އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަ އެމެރިކާގެ އަސްކަރީ ޖެޓްތަކަށް ހަމަލާދީ ވައްޓާލުމަށްޓަކައި، އެ ގައުމުން އެއާ ޑިފެންސް ސިސްޓަމެއް ހަރުކޮށްފި އެވެ. 

އިރާނުގެ އަސްކަރިއްޔާއިން ބުނީ. މި އާ ސިސްޓަމް ބޭނުންކުރަން ފެށީ އިއްޔެ ކަމަށެވެ. 

އިރާނުގެ އަސްކަރީ ކޮމާންޑުން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އޮތް ތޯ ކަށަވަރު ކުރާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިދިޔަ އެއް މަހު އިރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާ އާއި އިޒްރޭލުން ބާރުގަދަ ކުރި އެވެ. އިރާނުގެ އާ ސިސްޓަމަކީ އެކަން ނިމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެކެވެ.

މި އާ ސިސްޓަމާ އެކު، އީރާނުގެ ދިފާއީ ބާރުން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދު ދިފާއުކުރުމުގައި މިހާރު އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޭރުގެ އެއްވެސް އަސްކަރީ އުޅަނދަކަށް އީރާނުގެ ހުއްދަނެތި އެ ގައުމުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.