06 ޑިސެމްބަރ 2019 - 11:59
ރިޔާޒް (ޑިސެމްބަރު 6) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ އިނީޝަލް ޕަބްލިކް އޮފާރިން (އައިޕީއޯ) އަކީ ދުނިޔޭގެ އެންމެ ބޮޑު އައިޕީއޯ އަށް ވެ ރެކޯޑެއް ހަދައިފި އެވެ.
އަރާމްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިޕީއޯގައި 32 ރިޔާލް (8.53 ޑޮލަރު) އަށް ހިއްސާއެއް އަގުކޮށްގެން 25.6 ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށެވެ. މިއީ 2014 ވަނަ އަހަރު ޗައިނާގެ އަލީބާބާ ނިއު ޔޯކް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްގެން ހޯދި 25 ބިލިއަން ޑޮލަރުގެ ރެކޯޑް މުގުރާލި އަދަދެކެވެ. އެ ލެވެލް އަށް ބަލާނަމަ އަރާމްކޯގެ އަގު 1.7 ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ. އެއީ ވެސް ރެކޯޑެކެވެ. ލިސްޓްކޮށްފައިވާ އެންމެ އަގު ބޮޑު ކުންފުނި ކަމަށްވާ އެޕަލް އަށް ވުރެ އަރާމްކޯގެ އަގު އެރީ އެވެ.
އަރާމްކޯގެ 1.5 ޕަސެންޓް ހިއްސާ ވިއްކީ ސައުދީގެ ފަރާތްތަކާއި ސަރަހައްދީ އިންވެސްޓަރުންނަށެވެ. އަރާމްކޯ އިން ބުނީ މި ވަގުތު ލިސްޓް ކުރާނީ ތަދައްވުލް (ސައުދީ ސްޓޮކް އެކްސްޗޭންޖް) ގައި އެކަނި ކަމަށެވެ. އަދި އިންޓަނޭޝަނަލް ލިސްޓިންއާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ކުންފުނިތަކުގެ ތެރޭން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދާފައި ވަނީ އަރާމްކޯ އެވެ. ކުންފުނީގެ އެކައުންޓްތަކާ ބެހޭ މައުލޫމާތު ފުރަތަމަ ފަހަރަށް ހާމަކުރިއިރު އަރާމްކޯ އަަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 111.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ޓެކްސް އަށް ނުކަނޑާ އަރާމްކޯގެ އާމްދަނީ އަކީ 224 ބިލިއަން ޑޮލަރެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފަސް ތެޔޮ ކުންފުނީގެ ފައިދާއާ ނުބައްދަލު އަދަދެކެވެ. އެމެރިކާގެ ތެޔޮ ކުންފުނި ޝެވްރޮން އާއި އެގްޒޮން މޯބިލް، އިނގިރޭސި ވިލާތުގެ ބީޕީ، އިނގިރޭސި ވިލާތާއި ހޮލެންޑުގެ ރޯޔަލް ޑަޗް ޝެލް އަދި ފްރާންސްގެ ޓޯޓަލް ކުންފުނީގެ ސާފު ފައިދާ އަކީ 80 ބިލިއަން ޑޮލަރެވެ. ފަސް ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ އަކީ 359.9 ބިލިއަން ޑޮލަރެވެ. އެމެރިކާގެ ޓެކް ކުންފުނި އެޕަލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ އަކީ 50 ބިލިއަން ޑޮލަރެވެ.
އަރާމްކޯ އިން މިދިޔަ އަހަރު އެވްރެޖްކޮށް ވަނީ 10.3 މިލިއަން ފީފާ ތެޔޮ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސާނާ
07 December 2019
މޮޅު ތަންކޮޅަކީ މި ހުރިހާ ފައިދާއެއް، ކިންގާ އޭނަގެ ދަރިން ޖީބަށް، ރައްޔިތުންނަށް މިދެނީ ޕީނަޓް،
ާހަމަހަމަ
08 December 2019
ސައުދީ ޢަރަމްކޯ އަކީ އަރަމްކޯގެ ސައުދީ ގޮފި. ޢަރަމްކޯގެ ފުރިހަމަ ނަމަކީ އެރެބް-އެމެރިކަން-ކޮންޕެނީ. މި ކުންފުންޔަކީ މެދުއިރުމަތީ އެކި ގައުމުތަކުގަ އެމެރިކާއިން ކުރާ ވިޔަފާރިއެއް. ބޮޑު ހިއްސާގެ ސަބަބުން ފައިދާ ލިބެނީ އެމީހުންނަށް. ސިޔާސީ އެކި ގޮތްގޮތުން (ކޮރަޕޝަނާ ހަނގުރާމައާ ދާހިލީ ހަމަނުޖެހުމުން) އެމީހުން މަންފާ ހޯދަނީ. ޜުޅި ތި އަމާޒު ކުރެވެނީ އަސްލު ރައްދުވާންޖެހޭ ފަރާތަކަށް ނޫން މުޅިއަކުން.
އަދްރެހިމް
06 December 2019
މިއީ ރައިސް ޔާމިން ގެންގުޅޭ ކަހަލަ މޮޅު އިކޮނޮމިކް ވިސްނުމަކުން ސަައުދީގެ އަރާމްކޯ ހޯދި ކާމިޔާބީ އެއް. ދިވެހިން ނައް ގެއްލި ގެން އެދިޔައީ މީން ދުވަހަކު ދުނިޔެ ދެކި ފައި ނުވާވަރުގެ ވަރުގަދަ އިގުތިސާދީ މާހިރެއް. ދުނިޔެ ދެކިފައި ނުވާވަރުގެ މޮޅު އިކޮނޮމިސްޓެއް.
12ގަނޑު ޓިނު
06 December 2019
މިވަރުގެ ދޮގެއް މީހަކައް ހެދޭނީ..
އެންދެރި
06 December 2019
ހިއްސާ ވިއްކުމަކީ ކުންފުނި ދަރަނި ވެރި ވުމަށް މަގުފަހިވާ ކަމެކެވެ.
ޙަލަލް
07 December 2019
ތިއޮތީ އެނގިފަ. ކާކުގެ ތިޔަރީއެއް ތިޔައީ. ފުރަތަމަ ހިއްސާ އާ ދަރަނީގެ ތަފާތު ބުނެދީބަލަ.
ވޫޓް
07 December 2019
އެންދެރި. ނޭންގޭއިރު ކޮމަންޓު ނުކޮށްބަލަ. ހެޔޮނުވާނެ.
އާދަމް ބާއީ
06 December 2019
ސާފުކޮށްދީބަލަ ހިއްސާވިއްކާ ސަބަބެއް؟
falcon_autho
06 December 2019
ހިއްސާ ވިއްކަނީ އެތަނެއްގެ ކޭޝްފްލޯރގައި ކަމަކަށް އިންވެސްޓް ކުރާނޭ މިންވަރަށް ނުވަތަ އެތަނެއްގެ ޚަރަދުތައް ބޮޑުވެގެން ޚަރަދުތަކަށް ފައިސާ ހޯދައިގެން މަންފާ ހޯދޭތޯ ބަލަން. މާނައަކީ އަރަމްކޯގައި ފައިސާ ނެތިގެން ފައިސާ ހޯދުމަށް ނުއަގުގައި އެސެޓް އަގުކުރީއޭ.
މެތެމެޓިކް
08 December 2019
އެހެންވިއްޔާމު ދުނިޔޭގައި ހިއްސާވިއްކައިގެން މިއުޅޭ މުއްސަދި ކުންފުނިތަކަކީ ފަގީރުބައެއްތާ! އިހައްދުވަހު އިސްލާމިކުބޭންކުން މިކުރީ ކޮންކަމެއްބާ؟
1234
06 December 2019
ތިގެން ހިއްސާކޮޅެއް ދިވެހި ދައުލަތުގެ ދަރަނި ފޫބައްދާލަން ގަންނަންވީދޯ!