13،000 ޑޮލަރުގެ ކަރަންޓް ބިލެއް ލިބުމުން ޖަގަންނާތު ޝެލްކެ ވަނީ ހަދާނެ ގޮތް ހުސްވެފައި.
12 މެއި 2018 - 12:24
މަހާރާޝްތުރާ (މެއި 12) - އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ގެއަކަށް 13،000 ޑޮލަރުގެ ކަރަންޓް ބިލެއް ފޮނުވުމުން އެ ގޭގެ ވެރި މީހާ އަމިއްލަ އަށް މަރުވެއްޖެ އެވެ.
ތަރުކާރީ ވިއްކާ މީހެއް ކަމަށްވާ ޖަގަންނާތު ޝެލްކޭ، 36، އަމިއްލަ އަށް މަރުވުމުގެ ކުރިން ކައިރީގައި ބާއްވާފައި ނޯޓުގައި ބުނެފައި ވަނީ ކަރަންޓް ބިލް ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އޮފިޝަލުން ބުނެފައި ވަނީ އެހާ ބޮޑު އަދަދެއްގެ ބިލެއް ފޮނުވުނީ އޮޅިގެން ކަމަށެވެ. އަދި އަސްލު ބިލުގެ އަދަދަކީ 2،800 ރުޕީސް (41.6 ޑޮލަރު) ކަމަށް ބުނެފައިވެ އެވެ.
ޝެލްކޭގެ އާއިލާގެ މެންބަރުން ބުނެފައި ވަނީ ކަރަންޓް ބިލް ބޮޑުވުމުން ޝެލްކޭ ވަނީ ސްޓޭޓުގެ އިލެކްޓްރިސިޓީ ބޯޑުގައި މައްސަލަ ޖައްސާފައި ކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަން އޭނާ އަށް އޮޅުން ފިލުވައިދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ނުބައި ބިލް ފޮނުވި އިލެކްޓްރިސިޓީ ބޯޑުގެ އޮފިޝަލާ ދެކޮޅަށް ފުލުހުން މިހާރު ވަނީ މައްސަލަ ޖައްސައިފަ އެެވެ. އެ އޮފިޝަލް ވަނީ އިލެކްޓްރިސިޓީ ބޯޑުން ވެސް ސަސްޕެންޑްކޮށްފަ އެވެ.
ޝެލްކޭ އަށް ކަރަންޓް ބިލަށް ޗާޖްކޮށްފައި ވަނީ "61178" ޔުނިޓަށެވެ. އެކަމަކު ބިލް ހަދަން ޖެހޭ އަދަދަކީ "6117.8" ޔުނިޓެވެ. މާޗު މަހުގެ ކަރަންޓް ބިލްގެ ގޮތުގައި ޝެލްކޭ އަށް ބިލް ލިބިފައި ވަނީ އެޕްރީލް މަހު ފަހުކޮޅު އެވެ.
ޝެލްކޭގެ ބޭބެއަކު ބުނެފައި ވަނީ ޝެލްކޭ މަރުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އޭނާ ފޯނުކޮށް ވަރަށް ބޮޑު ކަރަންޓް ބިލެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ބިލް ނުދައްކައިފި ނަމަ އޭނާގެ މުދާ ނަގާނެ ކަމުގެ އިންޒާރު އޮފިޝަލުން ދީފައިވާ ކަމަށް ޝެލްކޭ ބުނެފައިވާ ކަމަށް ވެސް އޭނާގެ ބޭބެ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
13 May 2018
އޮޅިގެން ކުރެވޭ ކަންތައްތައް އޮޅުންފިލުވުމުން ޙައްލުވާނެއެވެ. ނަމަވެސް ގަދަބާރުން ކަންކަން ކުރަންއުޅުމުން ފިތުނަ ފަސާދަ އުފެދޭނެއެވެ. ވާހަކަ ދައްކައިގެން ޙައްލު ނުވާނެ ކަމެއް ނޯންނާނެއެވެ. އެކަމަށް ބޭނުންވާނީ ވަގުތާ ކެތްތެރިކަމެވެ. އެއީ ދެރައްޓެހިން ކަމުގަވިޔަސް ދެމަފިރިންކަމުގަވިޔަސް ޢާއިލާ ތެރޭ ކަމުގަވިޔަސް އަދި ދެ ޤައުމުގެ ދޭތެރޭ ކަމުގަވިޔަސް މެއެވެ. އެކަމަކު ކަމަކަށް ކަޑައަޅާފަ އޮންނަ ޤާނޫނާ ޤަވާއިދު އޮއްވަ އެކަމެއް ނިންމަން ވިސްނަންވާނީ އެ ޤާނޫނަކާ ޤަވާއިދަުގެ ތެރެއިންނެވެ.
