ދުނިޔެ / އޮސްޓްރޭލިއާ

ބޮންޑައި ބީޗްގައި ހަމަލާ ދިނީ ދެބަފައިން، މަރުވި އަދަދު 15 އަށް

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ހަަމަލާ ދިން ދެބައިފައިން

15 ޑިސެމްބަރ 2025 - 05:58

19 comments

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ބުނެފި އެވެ.

މަރުވި މީހުންގެ އަދަދު 15 އަށް އަރާފައި ވާއިރު މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ނަވީން އަކްރަމް އެވެ. އެ މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާ ބައެއް ކަމަށާއި ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައި ވާއިރު ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ސީރިއަސް ހާލަތެއްގަ އެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ހައްގު ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ.

އިތުރު 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެ އެވެ.

ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމުންގެ މީހަކު ވަނީ ހަމަލާ ދިން 50 އަހަރުގެ މީހާގެ ފަހަތުން ގޮސް ބައްދައި ވައްޓާލުމަށް ފަހު އެ މީހާގެ ބަޑި އަތުލައިފަ އެވެ. މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖެހިލުން ކުޑަ ކަންތައް ކޮށްފައިވަނީ މުސްލިމެކެވެ. އެ މީހާއަށް ވެސް ވަނީ ބަޑީގެ ވަޒަން އަރައި ޒަހަމްވެފަ އެވެ.

މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކާ މެދު ގައުމުތަކުގެ ވެރިން އަޅާނުލުމުގެ ނަތީޖާ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަ ދައްކައިފަ އެވެ. ހަމަލާ ކުށްވެރިކޮށް ގައުމުތަކުން ބަޔާން ނެރެމުން ދާއިރު އޭގެ ތެރޭގައި އިޒްރޭލާ އެންމެ ދެކޮޅުވެރި ގައުމުގެ ގޮތުގައި ބެލެވޭ އީރާން ވެސް ހިމެނެ އެވެ.

19 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަންވޭ

15 December 2025

ހަމަލާ ހުއްޓުވީ މުސްލިމެކޯ ދެން ހަމަލާ ދިނީ ކޮަންދީނެއްގެ ބައެކޯ

The name is already taken The name is available. Register?

ޖުހާ.

15 December 2025

ޕީސްފުލު ކުދިން.

The name is already taken The name is available. Register?

ލަސް

15 December 2025

މިފަދަ މީހުންގެ އަމަލުތަކާހެދި އިސްލާމް ދީނަށް އުޅޭ ހަގީގީ މުސްލިމުންނަށް ހުރިހާ ތުރާލެއް. އެމީހުންގެ ފޮތްތަކާއި ޚުތުބާގަ ދޭނަސޭހަތާއި އެއްގޮތަށް އެއަމަލު ކުރަނީ. ޓެރަރިސްޓުން ގޮތުގަ ލޭބަލްވަނީ މިހެން ވީމަ.

The name is already taken The name is available. Register?

ސުބޫ

15 December 2025

ކާކުގެ އަމަލަކާހެދި؟ ހަމަލާދިނީ މުސްލިމެއްތަ؟؟ ރަނގަޅަށް މައުލޫމާތު ސާފުކުރޭ

The name is already taken The name is available. Register?

ާސަހުލާ

15 December 2025

ހަމަލާ ދިނީ މުސްލިމެއް ނޫން. އަދި އެމީހާ އަކީ އެންމެފަހުން ކުރި ގާޒާ ހަނގުރާމައިގަ އިސްރާއީލް ޑިފެންސް ފޯސް ގަ މަސައްކަތް ކުރި މީހެއް. ހަމަލާ ދިނުމުގެ ހަފްތާއެއް ކުރިންވެސް އޭނަ އިޒްރޭލްގަ ހުރެފަ އޮސްޓުރޭލިޔާ އަށް އައީ. މި ހަމަލާ ވަކި ޕުރޮޕެގެންޑާއެއް ފަތުރަން ރާވައިގެން ދިން ހަމަލާއެއް.

The name is already taken The name is available. Register?

ސަހުލާއަކަށް ނޭނގެ

16 December 2025

ހުސްދޮގު. އޭނައަކީ އޮސްޓްރޭލިއާއަށް އުފަންމީހެއް. އޭނަ ބައްޕަ 1996ވަނަ އަހަރު ސްޓޫޑެންޓް ވިސާގަ އައިސް ފަހުން ރަށްވެހިވީ. އޭނަ ހަރުކަށި ފިކުރަށް ވެއްދީ ސިޑްނީގަ އުޅޭ ދަރުސްދޭ ހަރުކަށި ފިކުރުގެ އިމާމެއް. 2019 ވަނަ އަހަރު ކައުންޓާ ޓެރަރިޒަމުން އޭނަގެ މައްސަލަ ތަހުިގީގުކުރި. މުސްލިމެއް ދިން ހަމަލާއަކަށްވެފަ ޔަހޫދީން މަރުވީމަ ކަލޭމެން އެވާހަކަ ނުދައްކަން ތިއުޅެނީ

The name is already taken The name is available. Register?

