ރައްޔިތުން އަމާނެއް ނުދޭނެ،" ހާމަނާއީ ވިދާޅުވި އެވެ.
ހާމަނާއީ އެ ދެއްވީ ގަދަކަމުން އިރާން ކިޔަމަންތެރި ނުކުރުވޭނެ ކަމުގެ އިޝާރާތެކެވެ.
އޭނާ ވިދާޅުވީ އިރާނުގެ ތާރީހު ރަނގަޅަށް އެނގޭ ބަޔަކަށް، އެއީ ހަރުކަށި އިންޒާރުތަކަށް ބޯލަނބާނެ ގައުމެއް ނޫން ކަން އެނގޭނެ ކަމަށެވެ.
"އިރާނާއި މި ގައުމުގެ ރައްޔިތުންނާއި މި ގައުމުގެ ދިގު ތާރީހު ވިސްނޭ ހިކުމަތްތެރިކަން ހުރި މީހުންނަށް އެނގޭނެ އިރާނަކީ ދުވަހަކު ވެސް މި ގައުމަށް ނިސްބަތްކޮށް ހަރުކަށި އިންޒާރުގެ ބަސްމަގަކުން ވާހަކަ ދައްކައިގެން ގަދަކަމުން ބޯގުދު ކުރެވޭނެ ބައެއް ނޫންކަން،" ހާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިރާނުގެ ޝަހީދުންގެ ގުރުބާނީ ހަނދާނުން ފޮހެނުލާނެ އެވެ.
"އަހަރެމެންގެ ޝަހީދުގެ ގައިން އޮހޮރުނު ލެ އާއި އެ ގުރުބާނީ އަހަރެމެން ދޫކޮށެއް ނުލާނަން. އަދި އަހަރެމެންގެ ވައިގެ ސަރަހައްދު ބޭނުންކޮށް، ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަހަރެމެން ހިމޭނުން ވެސް ނުތިބޭނަން،" ހާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އިން ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ އިރާނަށް ހަމަލާ ދީފި ނަމަ އެ ގައުމާ ދެކޮޅަށް ވެސް އިރާނުން ހަމަލާ ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
19 June 2025
ސާބަހޭ މަގޭ ދޫނިގަޑާ އަލީ ހާމަނާއީ އިރާނުގެ ބޯގުދެއް ނުކުރުވޭނެ މިތިބި ނުބައި ނުލަފާ ޖައްބާތު ޔަހޫދީންނާއި އެމެރިކާ އަށް މިފަހަރު ޔަހޫދީންގެ ތެލްއަވީވް ފިހުނު ބަނބުކެޔޮ ލަކަށް ހަދާލާނަން އިންޝާ ﷲ މިބޭނުންކުރީ އަދި ވަރަށް ކުޑަމިންވަރެއްގެ ކުޑަ ބާރެއް ފަލަސްތީނަށް ދޭ ހަމަލާތައް އެއްވެސް ސަރުތަކާ ނުލާ ވަގުތުން ހުއްޓާލުމަށް ޔަހޫދީންނަށް ހަރުކަށި އިބާރާތުން ގޮވާލަން އިރާނަށް ﷲ ސުބްހާނަހޫ ވަތައާލާ ކާމިޔާބީ މިންވަރު ކޮށްދެއްވާންދޭ އާމީން.
އރނނނނ
19 June 2025
އިޒްރޭލަށް ވުރެ އީރާނުގައި މީހުން ގިނަ، ސިފައިން ގިނަ، އެކުވެރި ގައުމުތައް ގިނަ މިސަރަހައްދުގަ އެންމެ ބިން ބޮޑު ގައުމު އެއީ. އިރާނަށް ރަޝިޔާގެ ތާއީދު އެބަ އޮތް. އިރާނާ ހިތުހުރިހާ ގޮތަކަށް ނުކުޅެވޭނެ.
ސަލީމު އިދުރީސް
19 June 2025
ތީދޮގެއް ރައްޔިތުން ތިބީ ސަރުކާރާ އެކައެއްނޫން! ގައުމައް ލިބޭފައިސާ ސަލާމަތީ ބާރުތަކައް ހަދުކޮއްގެން ވެރިކަން ދަމަހައްޓަނީ ރައްތުންނައް މިވަންކަނެއް ދިރިއުޅުމުގެ ފެންވަރުދައް! މިސައިލާ ޑުރޯނުއް ފުރިފަ އޮތް އިރާނައް ގައުމު ދިފައު ނުކުވިގެން އުޅޭއިރު މިގައުގެ ވެރިމީހަ ހިތައްއަރަނީ ބާމަނަވަކުން މީހުން ސިއްސާލެވޭނެ ކަމައް
އަފްރާސިޔާބު
19 June 2025
އެއްވެސް ގައުމެއްގައި ހުރިހާ ރައްޔިތުން ނުތިބޭނެ ސަރުކާރަށް ތާއީދުކުރާ. ޢެގޮތުން އީރާނުގެ ރައްޔިތުންވެސް އިސްތިސްނާ ނުވާނެ. އެކަމަކު އީރާނަކީ ޓެކްނޮލޮޖީގެ ގޮތުން ޔޫރަޕަށްވުރެ ކުރިއަރާފައިވާ ގައުމެއް ކަމަށް ޔޫރަޕަށް މިއަދު ވިސްނިއްޖެ.
މައްދިވެެހިން
19 June 2025
ސަލީމު އިދުރީހާ ތިޔައީ އިޔަހޫދީ ބައިގަނޑު މީހެއް، އުތަ؟
ތިބޭޅާ
19 June 2025
ހުޅަނގުގެ އިސްތިއުމާރީ ވިސްނުމުގަ ފިތިފަ ހުރި ބޭފުޅެތޯ؟
ލަސް
19 June 2025
ސަލީމް ތިބުނީ ހެޔޮކޮށް. މިއެންމެންވެސް ބޭނުންވަނީ ގައުމުގެ ހުރިހާވަސީލަތެއް ކާލައިގެން މުޅިއުމުރު ވެރިކަމުގަ ތިބުން. ރައްޔިތުން ފިއްތާ ހަނާކޮށްފަ ބޭތިއްބުން.
ކިނާރީ
18 June 2025
އީރާންމީހުން ނަކީ ވަރަށް ފަސިހަތް އެކަކު އަނެކެއްގެ ގައިގަ ލަޑާބައެއް . އިޒްލޭރާ މެދު ގެންގުޅޭ ސިޔާސަތަށް ފުރިހަމަ ތާއީދު އީރާންގެ ސަބަބުން މުސްލިމު ފަލަސްތީނަށް ނަސްރާކާމިޔާބު ލިބުން އެއީ ދުޢާއަކީ . އިންޝާﷲ އިޒްރޭލް ސައިޒް ވާނެ . ގައްޑާ ގައުމެއް އީރާނަކީ . އިޒްރޭލްމީހުން ނަކީ ކިހާފިޑި ބިރުން ފިލާ ބައެއްކަން މިއެގެނި ކަމާ ޖެހުނީމަ މުސްލިމު އުއްމަތް ނިކުމެ އިޒްރޭލް ސައިޒަށް ކަޑާލަން ޖެހޭ.
ރަނޭ
18 June 2025
ގަމާރުންނަކަށް ތިކަމެއް ނުވިސްނޭނެ.
ހަގީގަތޭ
18 June 2025
86 މީހަކަށް ރަގަޅަށް ވާނުވާ ނޭނގޭނެ