ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން މިއަދު ދިން ހަމަލާއެއް އަމާޒުވި އިމާރާތަކުން ދުން އަރާއިރު މީހަކު އެ ދިމާލަށް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ
09 ސެޕްޓެމްބަރ 2025 - 20:30
ގަތަރުގެ ވެރިރަށް ދޯހާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިން ދިރިއުޅުއްވާ އިމާރާތްތަކަށް އިޒްރޭލުން ހަމަލާދީ، އިޒްރޭލުން ގޮތެއްފޮތެއް ނުބަލައި ދެމުން ގެންދާ ހަމަލާތައް ފުޅާކޮށްފި އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކޮށް، ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ގަތަރުން ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށިކަމާ އެކު ކުށްވެރިކޮށްފަ އެވެ.
އަލްޖަޒީރާއިން ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ ބުނީ ހަމަލާ ދީފައިވަނީ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް މަޝްވަރާކުރަން ތިއްބާ ކަމަށެވެ.
ގަތަރުން ބުނީ ހަމާސްގެ ސިޔާސީ ގޮފީގެ އެތައް ވެރިންނެއް އެ ގައުމުގައި އުޅުއްވާއިރު، އޭގެ ތެރެއިން އެތައް ބޭފުޅުންނެއްގެ ގެޔަށް އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ހަމާސް އިން ބުނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ސުލްހައިގެ މަޝްވަރާތަކުގައި އުޅުއްވާ ބޭފުޅުންނަށް ކަމަށެވެ. އެކަމަކު ހަމަލާތަކުގައި އެއިން ބޭފުޅަކަށް ކަމެއް ވީކަމެއް އަދި ނޭނގެ އެވެ.
އިޒްރޭލުގެ ވެރިން ވަނީ މިއީ "ހުރިހާ ގޮތަކުން ބަލާއިރު ވެސް ޖަސްޓިފައިކުރެވޭ" ހަމަލާއެއް ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އެމެރިކާއިން ވަނީ މި ހަމަލާތައް ދިނުމުގެ ކުރިން އިޒްރޭލުން އެމެރިކާއަށް އެކަން އަންގާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން މިއަދު ދިން ހަމަލާއެއް އަމާޒުވި އިމާރާތަކުން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ
"ހަމާސްގެ މި ލީޑަޝިޕަކީ، 'ޓެރަރިސްޓު ޖަމާއަތް' ހިންގައި އަދި އޮކްޓޫބަރު 7 [2023] ގައި ދިން ހަމަލާގެ ޒިންމާ ސީދާ ގޮތުން އުފުލުންޖެހޭ މީހުން،" ހަމަލާދިންކަން ކަށަވަރުކޮށްދީ އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ދޯހާގައި ހިންގި މި އޮޕަރޭޝަންގެ ނަމަކީ 'ސަމިޓް އޮފް ފަޔަ'. މިއީ ވައިގެ މަގުން ދިން ހަމަލާތަކެއް،" އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އެކްސްގައި ވިދާޅުވީ "އިޒްރޭލުގެ މި ފިނޑި އަމަލު އަމާޒުކޮށްފައިވަނީ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިން ދޯހާގައި އުޅުއްވާ އިމާރާތްތަކަކަށް" ކަމަށެވެ. މިއީ އާންމުން އުޅޭ އިމާރާތްތަކެއް ކަމަށާއި މި ޖަރީމާ ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ގަތަރުގައި އިޒްރޭލުން ހަމަލާދީފައި މި ވަނީ އެކި ގައުމުތަކުގައި އުޅޭ ހަމާސްގެ ވެރިންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދިންތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ހަމާސްގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން އުޅުއްވަނީ އެހެން ގައުމުތަކުގައި ކަމަށާއި އިޒްރޭލުގެ އަސްކަރިއްޔާ އެ ހިސާބުތަކަށް ވެސް ދާނެ ކަމަށް މިދިޔަ މަހުގެ 31 ގައި ސިފައިންގެ ވެރިޔާ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިބޯނި
10 September 2025
ގަތަރަކީ އަޅުވެތިވެފާ ވާ ގައުމެއް ޔަހޫދީންގެ
ޖަމަލު ބަތް ދޮލަނގު
09 September 2025
ދެން ކަތަރަށް ވަކި ކޮން ކަމެއް ކުރެވޭނީ. ގުދަށް އޮންނާށޭ ބުންޏަސް ޖެހޭނީ އޮންނަން. ޓްރަމްޕަށް ޖެޓެއް ޔާހޫއަށް ޖެޓެއް އަވަހަށް ވެދުމަށް އަރުވާލާ ތިކަމުގެ އިނާމެއްގެ ގޮތުން.
އައްލާ ބެއްޔާ
09 September 2025
ޢަރަބިން މިހުރިހާ ދުވަހު ކިޔަމުން ދިޔައީ ތިމަންނަމެންގެ ސަލާމަތަށް އޮތް ނުރައްކަލަކީ އިރާނޭ. ޢެބްރަހަމް އެކޯޑެއްގައި ސޮއިކޮށް ޔަހޫދީންނާއި ބައްދަ ބައްދާ އުޅުނު. ބޮޑެތި ޖެޓް ޓްރަޕަށް ހަދިޔާ ކުރި. ޢެމެރިކާގެ ބޮޑު މިލިޓަރީ ބޭސް ހުރުމަކުން ވެސް ރައްކަލެއް ނުވި. ދެން ވެސް ޔަހޫދީންނަށް އިތުބާރުނުކޮށް އެމެރިކާގެ ހަތިޔާރު ދޫކޮށް އިރާން ގޮތަށް އަމިއްލަ ފައިމައްޗަށް ތެދުވަން އުޅެބަލަ. ޔަހޫދީންނަށް އިތުބާރު ކުރާކަށް ނުވާނެ.
