އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ސުލްހައިގެ ޕްލޭން އިއުލާނުކުރެއްވި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިޒްރޭލާއި ފަލަސްތީން ވަކި ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ޕްލޭނަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ދެކޮޅު ހަދައިފި އެވެ.
ޕްލޭނަށް އިޒްރޭލުން ވަރަށް ބޮޑަށް ތާއީދުކޮށްފައި ވަނިކޮށް އީޔޫން ދެކޮޅު ހެދުމާ އެކު އިޒްރޭލް ވަނީ ރުޅިގަދަވެފަ އެވެ.
މިދިޔަ ހަފުތާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ޓްރަމްޕް އިއުލާނުކުރެއްވި ޕްލޭނަށް ފަލަސްތީނުން ވަނީ ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށް ބުނެފަ އެވެ. އެކަމަކު އީޔޫ އިން މިހާތަނަށް އެއްޗެއް ނުބުނެ އޮތީ އެ ޖަމާއަތުގެ 27 މެންބަރުން އެއްތަންވެ ގައުމުތަކުން އެއްބަސްވާ ގޮތެއް ކަނޑަނޭޅިގެންނެވެ.
އީޔޫގެ ބައްދަލުވުމަށް ފަހު އެ ޖަމާއަތުގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވިދާޅުވީ ޓްރަމްޕުގެ ޕްލޭނަކީ "ބައިނަލްއަގުވާމީ އެއްބަސްވުންތައް ދޫކޮށްލުން" ކަމަށެވެ.
"ދާއިމީ ސުލްހައެއް ގާއިމުކުރެވޭނީ މިކަމުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ސީދާ މަޝްވަރާތައް ކޮށްގެން،" ބޮރެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރާއިރު އެ ދައުލަތުގެ އިން ކަނޑައެޅުމާއި ގުދުސްގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަކީ އަދިވެސް ހައްލު ނުވެ ހުރި ބޮޑެތި މައްސަލަތައް ކަމަށާއި މި ކަންކަމާ އެންމެން އެކުގައި މަޝްވަރާކުރަންޖެހޭ ކަމަށެވެ.
ބޮރެލް ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ އިމެއް ކަނޑައަޅަން އަމިއްލަ އަށް ކުރާ ކަންކަމާ ދެކޮޅަށް ނުކުންނާނެ މީހުން ތިބޭނެ ކަމަށެވެ.
މި ވާހަކަތަކަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޓްވީޓަކުން ރައްދު ދެއްވަމުން ވިދާޅުވީ ބޮރެލްގެ ބަސްމަގު ހުރީ ބިރު ދެއްކުމުގެ ރާގުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސުލްހަޔަށް މަސައްކަތްކުރާއިރު އީޔޫ އިން މިފަދަ ވިސްނުމާއި ސިޔާސަތު ގެންގުޅޭ ނަމަ ސުލްހަޔަށް އެޅޭނީ ހުރަސް ކަމަށެވެ.
ފަލަސްތީނުން ކުރިން ބުނެފައި ވަނީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭނުގައި ވަނީ އިޒްރޭލުގެ އިސްތިއުމާރާއި ފަލަސްތީނުގެ ބިންތައް ފޭރިގަތުން ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގެންފައި ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަލީ އީމަން
05 February 2020
ސުލްހަޔަށް އެޅޭ ހުރަހަ އަކީ އިޒްރޭލު، މުޅި ދުނިޔެ ސުލްހަ-މަސްލަހަތު ނަގާލާ ގައުމަކީ އިޒްރޭލު، އަދި އިޒްރޭލު ދެކެށް ރުޅިއަންނަ ގައުމުތަށް، އެމެރިކާ އިނގިރޭސި ޝާހީ އާއިލާ ނަގާފާ، މުޅި ދުނިޔެ ނަފްރަތް ކުރޭ ކަލޭމެނަށް!
ނަރެންދުރަ ނަޝީދު
05 February 2020
އަދި އިތުރުކޮށްލާ އަހަރެމެންގެ އިންޑިޔާ ވެސް
ޢަލީ ސޯ
05 February 2020
އަދިވެސް މި ދެ މީހުން މަރެއް ނުވޭ ދޯ..؟