ފރެެދސ

15 December 2025

އިންޑިޔާ ޕާކިސްތާން މީހުންނަށް ވިސާ ދިނީމަ ވާގޮތްމީ

The name is already taken The name is available. Register?

ހަލޯ

15 December 2025

މިކަމުގެ އަޑީގައިވެސް ތިބޭނީ ތިމީހުން، އެމެރިކާ އަދި އިޒުރޭލުގެ ޖާސޫސީ އިދާރާ.

The name is already taken The name is available. Register?

ނަނީ

15 December 2025

ތިބޭފުޅާގެ ބައްޕަ ތިކަމުގަ އުޅޭނީ

The name is already taken The name is available. Register?

ބަނީ ބަނީ

15 December 2025

ނަނީ ހަޖަމްކުރަން ދަސްކުރޭ...އެއީ ހަމަ ތެދެއް..

The name is already taken The name is available. Register?

ޖަޒުބާތު

15 December 2025

މި ހަމަލާ ކުށްވެރިކުރަން. އެއާއެކު މިއީ ޔަހޫދީ ހަރުކަށި އިޒްރާއީލު ދައުލަތޭ ކިޔައިގެން އުޅޭ ޒަޔަނިސްޓުންގެ ނުލަފާކަމާއި، މި ނުލަފާ ބައިގަނޑަށް ދުނިޔޭގެ ބާރުތަކުން ދޭ ނުހަމަ ހިމާޔަތާއި، ފޭވަރކުރާ ކުރުމުންނާއި، އެހެން ގައުމުތަކާއި ނަސްލުތަކާ ދޭތެރޭ ގެންގުޅޭ ބޭއިންސާފުކަމުގެ ސަބަބުން އުފެދިނުދާނޭ ޖަޒުބާތުގެ ނުރައްކާ. "ޔަހޫދީންނާ ދެކޮޅު ކަންކަން ނުހުއްޓުވުމުގެެ ނަތީޖާ" އޭ ކިޔައިގެން ހަގީގަތް އޮޅުވާލަން އުޅޭނެކަމެއް ނެތް.

The name is already taken The name is available. Register?

ނުރަބޯ

15 December 2025

މިއީ ނަތަންޔާހޫ ގެ ބޯހަރު ކަމުން ޖެހޭ ކަންކަން. ތައްބައްލަކަ، ނަތަންޔާހޫ……!!!

The name is already taken The name is available. Register?

ނޯދީންދިސްޓައިމް

15 December 2025

ކޮން ދީނެއްގެ ބައެއްބާ މި ދެބަފައިންނަކީ؟ މުސްލިމުންނަށް ނުވާތީ މި ފަހަރު ދީނުގެ ވާހަކަ އެއްވެސް ހެޑްލައިނަކަށް ނޭރި ދޯ؟

The name is already taken The name is available. Register?

ޙުސެން އަލީ

15 December 2025

އެ އޮތީނުން ހަބަރުގަ ނަވީން އަކްރަމް އޭ ޖަހާފަ.. އެ އީ މުސްލިމަކައް ކިއާ ނަމެއް ހެން މަށައް ހީވަނީ

The name is already taken The name is available. Register?

ކޮއްކޮ

15 December 2025

ދެބަފައިން ނަކީވެސް މުސްލިމުން

The name is already taken The name is available. Register?

ޜިޔަޒ

15 December 2025

ނަވީން އަކްރަމް ކިޔާ މުސްލިމުން ވަރަށް ނޫޅޭނެ އިންޑިޔާ ޕާކިސްތާންގަ ގާދިޔާނީއަކަށް ވާނި

The name is already taken The name is available. Register?

ފުތާބެ

15 December 2025

އެއީ ލުބުނާން ދަރިކޮޅު ކުރިސްޓިއަން ދެމީހުން. އަރަބި ނަން ކިޔުމަކީ މުސްލިމު ވާ ކަމެއްނޫން

The name is already taken The name is available. Register?

ޖޖޖޖ

15 December 2025

މަރުވި އެންމެ ހައްގު ކުއްޖަކަށް 10 އަހަރުގެ ކުއްޖާ ވީ ކީއްވެބާ؟ އޭނާ މަރުވާން ހައްޤީ ކީއްވެ؟

The name is already taken The name is available. Register?

ނމޖމ

16 December 2025

ވިހެއިތަނުން މަރުވާ ކުދިން، ބަނޑަށް މަރުވާ ކުދިން މަރުވާން ޙައްޤީ ކީއްވެގެންނޯ!! އެއީ އެ ކުއްޖާ މަރުވާން މިންވަރުފުޅުގައި ކަނޑައެޅިފައި އޮތް ގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454