ޗާލީ ކާކް އަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ޓައިލް ރޮބިންސަން، ފުލުހުން އާންމުކުރި ފޮޓޯގައި އަރައިގެން ހުންނަ ބޫޓުގައި (ވ)
12 ސެޕްޓެމްބަރ 2025 - 19:04
އެމެރިކާގެ ކަނާތުފިޔައިގެ އެކްޓިވިސްޓް ޗާލީ ކާކް މަރާލީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ޓައިލާ ރޮބިންސަން ކިޔާ މީހެއް ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ހާމަކޮށްފި އެވެ.
ޔޫޓާއަށް ނިސްބަތްވާ ރޮބިންސަން ހައްޔަރުކުރީ ހަމަލާ ދިން ކަމަށް އޭނާގެ ބައްޕަ ގާތު ބުނުމާ އެކު އޭނާ ގެންގޮސް ފުލުހުންނާ ހަވާލުކުރުމުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ ބުދަ ދުވަހު ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ އިމާރާތެއްގެ ފުރާޅުމަތީ އޮވެ ބަޑިން ހަމަލާދީ ކާކް މަރާލި މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފިކަން ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކުރެއްވި އިރު ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ މީހާ ފުލުހުންނާ ހަވާލުކުރީ އެ މީހާއާ ވަރަތް ގާތް މީހެކެވެ. އެއީ ކާކުކަން ހާމަނުކުރެއްވި ނަމަވެސް، އެއީ ތަންފީޒީ އިދާރާތަކުގައި ކުރިން މަސައްކަތްކޮށް އަދި މިހާރު ކްރިސްޓިއަން ފައްޅިއެއްގައި އުޅޭ މީހެއް ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރި ކަނާތުފިޔައިގެ އެކްޓިވިސްޓު ޗާލީ ކާކް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފެންނަ ވީޑިއޯތަކުން ނަގާފައިވާ ސްކްރީންޝޮޓްތަކެއް.
ތުހުމަތުކުރެވޭ މީހާ ހަމަލާ ދިނުމަށް ފަހު ފުރާޅުމަތިން ދުވަމުން ގޮސް ފުންމާލައި، ގަސްތަކެއްގެ ތެރެއަށް ވަދެ ފިލާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެހެން ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުންނަނީ ކޮންވާސް ބޫޓާއި ކަޅު ކުލައިގެ ބޭސްބޯލް ތޮއްޕަކާއި އަވި އައިނެއް އަޅައިގެންނެވެ.
ފުލުހުން އާންމުކުރި ޓައިލާ ރޮބިންސަންގެ މަގްޝޮޓް
ހަމަލާ ދިން އިރު، ޖީންސަކާއި، އެމެރިކާގެ ދިދައެއް ޖަހާފައިވާ އަތް ދިގު ޓީޝާޓެއް ލައިގެން ހުރި މި މީހާގެ ބައެއް ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވާން ފަށައިފަ އެވެ.
ރޮބިންސަންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހުރި ބައެއް ފޮޓޯތަކުގައި ވެސް ހަމަ އެ ކޮންވާސް ބޫޓުގައި ހުރެ ނަގާފައިވާ ފޮޓޯތައް އެބަހުއްޓެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އާންމުކުރި ފޮޓޯތަކާ އެކު ރޮބިންސަންގެ ބައްޕައަށް ވަނީ އޭނާގެ ދަރިފުޅުކަން އެނގިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ބައްޕަ ސުވާލުކުރުން، އެކަން ކުރި ކަމަށް އެއްބަސްވީ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ޗާލީ ކާކް މަރުވީ ފޮނުވާލި ހަމައެކަނި އުންޑަ ކަނދުރާއަށް އަމާޒުވެގެންނެވެ.
ތުހުމަތުވާ މީހާ ހޯދޭނެ މައުލޫމާތެއް ދިން މީހަކަށްއެފްބީއައި އިން އޮތީ 100،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
13 September 2025
ޓެރަރިސްޓަކަށް ވާން ވަކި ޝަރުތު ތަކެއް ހުރޭ.. އޭގެއިން އެއްވެސް ޝަރުތެއް ފުރިހަމަ އެއްނުވޭ ޙުޅަނގުން ބުނާގޮތުން.. މަށަށް އެއީ ޓެރަރިސްޓެއް.. ނޯ ޑައުޓް
އިންސައިޑް ޖޮބް
13 September 2025
ޔަހޫދީން އަޑީގަ ތިބެގެން އަނެއް މުސްލިމު ގައުމު ފުނޑާލަން އެމެރިކާއާ އިޒްރޭލު ގުޅިގެން ކުރިކަމެއް ޓުވިން ޓަވަރު ގޮއްވާލި ގޮތަށް. އިޒްރޭލާ ދިމާލަށް ގާކޮޅެއްވެސް އެއްލާނުލާ އައިސިސް ޖިހާދު ކުރާގޮތަށް.
ޢެޑްމުންޑޯ
13 September 2025
ދަރިފުޅު ފުލުހުންނާއި ހަވާލުކޮށް އެއްލައްކަ ޑޮލަރުވެސް ލިބުނީތާ ، މިއީ މުސްލިމް އެއްނަމަ ޓެރަރިސްޓް އަކަށްވެ ޓެރަރިސްޓް ހަމަލާއެއްކަމަށް ހުރިހާ މީޑިޔާތަކުން ކިޔާނެ ، މިހާރު މިޒުވާނާ ވާނީ ސިޔާސީ ބަތަލަށް އަދި މިއީ ސިޔާސީ ހަމަލާއެއްކަމަށް ވެގެންދާނީ
ޗޫޤީ
12 September 2025
އޭނާ އެވީ ބާވީސްއަހަރުގައި ބަތޮލަކަށް.
ގަރީނު
13 September 2025
އޭނާ ބަތޮލަކަށް ނުވިޔަސް އޭނާ އަތުން އެ މަރާލި ޗާލީ ކާކް އަކީ އިސްރާއީލުގެ ހުރިހާ ޖަރީމާއަކަށް ތާއީދުކޮށް ރަސޫލާގެ ޝަޚުސިއްތު ވަރަށް ނުބައިކޮށް ސިފަކުރި މީހެއް. އޭނާ މަރާލުމަކީ ގާނޫނީ ގޮތުން ކުށެއްކަމަށް ވިޔަސް އެއީ އަޖައިބެއް ފަދަ ޢިބްރަތްތެރި ގަތުލެއް ކަމުގައި އެމެރިކާގެ އެތައް ބަޔަކު ދަނީ ބުނަމުން.
މޯކުޅިޑިމޮކުރަސި
12 September 2025
ޓެރަރިސްޓަކަށް ނުވެ މިވީ ދޮން ނަސްލުގެ ޒުވާނަކަށް
ހީވަނީ
13 September 2025
މާލޭ މަގުތަކުގަ ގޭންތަކުން މީހުން މެރީމާ ޓެރެރިސްޓޭ ނުކިޔަނީ ކީއްވެ؟ ޓެރެރިސްޓުންނަކީ އެމީހަކު ގަބޫލުކުރާ އަގީދާއާ އުސޫލު އެނަކާ ގަބޫލުނުކުރާތީ އެމީހާ މަރާލާމީހުންނަށް ކިޔާއުޅޭ އެއްޗެއް
އެމެންދޯ
12 September 2025
އެއްގޮތަކަށް ވެސް ތިޔާއީ ތެދެއް ކަމަށް މަމެން ގަބޫލެއް ނުކުރާނަމޭ އެމެރިކާގެ އެފްބީއައި އިން ހަދާނީ ރޯ ބުހުތާނު ދޮގޭ އެމެން ބުނިދޯ އިރާގުގައި ޑަބްލިޔުއެމްޑީ ވެސް ހުއްޓޭ އެފްބީއައި އޮރިޔާންވާތީވެ އޮރިޔާން ނުވެ ސަލާމަތް ވާން ވެގެން ކުށެއް ނެތް މީހަކު ހައްޔަރުކުރީއޭ ތިޔާއީ އެމެރިކާ އެއް ނޫންތޭ....
ދޮން ހަސަނު
12 September 2025
ހީ އިޒް ދަ ހީރޯ
ލަސް
13 September 2025
މިފަދާ ޖާހިލުން މިގައުމުގަ ވަރަށް ގިނަ
ހުސެން ސައީދު
12 September 2025
އެހެންވީމާ އޭނާ ބައްޕަ 100،000/- އިނާމު ލިބޭނެ ދޯ
ލާމަސީލު
12 September 2025
100،000 ޑޮލަރ އިނާމު ހޯދީ އެކްރިސްޓިއަން ކުއްޖާގެ ބައްޕަ ދޯ. އެއީ މުސްލިމެއްނަމަ މުޅި ހުޅަނގު މީޑިއާތައް ކެކިއަރާނެ
ނަންމާނަ
12 September 2025
އޭނާ ޓެރަރިސްޓަކަށް ނުވޭތަ؟
ޏުނު
12 September 2025
އޭނާ މުސްލިމެއް ނަމަ ޔަގީނުންވެސް ވާނެ.