ޖެކް މާ ވިދާޅުވަނީ އޮރިޖިނަލަށް ވުރެ ފޭކް ތަކެތި ރަނގަޅު ކަމަށް

ބެއިޖިން (ޖޫން 16) - ޗައިނާގައި މިހާރު އުފައްދާ ފޭކް ގިނަ ޕްރޮޑަކްޓްތައް އަސްލު އެއްޗިއްސަށް ވުރެ ފެންވަރު ރަނގަޅު ކަމަށް އީކޮމާސް ކުންފުނި، އަލިބާބާގެ ވެރިޔާ ޖެކް މާ ވިދާޅުވެއްޖެ އެވެ.


ޖެކް މާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އޭނާގެ އީކޮމާސް ޕްލެޓްފޯމްތަކުން ފޭކް އެއްޗެހި ވިއްކާކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ޖެކް މާ ވިދާޅުވީ ފޭކް ތަކެތި ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

އަލިބާބާ ގްރޫޕުގެ ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ފޭކް އެއްޗެހި ވިއްކުން ހުއްޓުވުމަށް ވަނީ ފިޔަވަޅުތައް އަޅާފައި.

"ހަގީގަތަކީ މިއަދު ވިއްކާ ބައެއް ފޭކް ތަކެއްޗަކީ އޮރިޖިނަލް އަށް ވުރެ ރަނގަޅު އަދި އަގު ވެސް ރަނގަޅު ތަކެތި،" ޖެކް މާ ވިދާޅުވި އެވެ.

ޖެކް މާ ވިދާޅުވީ އަލިބާބާގެ އޮންލައިން ޝޮޕިން ޕްލެޓްފޯމުގައި ތަކެތި ވިއްކާ އިރު އެއީ އޮރިޖަލް ތަކެތިކަން ވިއްކާ ފަރާތުން ޔަގީންކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މި ގޮތުން މިދިޔަ މަހުން ފެށިގެން ވަނީ އަލިބާބާގެ ބައެއް ޕްލެޓްފޯމްތަކުގައި މި އުސޫލުން އަމަލު ކުރަން ފަށައިފަ އެވެ.

ޗައިނާގެ ޕީޕަލްސް ޑެއިލީން ބުނީ އީކޮމާސްގައި ފޭކް އަދި ފެންވަރު ދަށް ތަކެތި ވިއްކުން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްކުން ވަރަށް އަވަހަށް ކެމްޕޭނެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.