އެމެރިކާ އާއި އިނގިރޭސި ވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭ ޗާގޯސް އަތޮޅު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާ ނިންމަވާފައި ވަނިކޮށް އާ ބޮޑުވަޒީރު އެންޑީ ބާންހަމް އެއްބަސްވުން ކުރިއަށް ގެންދަވަން ފައްޓަވައިފި އެވެ.

މޮރިޝަސްގެ އޮފިޝަލުންނާ ހަވާލާދީ 'ދަ ސަން' އިން ބުނި ގޮތުގައި މަޑުޖެހިފައިވާ އެއްބަސްވުމާ ގުޅޭގޮތުން ފޮރިން އޮފީހާ އެކު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަން ކުރިއަށްދާ ކަމަށް ބުނެފައި މި ވަނީ ފޮރިން އޮފީހުގެ މިނިސްޓަރު އުމާ ކުމާރަން، ގާނޫނު ހަދާ މަޖިލިސް (ކޮމަންސް) ގައި  ހޯމަ ދުވަހު

މި އެއްބަސްވުމުގެ ދިފާއުގައި ވާހަކަދައްކަވައި، މިކަމަށް ކަނޑައެޅިފައިވާ ފައިސާ ބަޖެޓުގައި އަދިވެސް އެބަހުރި ކަށަވަރުކޮށްދެއްވާފައި ވަނިކޮށެވެ.

ނަމަވެސް އެންޑީ ބާނަމް ޑައުނިން ސްޓްރީޓަށް ވަޑައިގެންނެވި ފަހުން، މި އެއްބަސްވުމާމެ ދު އޭނާގެ ރަސްމީ ވިސްނުން އަދި އާންމުކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.

ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާގެ ސަރުކާރުގައި މޮރިޝަސްއާ އެކު ސޮއިކުރި  އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ސިއާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލައި އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާގެ ކޮންޓްރޯލް އިނގިރޭސި ވިލާތަށް އޮންނަ ގޮތަށް އެ ރަށް 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދީފައި ބާއްވަން ޖެހެ އެވެ.

ނަމަވެސް މިއީ "ވަރަށް މޮޔަ ނިންމުމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައި ފާޑު ވިދާޅުވާން ފެއްޓެވެމުން މި އެއްބަސްވުން ތަންފީޒުކުރުން އޮތީ މަޑުޖެހިފަ އެވެ.

އެފްރިކާގެ ދެވަނައަށް އެންމެ މުއްސަނދި ގައުމު ކަމަށްވާ މޮރިޝަސްއިން އަންނަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގައި މި މައްސަލަ އަލުން ނަގަން ތައްޔާރުވަމުންނެވެ. އަދި އެއްބަސްވުން ތަންފީޒުކުރުމަށް ތައްޔާރަށް އޮތް ކަމަށް މޮރިޝަސްގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ. 

"ދެފަރާތުގެ އޮފިޝަލުން ޖުލައި މަހު ބައްދަލުކުރައްވާފައިވާއިރު، މޮރިޝަސްގެ ޓީމާއި އެފްސީޑީއޯ (ފޮރިން، ކޮމަންވެލްތު އެންޑް ފޮރިން) އާ ދެމެދު އިތުރު ބައްދަލުވުމެއް ކުރިއަށް އޮތް ހަފުތާއަށް ވަނީ ތާވަލްކޮށްފައި،" މޮރިޝަސްގެ ބަންޑާރަ ނައިބުގެ އޮފީހުގެ ތަރުޖަމާނަކު ދަ ސަން އަށް ވިދާޅުވެފައިވެ އެވެ. 

"މޮރިޝަސް އޮތީ މި އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާ ގޮތަށް، މިއަށް އަމަލީ ސިފައެއް އަންތަން ދެކެން ކެތްމަދުވެފައި."

މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ކަނޑުގެ މި ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާގެ މުހިންމު މިލިޓަރީ ބޭސެއް ހުންނަ ޑިއޭގޯ ގާސިއާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ފައިސާ ދައްކާނެ އެވެ.

