ޑާކާ (އޮގަސްޓް 27) - ބަންގްލަދޭޝްގެ ކެފޭއަކަށް ޓެރަރިސްޓް ހަމަލާދީ 22 މީހުން މަރާލި ހާދިސާގެ ފަހަތުގައިވާ މީހާ ފުލުހުންގެ އޮޕަރޭޝަނެއްގައި މިއަދު މަރާލައިފި އެވެ.
ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސަންވަރު ހުސައިން ވިދާޅުވީ ތާމިން ޗައުދަރީ މަރާލާފައިވާ ކަމަށެވެ. އަދި މި ހަމަލާގައި އިތުރު ދެ ހަނގުރާމަވެރިއަކު ވެސް މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑާކާގެ ކެފޭ އަށް ޖުލައި 1 ގައި ދިން ހަމަލާ 12 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ފުލުހުން ކެފޭ އަށް ވަދެ 13 މީހުން ސަލާމަތްކޮށް، ހަނގުރާމަވެރިންގެ ހަ މީހުން މަރާލާ އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކެފޭ އަށް ފުލުހުން ވަނުމުގެ ކުރިން ވަނީ ރަހީނުންގެ 20 މީހުންނާއި ފުލުހުންގެ ދެ މީހުން މަރާލައިފަ އެވެ.
ތަމީމް ޗައުދަރީ އަކީ ބަންގްލަދޭޝްގައި މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ) ގެ ލީޑަރު ވެސް މެ އެވެ. ކެނެޑާގައި ދިރިއުޅުމަށް ފަހު ޗައުދަރީ ބަންގްލަދޭޝް އަށް އެނބުރި ދިޔައީ 2013 ވަނަ އަހަރު އެވެ.