އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި: ޓްރަމްޕުގެ ހުށަހެޅުމަށް ނަތަންޔާހޫ ވަނީ ތާއީދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
30 ސެޕްޓެމްބަރ 2025 - 06:48
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު 20 ކަމެއް ހިމަނުއްވާފައިވާ ހުށަހެޅުން ހާމަކުރައްވައި، ހަމަލާތައް ހުއްޓުމަކަށް އައުން މިހާރު އޮތީ ވަރަށް ގާތުގައި ކަމަށް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕު ވަނީ މިއީ "ސުލްހަޔަށް ތާރީހީ ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫ މި ޕްރެސް ކޮންފަރެންސްގައި ވަނީ ޓްރަމްޕަށް ޝުކުރުއަދާކޮށް "ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެންނަން އަޅުގަނޑު ތިޔަ ހުށަހެޅުމަށް ތާއީދުކުރަން" ކަމަށް ބުނެފަ އެވެ. އަދި މިއީ އިޒްރޭލު ބޭނުންވާ ކަންކަން ހާސިލްވާ ހުށަހެޅުމެއް ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕު ވިދާޅުވީ މި ހުށަހެޅުން ތަންފީޒުކޮށް ހަނގުރާމަ ނިމުމަކަށް ގެންނަން ހަމާސް އިން ވެސް ބޭނުންވާ ކަމުގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު ހަމާސްގެ އޮފިޝަލެއް ކަމަށްވާ މަހްމޫދު މަރްދާވީ ވިދާޅުވީ މި ހުށަހެޅުން އަދި ލިޔުމުން އެ ޖަމާއަތަށް ލިބިފައި ނުވާ ކަމަށެވެ.
ނަތަންޔާހޫގެ ވަނަން ކަމަށްވާ ބީބީގެ ނަމުން މުހާތަބު ކުރަމުން ޓްރަމްޕު ވިދާޅުވީ ހަމާސް ފިޔަވައި އެހެން ހުރިހާ ފަރާތަކުން މި ހުށަހެޅުމަށް މިހާރު ތާއީދުކޮށްފައިވާ ކަމަށެވެ. އަދި ހަމާސް އިން މިކަން ގަބޫލު ނުކޮށްފި ނަމަ އިޒްރޭލުން ބޭނުންވާ ކަންކަން ހާސިލްކުރަން ކުރާ ކަންކަމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވިދާޅުވެ ނުސީދާކޮށް އިންޒާރު ދެއްވި އެވެ.
ޓްރަމްޕު ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ނަތަންޔާހޫ ވަރަށް ސާފުކޮށް ދެކޮޅު ހަދާކަން ފާހަގަކުރައްވައި އޭނާގެ އެ ވިސްނުމަށް އިހުތިރާމްކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ ކީއްވެކަން ގަބޫލުކުރެއްވޭ ކަމަށެވެ.
ޓްރަމްޕު ވަނީ އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައި ވާތީ އެއީ "މޮޔަކަމެއް" ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ހުށަހެޅުން ގަބޫލުކުރާ ކަމަށް އިޒްރޭލުން އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުން މީގައި ހިމަނާފައިވެ އެވެ. އަދި ދެ ފަރާތުން ހުށަހެޅުމަށް އެއްބަސްވާ ނަމަ ހަމަލާތައް ވަގުތުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ވައިޓް ހައުސް އިން ބުނީ އިޒްރޭލުން ޣައްޒާ ނުހިފާނެ ކަމަށާއި އެއްވެސް މީހަކު އެ ތަނުން ފައިބަން ވެސް މަޖުބޫރު ނުކުރާނެ ކަމަށެވެ.
ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާ އެކު އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު ވެސް އިޒްރޭލުން މިނިވަންކުރަން ހިމަނާފައިވެ އެވެ. މީގެ އިތުރުން ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު ވެސް މިނިވަންކުރާނެ އެވެ.
Here’s the full text of Trump’s 20-point plan to end Israel’s war on Gaza
The White House says its proposal would end the war on Gaza immediately if both sides accept.
Al Jazeera
ޣައްޒާގެ ހަމަލާތައް ހުއްޓުވަން ޓްރަމްޕު ހުށަހެޅުއްވި 20 ޕޮއިންޓުގެ ޕްލޭން
މި ހުށަހެޅުމުގައި އެންމެ މުހިންމު އަދި އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފައި އޮތީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދުގަ އެވެ. ހުށަހެޅުމުގައި ވަނީ އޭގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރެވުމާ އެކު ފަލަސްތީން އޮތޯރިޓީ އިސްލާހުކޮށް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި އަދި އެމެރިކާއިން ވެސް މި މަޝްވަރާގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ.
ހުށަހެޅުމުގައިވާ ކަންކަން ތަންފީޒުކުރަން ހަމާސް އިން ދެކޮޅުހަދައިފި ނަމަ ނުވަތަ އެއްބަސްވުމަށް ފަހު އެ ކަންކަން ލަސްކުރާ ނަމަ އިޒްރޭލުގެ ސިފައިންގެ އޮޕަރޭޝަންތައް އަލުން ފެށުން ފަދަ ނުރައްކާ ޕޮއިންޓްތަކެެއް ވެސް ހުށަހެޅުމުގައިވެ އެވެ.
ޣައްޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މި ހުށަހެޅުން ތަންފީޒުކުރުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި ކަންކަމަށް އިސްލާމީ އަދި އަރަބި ބައެއް ގައުމުތަކާއި ޔޫރަޕުން ވެސް ތާއީދުކުރަމުން އަންނައިރު އަދި ހަމާސް އިން ސާފުކޮށް މި ކަމުގައި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ޣައްޒާގެ އާންމުން ދަނީ މިއީ ހީލަތެއް ކަމަށް ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރީމު
30 September 2025
މިއީ ސަހުޔޫނީން އަޑީގައިތިބެގެން ޓްރަމްޕް ނޯބަލް ޕީސް އިނާމު ހޯދަން ހިންގާ ހީލައްތެރި ޕުލޭނެއް، މިހުޝަހެޅުމުގެ ވާގޮތުން ޣައްޒާ ހުރިހާބާރެއް އެމެރިކާޔަށް ލިބޭނެ، ސަބަބަކީ ޣައްޒާގެ ކަންކަން ބަލައްޓާނެކަމަށް ބުނެފިއިވަނީ ޓްރަމްޕް ޗެއަރ ކުރާ ފަލަސްތީނު މީހުން ނުހިމެނޭ ކޮމެޓީއަކަށް ޙުރިހާ އިޚުތިޔާރަކާއި ބާރެއް ލިބޭގޮތަށް ހަށަހެޅުން އޮތީ، ކުރާނެ އިމާރާތާއި، ހަތިޔާރު ގެންގުޅުން މަނާކުރުމާއި، ސުކޫލްތަކުގެ ކަރިކިއުލަމަށް ދާންދެން ނިއްމާނީ މިކޮމެޓީން.
ިހ
30 September 2025
ފްރީ ފަލަސްތީން
ފޫހި
30 September 2025
މި ކޮންކަހަލަ އަޅުވެތި ނިންމުމެއް. ގާޒާރައްޔިތުންގެ ވެރިއަކަށް ފަލަސްތީންގެ ބިން ޔަހޫދީންނަށް ދިންގައުމުގެ އެންމެ އަޑިނުބައި ޓޯނީ ބްލެއަރ. މިއީ ޢަރަބިންގެ ބޮލުގައި ޓްރަމްޕް ޖެހި އެތިފަހަރެއް. ތިޔަ ހޮސްޓެޖުން މިނިވަންވާހިސާބުން ގާޒާއިން ނުވެސް ފައިބާނެ. ގާޒާގެ ވެރިކަމަށް ލާންވާނީ ގާޒާގެ ރައްޔިތެއް. އަނެއްކާ އަނެއް ކަމަކީ ގާޒާގެ ރައްޔިތުންގެ ދިފާއުގައި ގާކޮޅެއްވެސް ގެންގުޅުން މަނާ. އެކަމަކު އިޒްރާއީލުން އެމީހުން ބޭނުން ހަތިޔާރެއް ގެންގުޅެވޭ.
ލެއްގިބުރޯ
30 September 2025
މިހުށައެޅުމަކީ ފަލަށްތީނުގެ ދައުލަތް ގާއިމުވިނުދޭން އެމެރިކާ އަޑީގަ އޮވެގެން ރޭވިރޭވުމެއް. މިކަން މިހެންވީ ހަމާސްގެ ސަބަބުން. މިހަނގުރާމައިގަ މަރުވި ހުރިހާ މީހުންގެ ޒިންމާވެސް ހަމާސް ޖަމާއަތުން ނަގަންޖެހޭނެ. ހަމާސްއިން އެދުވަހު ހަމަލާ ނުދިންނަމަ މިއަދު މިހާލަތަށްނުދާނެ. މިހުށައެޅުން ގަބޫލުކުރުން ނޫންގޮތެއް ހަމާސްއަކަށްވެސް އަދި ފަލަސްތީނަކަށްވެސް މިހާރަކުނެތް. ކުށެއްނެތް އެތައްބަޔަކު އިތުރަށް މަރުވާން ބޭނުންނޫނީޔާ އެބަޖެހޭ ގޮތްދޫކުރަން.
ޖަލީލީ
30 September 2025
ޔަހޫދީން މީގެ 70 އަހަރުކުރިން ފެށިގެން ފަލަސްތީނުގެ ބިންފޭރި ކިތަށްކިތަށް ގަތުލު އާންމު ހިންގައިފިތޯ ފަލަސްތީނިންނާ ދެކޮޅަށް. ފަލަސްތީނުގެ ބިމުގެ ދިފާއުގައި ޖިހާދުކުރާ މުޖާހިދުން ކަލެޔަށް ގޯސް ތިވަނީ. ޔަހޫދީންނަށް ބޯލަނބައިގެން އަމާންކަމުގަ ތިބެވޭނަމަ ހުޅަނގު އައްސޭރީގެ ރައްޔިތުން ތިބީހީ އަމާންކަމުގަ. އުމަރުގެ ފާނު، އަދި ސަލާހުއްދީން އައްޔޫބީ އެބިން ފަތަހަ ކުރެއްވިފަދައިން އަދި މުސްލިމުން އެ ބިން ފަތަހަ ކުރާނެ. އިންޝާ ﷲ
ކޯންޗެކޭ ކިޔާކަށް
30 September 2025
ބުރޯ..ދެން މިހާރު ކޮން ހަނގުރާމައެއް ކުރާތީތަ ދޭތެރެ ދޭތެރެއިން ލުބުނާނަށާ ސީރިޔާއަށް ހަމަލާ ދެނީ؟؟ހަޤީޤތަކީ ފަލަސްތީނުގެ ބިމުގެ ބޮޑުބަޔަކަށް ޔަހޫދީން ވެރިވެގެން ގޮސް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތެއް 1948ގަ އުފައްދައިގެން އެތިބީ ހަމާސްވެސް އަދި އެނޫން އަރަބި މުސްލިމު ގައުމަކާ ޔަހޫދީން ހަނގުރާމަ ކޮށްގެންނެއް ނޫން..ފާޅުގަ ނަތަންޔާހޫ އެބުނަނީ ފުރާތު ކޯރުން ފެށިގެން ނީލަކޯރާ ދެމެދު އެއޮތް ބިންތަކަކީ އެމީހުންގެ ތަންތަނޭ..އެތަންތަން ހިފާނަމޭ.
ބުއްދި
30 September 2025
މި މީހުންގެ ހިޔަޅު ކަން ނިކަން ވިސްނަބަލަ. އިޒްރޭލް ވާނީ، އިޒްރޭލަށް ، އެމެރިކާ ވާނީ އެމެރިކާ އަށް. ހަމާސް އިން ތި އެއްބަސްވުން ޤަބޫލު ކޮށްގެން ނުވާނެ. އެމީހުން މުސްލިމުން ނަކަށް ހެވެއް ނޭދޭނެ. ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސް ދޮގެއް ނުވާނެ.
