ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުން ގެންދާ ހަމަލާތަކާއި ހޮރްމުޒް ކަނޑޮއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭން އީރާނުން އާ އުކުޅުތަކެއް ބޭނުންކުރަން ފެށުމުގެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފި އެވެ.
އަލް ޖަޒީރާއިން ރިޕޯޓްކުރި ކުރި ގޮތުގައި 37 ސެންޓް ނުވަތަ 0.35 ޕަސެންޓްގެ އިތުރުވަމަކާ އެކު ބްރެންޓް ކްރޫޑް ފީފާއެއް ގެ އަގު 106.06 ޑޮލަރަށް އަރާފައި ވާއިރު 93 ސެންޓް ނުވަތަ 1.01 ޕަސެންޓްގެ އިތުރުވުމަކާ އެކު ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފީފާއެއްގެ މިހާރު ވަނީ 95.09 ޑޮލަރަށް އަރައިފަ އެވެ. މިއީ ފާއިތުވި ތިން ހަފުތާފައި ވެސް މިވަރަށް އަގު އުފުލުނު ފުރަތަމަ ފަހަރެވެ.
ތެލުގެ ބާޒާރަށް އަންނަ ބަދަލުތައް ބަލައިދިރާސާކުރާ "ޕްރައިސް ފިއުޗާސް ގްރޫޕް" ގެ ސީނިއާ އެނަލިސްޓް ފިލް ފްލިން އަލް ޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި ތެލުގެ އަގު އުފުލުގެ މައިގަނޑު ދެ ސަބަަބަކީ ހޮރްމުޒްކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދެމުންދާ ހަމަަލާތަކާއި ޔަމަނުގެ ހޫތީން ސައުދީއަރަބިއްޔާއަށް ދެމުން ގެންދާ ހަމަލާތަކެވެ.
ހޮޒްމޫޒްކަނޑޮއުޅިން ދަތުރުކުރާ ކޮމާޝަލް އުޅަނދުފަހަރު ހުއްޓުވަން އާ އުކުޅުތައް ބޭނުންކުރާނެ ކަމަށް އީރާނުން މީގެ 10 ދުވަސްކުރިން ބުނިނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އެގައުމުން ހާމައެއް ނުކުރެ އެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަފެށުމުގެ ކުރިން ގަލްފުގެ ގައުމުތަކުން މަހަކު ތެޔޮބޭރުކުރާ ވަރަށް ވުރެ 81 ޕަސެންޓް އިތުރަަށް މިދިޔަ ސެޕްޓެމްބަރު މަހު ތެޔޮ ބޭރުކުރި އެވެ. އެކަމަކު އެމެރިކާއިން ހުރަސްއަޅާތީ އީރާނުން ތެޔޮ ބޭރުކުރުން މިދިޔަ މަހު ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ.
"ސާފުނުކުރާ ތެޔޮ ކުރިއަށް ވުރެ އިތުރަށް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމުގެ މާނައަކީ އިތުރަށް ތެޔޮ އުފެއްދުމެއްނޫން. ބާޒާރަށް ނެރުނު ތެލުގެ އެއް ބަޔަކީ ކުރިން ވެސް ލިބެން ހުރި ތެޔޮ. މިއީ ކުރިން ނަމަ ތެޔޮސާފުކުރާ ސަރަހައްދީ ކާރުހާނާތަކަށް ގެންދާނެ ތެޔޮ،" ފްލިން ވިދާޅުވިކަމަށް އަލް ޖަޒީރާގެ ރިޕޯޓްގައިވެ އެވެ.
ވަކި ގައުމެއްގެ މިލްކުވެރިކަން ނޯންނަ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ކަނޑުމަގުން އުފުލާ ތެލުގެ ފަސްބައިކުޅައެއްބައި ދަތުރުކުރާ މަގެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް މީގެ ހަތްމަސް ދުވަސް ކުރިން ހަނގުރާމަ ފެށުމާ އެކު، އިރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ނަމުގައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭން ފަށައިފަ އެވެ