ނަމަވެސް، ރައީސް ޓްރަމްޕް މި އެއްބަސްވުމަށް އޮތް ތާއީދު އަނބުރާ ގެންދަވައި، މިއީ 'ހެދުނު ވަރަށް ބޮޑު ގޯހެއް' ކަމަށް ސިފަކުރެއްވުމާ ގުޅިގެން، ފެބްރުއަރީ މަހުން ފެށިގެން މި އެއްބަސްވުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ."

ކުރީގެ ބޮޑުވަޒީރު އެކުލަވާލެއްވި އެއްބަސްވުމައިގެން ކުރިއަށްދާނީތޯ ނުވަތަ ނޫންތޯ ނިންމުމުގައި ބޮޑުވަޒީރު ބާންހަމް އަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެ ވަޑައިގެންފަ އެވެ.

ޗާގޯސްގެ މައްސަލާގައި އަމާންދިނުމަކީ މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ އަބުރަށް ހުތުރުވި ކަމެއް
އިދިކޮޅު ޕާޓީގެ ހިޔަނި ޑިފެންސް މިނިސްޓަރު

އިނގިރޭސިވިލާތުން މި އެއްބަސްވުން ދޫކޮށްލައިފި ނަމަ މޮރިޝަސްއާ އެކު މައްސަލަ ޖެހުމުގެ ފުރުސަތު އޮތްއިރު، އެއްބަސްވުމައިގެން ކުރިއަށް ގޮސްފި ނަމަ އެމެރިކާއާ ގުޅުން ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.

މި މައްސަލާގައި އާ މަޝްވަރާތައް ކުރިއަށް މިދަނީ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މި ބައްދަލުވުމުގައި މޮރިޝަސްއިން އިނގިރޭސިވިލާތަށް ފިއްތުން އިތުރުކޮށް،  ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

ކޮމަންސްގައި ކުމާރަން އިއްޔެ ވިދާޅުވީ، ޑިއޭގޯ ގާސިއާގެ އޮޕަރޭޝަނަލް ކޮންޓްރޯލް ދިގު މުއްދަތަކަށް ދެމެހެއްޓުމަކީ "އެންމެ އިސްކަންދޭ ކަންތައް" ކަމަށާއި، އަދި އެއީ މުޅި އެއްބަސްވުމުގެ "އަސާސް" ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ދިފާއަށް އެންމެ ރަނގަޅު ގޮތަކީ މި ޖަޒީރާ ރަށްތަކުގެ މައްޗަށް "ޤާނޫނީ ސާފުކަން" ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންޒަވޭޓިވް (ޓޯރީސް) ޕާޓީން ވަނީ މި އެއްބަސްވުން އުވާލަން ބާންހަމްގެ ކިބައިން އެދިފަ އެވެ.

އެބޭފުޅުން މި އެއްބަސްވުން ސިފަކުރައްވަނީ އިނގިރޭސިވިލާތުގެ ސަރަހައްދެއް ދޫކޮށްލުން ކަމުގަ އެވެ.

"ޗާގޯސްގެ މައްސަލާގައި އަމާންދިނުމަކީ މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ އަބުރަށް ހުތުރުވި ކަމެއް. އަދި އަޅުގަނޑުމެންގެ ސަލާމަތާއި އެކުވެރި ގައުމުތަކުގެ ރައްކާތެރިކަން ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ،" އިދިކޮޅު ޕާޓީގެ ހިޔަނި ޑިފެންސް މިނިސްޓަރު ޖޭމްސް ކާޓްލިޖް ވިދާޅުވި އެވެ

އޭނާ ވަނީ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށާއި މިކަމުގައި ބޮޑުވަޒީރު ކޮންމެވެސް ވަރެއްގެ ހިތްވަރެއް ދައްކަވަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަނެއްކޮޅުން، 'ޔޫގަވް'  އިން ނެގި ހިޔާލު ހޯދުމަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތުގެ 72 ޕަސެންޓް މީހުން ގަބޫލުކުރަނީ ޗާގޯސްގެ ރައްޔިތުންނަށް އެމީހުންގެ ރަށްތަކަށް އަނބުރާ ދެވޭނެ ގޮތް ހަމަޖައްސަން މޮރިޝަސްއާ ރަށްތައް ހަވާލުކުރުމާ މެދު ގޮތެއް ނިންމަން  ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ.