ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްވިޓާ އިން ޓްރަމްޕް ދާއިމަށް ސަސްޕެންޑްކޮށްފި

ޓްރަމްޕް ޓްވިޓާ ބޭނުންކުރައްވަނީ ނަފުރަތު އުފައްދަން ކަމަށް ބުނެ މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލަންޖެހޭ ކަމަށް ބުނެފަ

ޓްވިޓާ އިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޕްލެޓްފޯމުން ދާއިމަށް ސަސްޕެންޑްކޮށްފައި

09 ޖެނުއަރީ 2021 - 09:11

4 comments

އެމެރިކާގެ ރިއާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމުން ވެސް ބަލި ގަބޫލު ނުކުރައްވައި ނަތީޖާއާ މެދު ޝައްކު އުފައްދަވަމުން ގެންދަވާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ފަހު ޓްވިޓާ އިން ޓްރަމްޕް ދާއިމަށް ސަސްޕެންޑްކޮށްފި އެވެ.

މިގޮތަށް މި ނިންމީ ޓްރަމްޕުގެ ގޮވައިލެއްވުމަކަށް އޭނާގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ އެތަނަށް ގެއްލުންދީ ހިންގި ހަމަނުޖެހުންތަކަށް ފަހު ވަގުތީ ގޮތުން އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކުރުމަށް ފަހުގަ އެވެ. އެއީ ޓްވިޓާގެ އުސޫލުތަކާ ޓްރަމްޕް ވަރަށް ބޮޑަށް ޚިލާފުވެ ވަޑައިގެން ހަމަނުޖެހުމަށް ހިތްވަރުދޭ ލިޔުންތަކާއި ވީޑިއޯތައް ވެސް އާންމުކުރައްވާ ކަމަށް ބުނެ އެވެ.

ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ވާހަކަތައް ޓްވިޓާ މެދުވެރިކޮށް އާންމުކުރައްވާ ޓްރަމްޕް އެ ޕްލެޓްފޯމުން ސަސްޕެންޑުކޮށް ޓްވިޓާ އިން ބުނީ މިގޮތަށް ނިންމީ ޓްރަމްޕް އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓްތަކާ މެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.

ޓްރަމްޕް ޓްވިޓާ ބޭނުންކުރައްވަނީ ނަފުރަތު އުފައްދަން ކަމަށް ބުނެ މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލަންޖެހޭ ކަމަށް ބުނެފަ އެވެ. މިކަމުގައި ޓްވިޓާ އިން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ ހެދި ފަހުން ވަނީ ޓްރަމްޕުގެ ބައެއް ޓްވީޓައް ނުފެންނަ ގޮތް ހަދައި އަދި ޓްވީޓްތަކާ އެކު ޓްވިޓާގެ ނޯޓެއް ވެސް ފެންނަ ގޮތަށް ހަދައިފަ އެވެ.

ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޝްހޫރު އެތައް ބަޔަކު ވަނީ އެމެރިކާގެ ހަމަނުޖެހުންތަކަށް ފަހު ޓްވިޓާ އިން ޓްރަމްޕަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ވެސް އިއްޔެ ވަނީ ޓްވިޓާގައި ޓްރަމްޕް ދައްކަވާ އަނިޔާވެރިކަމާ ހެދި އޭނާ ދާއިމަށް ޓްވިޓާ އިން ސަސްޕެންޑްކުރުމަށް ގޮވާލައްވައިފަ އެވެ.

ޓްރަމްޕުގެ އިތުރުން އޭނާގެ ނުފޫޒު ގަދަ އެހެން ބައެއް ސަޕޯޓަރުން ވެސް ޓްވިޓާ އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޓްރަމްޕާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އޭނާ މީގެ ކުރިން ވަނީ ޓްވިޓާ އާއި ސޯޝަލް މީޑިއާގެ އެހެން ކުންފުނިތަކުގެ ނުފޫޒު ކަނޑުވާލަން ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޓްވިޓާގެ އިތުރުން ފޭސްބުކުން ވެސް ވަނީ ޓްރަމްޕްގެ ރިއާސީ ދައުރު ނިމެންދެން އޭނާގެ އެކައުންޓުން އިތުރަށް އެއްވެސް ޕޯސްޓެއް ނުކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ ވެސް ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

4 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 16%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދޫ

10 January 2021

މިހާރު ގެ އާ ޔޫ އައި ވަރަށް ހިއްގައިމު. ސާފު އަދި ލޭޓާރ ސްޕޭސިންގް އާ ހެދި ކިޔާލަން ފަސޭހަ. އަދި ކުޑަކޮށް ލޯޑުވާލޭ ސްލޯ ކަނނޭގެ. އެކަން ފިކްސް ކޮށްލަ ދެއްވުން އެދެން. އާނ ދެން މި ގައުމުގަވެސް އުޅޭ އެހެން ގައުމުގެ އިއްޒަތް ތެރިން އާއި ދިމައިލަ އެއެއް މިޔެއް ނުބަލާ ޓުވީޓު ކުރާ ބޭފުