އީރާން މީހަކު އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއެއް ހިފައިގެން: ޚާމަނާއީ އަވަހާރަކޮށްލަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އީރާނުން ވަނީ އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
24 ނޮވެމްބަރ 2025 - 06:07
އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން އެމެރިކާ އާއި އިޒްރޭލާއި ބޭރުގެ އެހެން ގައުމަކުން ވެސް މަސައްކަތް ނުކުރުމަށް އީރާނުން އިންޒާރު ދީފި އެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ޚަތީބުއާ ހަވާލާދީ އެ ގައުމުގެ އިސްނާ ނިއުސް އެޖެންސީން ބުނީ ގައުމުގެ އެންމެ އިސް ލީޑަރު އަވަހަރާކޮށްލުމުގެ ނިޔަތުގައި ދުޝަމުން ބައެއް ފަހަރު ސީދާ ގޮތުން އަދި ބައެއް ފަހަރު ދެކޮޅުވެރި ހަމަލާތަކުގެ ގޮތުގައި މަސައްކަތްކުރާ ކަމަށެވެ.
ޚަތީބު މި ވާހަކަ ދެއްކެވީ ޚާމަނާއީއަށް އަމާޒުކޮށް ހަމަލާއެއް ދޭން ބަޔަކު ކުރި މަސައްކަތެއް ފަޅާއެރުމުން ކަމެއް ނުވަތަ އެހެން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އެކަމަކު މިދިޔަ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ކުރިން، ޚާމަނާއީ އަވަހާރަކޮށްލަން ޖާސޫސީ އިދާރާތަކުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ އީރާންގެ އޮފިޝަލުން އާންމުކޮށް ވާހަކައެއް ނުދައްކަވަ އެވެ.
"އެނގިހުރެ ނުވަތަ ނޭނގި ވެސް މި ގޮތަށް އަމަލު ކުރާ މީހުންނަކީ ދުޝްމަނުންގެ އެޖެންޓުން،" އިޒްރޭލާއި އެމެރިކާ އަށް އިޝާރާތް ކުރައްވައި ޚަތީބް ވިދާޅުވި އެވެ.
ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ވަނީ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި ނިއުކްލިއާ ސައިންޓިސްޓުންނާއި ސައިޓްތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދީފަ އެވެ. އެ ދުވަސްވަރު އިޒްރޭލުން ޚާމަނާއީ އަވަހާރަކޮށްލަން ނިންމުމުން އެކަން ހުއްޓުވީ، ހާލަތު މާބޮޑަށް ގޯސްވެދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަމަށް އޭރު ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ނަތަންޔާހޫއާ ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދީ ބުނެފައިވަނީ "އެހެން ނަމަ އެ ހިސާބުން ހަނގުރާމަ ނިމޭނެ" ކަމަށެވެ. އަދި ޓްރަމްޕު ވަނީ ޚާމަނާއީ އަކީ "އީޒީ ޓާގެޓެއް" ކަމަށް ވެސް ވިދާޅުވެފަ އެވެ.
އުމުރުން 86 އަހަރުގެ ޚާމަނާއީ އަކީ 1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ލީޑަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމިއްޓޭ
24 November 2025
ތިހެން އަބަދު އިންޒާރުދީ ތިބޭބައެއް ތިއީ. ކަމެއް ކުރަން ބޭނުންނަމަ ނިކަން އިޒްރޭލް ބަލިކޮށްލަބަލަ. ނުކެރޭނެ.
މިއްޓެ
24 November 2025
އިޒްރައިލް އިރާންއަތުން ބަލިވެގެން ހަނގުރާމަ ހުއްޓާލި އެއްމެފަހުވަގުތުވެސް އިރާނުން އަޒުރޭލައް ހަމަލާދިން
ސފެ3
24 November 2025
އިޒްރޭލު ބަލިވާ ދުވަސް އަންނާނެ. ޖައްބާރު އެތައް ބަޔަކު ބަލިކުރައްވާފަވޭ