ބަބޫ
09 September 2025
އަހަރެން ފަލަސްތީނު މިއަދު މިއޮތް ހާލަތަށް ދިއުމުގަ އެއްމެ ބޮޑަށް ކުއްވެރި ކުރަނީ އަރަބި އެމެރިކާގެ ޕަޕެޓަށްވެގެން އުޅޭ މީހުން. އެމީހުނާހެދި މިއަދު މިއޮތް ހާލަތަށް ދިޔައީ. އެމީހުންގެ އަންބޮނޑިއަށް އިޒްރޭލުން ބޮން އެޅިޔަސް އެއްޗެކޭވެސް ނުބުނާނެ.
ހޮޅި ސަރުކާރު
09 September 2025
އިސްލާމީ ގައުމުތަކުގެ ވެރިންގެ ހިތްވަރެއް ނެގުމާއި ދައުލަތުން ކާންދީ ޔުނީފޯމާއި ހަތިޔާރު ހޯދުމުގެ ބޭނުމަކީ ހަމައެކަނި ވެރިކަން ދިފާއުކުރުންބާ ؟
ބަކަރިބޭ
09 September 2025
އާނ ! އަދިކިރިޔާތަ އެގުނީ؟ މީ ހުރިހާ އިސްލާމީގައުމުގައި އޮންނަގޮތް. ވެރިކަމާބެހޭގޮތުން އެއްޗެއް އެގައުމެއްގެ މީހަކުބުނެފިއްޔާ އުލުބޭންދުން އޮންނާނީ. ކަޝޯގީ ކޮށާލީ. އީރާނުގައި އަންހެންކުއްޖަކު އިދިކޮޅަށް ނުކުތީމާ ޖަލުގައި އަނިޔާކޮށް މަރާލީ. އަފްގާނިސްތާނުގައި އަންހެނުން ކިޔެވުންމަނާ. ލިސްޓް ވަރަށްދިގު.
ކަރީމު
10 September 2025
ޔެސް.
ބުރުގާ
10 September 2025
އިސްލާމީ ގައުމުތައް ތިމައްސަލައިގެ ދަލު ބޭރުންޖެހޭކައް ބޭނުމެއް ނުވޭ. ދަލު ބޭރުންޖެހިގެން އުޅެނީ ދިވެހި ރާއްޖެ އެކަނި.
އިޒްރޭލް ބޭނުން ގޮތަކަށް އުޅެވޭނެ
09 September 2025
އިޒްރޭލަކީ މިއަދު މުޅި ދުނިޔޭގެ ވެރިކަން ކުރާ މީހުން. ކުއްވެރިކުރަމޭ ބުނުންފިޔަވާ މުސްލިމު އެއްވެސް ޤައުމަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެމީހުން މަރަން ބޭނުން ކޮންމެ މީހަކު ކޮންމެ ޤައުމެއްގަ ކޮންމެ ހޮރެއްގަ އޮތަސް ހަމަލާދޭނެ. ރާއްޖޭގަ ފަލަސްތީނު ޓީމު ޕްރެކްޓިސް ކުރަނިކޮށްވެސް އެތާނގަ ހަމާސް ގެ މީހަކު އެބަހުއްޓޭ ކިޔާފަ އެމީހުން ހަމަލާ ދީފާނެ. މި ކޮމެންޓަށް ރުޅިއަންނާނެ މީހުން. އެކަމަކު މީ ހިތި ޙަޤީޤަތް
ރަދީފްްއޮފިޝަލް / ނަތަންޔާހޫގެ ވައިފްގެ ސްކެލެން ޓްރޭންގަލް
09 September 2025
ރަނގަޅު ވާހަކައެއް. 9.9 މިލިއަން މީހުންގެ އާބާދީއެއް އޮތް އިޒްރޭލުން 347 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާ ކޮންޓްރޯލްކުރާގޮތް އެއީ މިކަމުގެ އަސްލު ސިއްރު.މިކަމަސް ނިމުން ނުގެނެސް އިޒްރޭލުގެ ބާރު ކަނޑުވާލުން އެއީ ވުމަށްވުރެން ނުވުން ގާތްކަމެއް.
ރަދީފްއޮފިޝަލް / ބަތަންޔާހޫ ފޮސްކަލޯ
09 September 2025
''އަނެއްކޮޅުން އެމެރިކާއިން ވަނީ މި ހަމަލާތައް ދިނުމުގެ ކުރިން އިޒްރޭލުން އެމެރިކާއަށް އެކަން އަންގާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.'' މިމީހުން އުޅެން ޖެހިފައި މިވަނީ އަޅުކުދިން އުޅޭ ގޮތަށް.ވ.ވެދުން
ހއްތު
09 September 2025
މިޔަހޫދީން މައިތިރި ވާނީ ދުނިޔެ ފަނާވަނިވި ބޮޑު ހަނގުރާމައެއް ކޮށްގެން
1828
09 September 2025
ގަތަރަށްވެސް ކުށްވެރިކުރަން ފިޔަވައި ކުރެވޭނެ އިތުރުއެެއްވެސް ކަމެއްނޯނާނެ. އިޒްރޭލާއި އެމެރިކާއަށް މެދު އިރުމަތީގައި ސައިޒް ނުކުރޭ އޮތީ ދެ ޤައުމު އެއީ އީރާން އަދި ޔަމަން. އެކަމަކު އެއިން އެއްވެސް ޤައުމަކަށް ނުކެރޭ އިޒްރޭލް ސައިޒް ކުރާކަށް.
ބޭޗާރާ
09 September 2025
ކިހިނެއް ސައިޒްކުރާވާހަކައެއް؟