ޖަކާޓާ (މެއި 26) - ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް ދޭ އަދަބު ހަރުކަށިކޮށް މަރުގެ އަދަބު ދޭ ގޮތަށް އިންޑޮނީޝިއާ އިން ނިންމައިފި އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ ވިދާޅުވީ ގާނޫނުތައް ހަރުކަށި ކުރަން ޖެހުނީ ކުޑަ ކުދިންނަށް ޖިންސީ ގޮތުން ކުރާ ގޯނާތައް ހުއްޓުވުމަށް ކަމަށެވެ. އަދި ބޮޑެތި ކުށް ކުށަށް ދޭން ޖެހޭނީ އެ ކުށަކާ އެއްވަރުގެ އަދަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް އިންޑޮނީޝިއާގައި މީގެ ކުރިން ދޭ އެންމެ ހަރުކަށި އަދަބަކީ 14 އަހަރަށް ޖަލަށްލުން.

އިންޑޮނީޝިއާގައި ދާދި ފަހުން ވެސް ވަނީ ގޭންގަކުން ކުޑަކުއްޖަކު ރޭޕްކުރުމަށް ފަހު މަރާލައިފަ އެވެ. ސުމަތުރާގައި މަރާލި ސްކޫލް ކުއްޖާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އޭގެ ފަހުން ވަނީ ގޭންގަކުން 18 އަހަރުގެ ކުއްޖަކު ވެސް ރޭޕްކޮށްލައިފަ އެވެ.

ސުމަތުރާގައި ރޭޕްކުރި ކުޑަ ކުއްޖާ އަށް މީޑިއާގެ ސަމާލުކަން ކުރިން ލިބިފައެއް ނުވޭ. --ފޮޓޯ:ބީބީސީ
ސުމަތުރާގައި ރޭޕްކުރި ކުޑަ ކުއްޖާ އަށް މީޑިއާގެ ސަމާލުކަން ކުރިން ލިބިފައެއް ނުވޭ. --ފޮޓޯ:ބީބީސީ

ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް އިންޑޮނީޝިއާގައި މީގެ ކުރިން ދޭ އެންމެ ހަރުކަށި އަދަބަކީ 14 އަހަރަށް ޖަލަށްލުމެވެ. ކުޑަ ކުދިން ރޭޕްކޮށްގެން މިހާރު ޖަލަށްލާފައިވާ މީހުން ދޫކޮށްލި ނަމަވެސް އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކޮށްގެން އެ މީހުން މޮނިޓާ ކުރަމުން ގެންދާނެ އެވެ.

ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އިންޑޮނީޝިއާ އިން ނިންމީ ރައީސްގެ ޚާއްސަ ގަރާރަކުންނެވެ. އެކަމަކު ފަހުގެ ތާރީޚެއްގައި ޕާލަމެންޓުން މި ނިންމުމަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.