އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ ވަނީ އަބުރު ގެއްލުމުގެ ބަދަލަށް 10 ބިލިއަން ޑޮލަރު ހޯދަން ބީބީސީއާ ދެކޮޅަށް ދައުވާކުރައްވާފައި. -- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2025 - 06:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސްޕީޗެއް އެޑިޓްކޮށް، މާނަ އޮޅޭ ގޮތަށް ދެއްކި މައްސަލައިގައި އަބުރު ގެއްލިފައިވާ ކަމަށާއި އެހެންވެ ބަދަލުގައި 10 ބިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށް ބުނެ ދައުވާކޮށްފި އެވެ.
ދައުވާކުރަނީ، ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ޖެނުއަރީ 6، 2021 ގައި ދެއްކި ޓްރަމްޕުގެ ތަގުރީރަކާ ހެދި އެވެ.
ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގަ އެވެ.
ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެ އެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފަ އެވެ.
މި މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ޓްރަމްޕު ކުރިން ވިދާޅުވުމަށް ފަހު އިއްޔެ މަޔާމީގެ ފެޑެރަލް ކޯޓަށް ދައުވާ ހުށަހަޅުއްވައިފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ ބީބީސީން ވަނީ ފްލޮރިޑާ ޑިސެޕްޓިވް އެންޑް އަންފެއާ ޓްރޭޑް ޕްރެސްކްޓިސް އެކްޓާ ހިލާފުވެފައި ކަމަށެވެ. ބީބީސީން ޓްރަމްޕުގެ ސްޕީޗުގެ ދެ ތަނެއް ބަދަލުކޮށްފައިވާ ކަމަށާއި އެހެންވެ އެއިން ކޮންމެ މައްސަލައަކަށް މަދުވެގެން ފަސް މިލިއަން ޑޮލަރު ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
ބީބީސީގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ ކުރިން ވެސް ބުނެފައިވާ ގޮތަށް، މި ދައުވާއާ ދެކޮޅަށް މަސައްކަތްކޮށް ދިފާއުވާނެ ކަމަށެވެ. އަދި މި ގާނޫނީ މަރުހަލާގެ ތެރޭގައި މައްސަލައާ ބެހޭ ގޮތުން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޒީބެ
17 December 2025
ޖާބިރު ގެ ފޯމިއުލާ ކޯޓުމެދުވެރިކޮށް ލާރިހޯދުން...
ދަނޑުން
17 December 2025
ޜަނގަޅު، ބޭނުންހާ އެއްޗެއް ނުކިޔޭނެ، ނުލިޔެވޭނެ . ޜާއްޖޭގައިވެސް
1206
17 December 2025
ތާއީދު. ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ވެސް ލިބުނު މިނިވަން ކަމުގެ ނާޖާއިޒް ފައިދާ ނަގައިފައި. ތުހުމަތެއްގެ މައްޗަށް މުޅި މީހާގެ ދިރިއުޅުން ފަޟީހަތް ކޮށް ނިންމައިލާ. މައްސަލަ ނިމި ޝަރީއަތުން ސާބިތުނުވާ ކަމަށް ނިމި، ތުހުމަތުން މީހާ ބަރީޢަ ވިޔަސް، އާންމުންގެ ކޯޓުގައި ޝަރީޢަތް އޮންނަނީ މާކުރިން ނިމި ހުކުމް އިއްވައި މި އޮންނަނީ މީހާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ކަފުނަށް ތިރިކޮށް. މި ކަމުގައި އެންމެ ނުބައި ފިތުނަވެރި ދައުރު ކުޅެނީ ނޫސްވެރިން.
ނޒބސ
17 December 2025
އަބުރެއް ނުގެއްލޭނެ. ފުރީޑަމް . ޑެމޮކުރަސީ.