06 ސެޕްޓެމްބަރ 2025 - 12:51
ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް ނޭޕާލްގައި މަނާކޮށްފި އެވެ.
ފޭސްބުކް، އެކްސް، ޔޫޓިއުބް، އިންސްޓަގްރާމް، ޓިކްޓޮކް، ލިންކްޑްއިން، ރެޑިޓް އަދި ވަޓްސްއެޕް ހިމެނޭހެން 26 ޕްލެޓްފޯމެއް ބްލޮކްކުރުމަށް މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން އަންގައިފަ އެވެ.
މިގޮތަށް އެންގީ މި ޕްލެޓްފޯމްތައް ހަތް ދުވަސް ތެރޭ ސަރުކާރުގައި ރަޖިސްޓްރީކުރުމަށް އެންގި އެންގުމަށް އެއްވެސް ކުންފުންޏަކުން ތަބާނުވުމުން ކަމަށް ސަރުކާރުން ބުންޏެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކުރުމަށް އެންގީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގި އެންގުމަކަށެވެ. އެ އަމުރުގައިވަނީ އަމިއްލަ އަދި އެހެން ގައުމުތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ނޭޕާލްގައި އޮޕަރޭޓްކުރުމުގެ ކުރިން ރެޖިސްޓްރީކޮށް، އެކަށީގެންނުވާ ކޮންޓެންޓް މޮނިޓަކުރުމަށެވެ.
ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ގުރުންގްއާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޖިސްޓްރީކުރުމަށް ކުންފުނިތަކަށް ސަރުކާރުން ތަކުރާރުކޮށް އެންގި ކަމަށާއި އެކަމަކު އެއްވެސް ބަޔަކު އިޖާބަ ނުދިން ކަމަށެވެ. އޭނާ ވިދާޅުވީ އެޕްލިކޭޝަންތައް ރަޖިސްޓްރީކުރުމާ އެކު އަލުން ހިދުމަތް ލިބޭނެ ކަމަށެވެ.
ބައެއް މީހުން ދަނީ މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅި ހުރަހެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
07 September 2025
ނޭޕާލަށް ވާވަރުވެސް މި ސަތޭކަޕަސެންޓްމުސްލިމު ގައުމަށް ނުވި. ދެރަ.
1206
07 September 2025
މިއީ ރާއްޖޭގެ ސަރުކާރުން ވެސް ކުރަންޖެހޭ ކަމެއް. މިއީ ހަމަ ގައުމީ ސަލާމަތުގެ މައްސަލައެއް. ޤާނޫނީ އިމުން ބޭރުން ހަރަކާތްތެރިވުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެ.
ޙާމް
07 September 2025
ދިވެހީންގެ އަޙުލާޤު ގޯސްވީ ސޯޝަލް މީޑިޔާ އެޕްތަކާއި ހެދި ކަމަށް މިހާރު މިވީ.
2025
07 September 2025
ކަލޭމެންނަށް ނުވަންޏާ ނިކަން މޯޑިސްއާ ހަވާލުކޮށްބަލަ..... ބޮއިހަލަކި
ތުސީ
06 September 2025
ސައުތު އީސްޓް އޭޝިޔާގެ ގިނަ ގައުމުތަކެއްގައި ކޮރަޕްޝަނުގެ މައްސަލް ފެންމަތިވެގެން އުޅޭއިރު ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުކުރަން ހުރަސްއެޅިކަމެއް.
ބުތޫ
07 September 2025
ނޭޕާލުގަވެސް ކޮރަޕްޝަންގެ މައްސަލަ ފެންމަތި ވެފަތަ އޮތީ؟ ނޭޕާލަކީ ތިބުނާ ސައުތު އީސްޓް އޭޝިއާގެ ގައުމެއް ނޫނެންނު.!