އިޙްސަ
13 May 2018
އަމިއްލައަށް މަރުވީމަ ވަކި މޮޅުތަކެއް ވާނެތަ. ނާތަހުޒީބު އީމާންތެރިކަމެއްނެތް ކެތްތެރިކަމެއްވެސް ނެތް. ބޮޑު ބިލެއް ލިބުމަކީ އަމިއްލައަށް މަރުވާންޖެހޭ ކަމެއްނޫން.
ޙަފްޞާ / މާލެ
12 May 2018
2015 ވަނައަހަރުގެ އޮގަސްޓް ގެ އަހުރެންގެ ގޭ ކަރަންޓްބިލް ލިބުނުއިރު 5013 ޔުނިޓް ބޭނުންކުރިކަމަށް ދައްކާ! ޔުނިޓްތަކަށް އެކިރޭޓުން އަގުހަދާފައިވާއިރު 16434.90 ރ ދައްކަން ޖެހޭކަމަށް އޮތް! ބިލް ލިބުމުން ސޮކެއްލިބުމުން ހާސްކަނޑާލާ ފައި އިންޖީނުގެޔަށް ގޮސް ބިލް ދެއްކުމުން ބަލާފަބުނީ އަޞްލު ޔުނިޓްގެ ޢަދަދަކީ 501.3 ކަމަށް! ބިލް ރަގަޅުކޮށްފައި އަލުން ދެދުވަސްފަހުން ފޮނުވިއިރު ދައްކަން ޖެހުނީ 1742ރ . ވީމާ ދިރިއުޅުމުގައި ދިމަވާ މިފަދަ ކަމަކާހުރެ އަމިއްލަޔަށް މަރުވުން އެއީ ދެދުނިޔޭން ގެއްލިދިޔުން!
ޝަރުމަން / ޕޮލީޕް
12 May 2018
އިންޑިޔާގެ މިހުންގެ ވ ނުބައި އާދަކާދަ ރާއްޖޭގަވެސް އާލާވެގެން މިއުޅެނީ. އަމިއްލައައް މަރުވުމާ، ގަޔަ ބޮލައް އެރުން
އަހުމަދުސ
12 May 2018
ހޭލުންތެރިކަންވެސް ކުޑަވީމަ މިހެންވަނީ
މައުލޫމާތ
12 May 2018
އަޅުގަނޑު ކަލްކިލޭޓްކުރީމަ އޮޅިގެން ހެދުނު ބިލަށް އަރަންޖެހެނީ 416 ޑޮލަރު. އެއީ އަސްލު ބިލަށްވުރެން 10ގުނަ ބޮޑު އަދަދެއް. ޔޫނިޓްވެސް ހުރީ 10ގުނަބޮޑުކޮށް.
އަލި
12 May 2018
ރޭޕިސްތާނުގައި އުޅެނީ ބޯހަމަ ނުޖެހޭ މީހުންނެވެ. މަރުވީމާ ހުރިހާ ކަމެއް ހައްލުވީ ކަމަށް އެމީހުން ހީކުރެތެވެ.
ޕިންކް ޑާންސް ޑާންސް
12 May 2018
މި ހިރީފެންވަރު އަދި ވެސް ފާޑު ފާޑު އެއްޗެއްސައް އަޅުކަންކުރޭ.
ފޮނިކަލޯ
12 May 2018
ރާއްޖޭގައިވެސް ތިކަން ވަރައްބޮޑައް ހިނގާ ސަރުކާރުގެ ނުފޫޒު ގަދަވީމަ ދެރަމީހާ ވަނީ ބިލު ދައްކާފައި މިދިޔަ ހަފުތާގައި ވވިލިމާލޭ ގެޔއެއްގެ ފެންބިލުގައިވަނީ 35.06ރު ބިލުފޮނުވިތާ 07ދުވަސްތެރޭ މި ބިލު ދެއްކީ ނަމަވެސް ޖެހިގެން އައި ދުވަހު ފެނު ގެ ޚިދުމަތް ވަނީ ކަނޑާލާފައި ގުޅީމަ ބުނީ އޮޅިގެންނޭ މިހުރީ ސަރުކާރުގެ މިކުންފިތަކުގެ ހާލު ހުރިގޮތް