ފޫހި
30 September 2025
މިއީ މި ދެމީހުންގެ ސިއްރު ޑީލެއްގެ ދަށުން ހީލަތްތެރި ރޭވުމެއް. އެހެނީ ޔޫރަޕުން ފަލަސްތީނަށް މިނިވަންކަން ދިނުމަށް ނިންމާފައިވާތީއާއި، ޓްރަމްޕާއި ނަތަންޔޫހޫ ދުނިޔޭން ބާކީވާތީ، ނިންމިނިންމުމެއް.އަދި ފަލަސްތީނުގެ މިނިވަން ދައުލަތް އަނެއްކާ އަނެއް 80 އަހަރަށް ދަންމާލާނެ. ޔހޫދީންނަކީ ނުބައިބައެއް.
ކީއްކުރާނީ ދެރަ
30 September 2025
ތީތި ވޯކެއް ނުކުރާނެ ދޯ. ހުރިހާ އަސީރުން މިނިވަން ވީމަ، ދެން ނެތެއްނުން ކާޑެއް. އެހެންވީމާ، ވިސްނާލީމަ އެނގޭ އެއްޗަކީ އިޒްރޭލުން ގާޒާ ހިފަން އުޅޭކަން އަދި އޭގައި ޒިންމާ އަޅުވާނީ ހަމާސް ބޮލުގަ ކަން. ތީ އެހެންވީމާ ދުރުގައި ތިބޭ މީހުން ކަންބޮޑުވާ ތީ އަޅުވާ އަނދުނެއް. ސަޅި. ފަލަސްތީނު މީހުން އަދި ހާލުގައި ދެ ގަރުނު ވަރު ވެދާނެ ހެން ހީވަނީ މިދާގޮތުން.
ޖަލީލީ
30 September 2025
ތިޔައީ ޔަހޫދީންގެ އަޑި ނުބައި ރޭވުމުގެ ދަށުން އިއުލާން ކުރެވުނު ނިންމުމެއް. މި ނިންމުމަށް ތާއީދު ކުރީ އަރަބި އިސްލާމީ ނަންނަމުގަ ތިބި ލީޑަރުން. މި ޕްލޭންގެ ބޭނުމަކީ ޔަހޫދީންނަށް ހަމާސްގެ މައްޗަށް 2 އަހަރު ހަނގުރާމަ ކޮށްގެން ވެސް ކުރިއެރުން ނުހޯދުނީމަ ފަސޭހަކޮށް ޔަހޫދީންނަށް ގައްޒާގެ ބިން މިލްކުކޮށްދީ ކޮންޓްރޯލް ދިނުން. އަދި މީގަ ހެއްވާ ކަމަކީ މި ޕްލޭން މި ހެދީ ގައްޒާ ގަތުލުއާންމު ހިންގާ މީހުންކަމަށް ވުން.
ވެނލާ
30 September 2025
ޔަހޫދީންގެ ބަހަށް ކުރުން ހެޔޮވާވަރުގެ ކަމެއްނޫން ތިއީކީ! ޤުރުއާނުންވެސް ތިމީހުންގެ ވާހަކަ ސާފު ސަރީހަކޮށް އޮތީ ފެންނަން. ފަލަސްތީނުގައި ދައުލަތެއްހަދަން ޔަހޫދީން ނޭދޭނެ! ގައްޒާއިން ފަހަތަށްވެސް ނުފައިބާނެ ތިމީހުންނެއް. އެންމެ ފަހުމީހާއި ޖެހެންދެން ތިމީހުންނާއި ހަނގުރާމަކުރުން ނޫންގޮތެއް ނެތް.
ސަސި
30 September 2025
ކޮބާތަ އަހަރުމެންގެ ފަހުރުވެރިވާ ބޮޑެތި ސިންގާހާ ގައުމުތަކުގެ ލީޑަރުންތައް؟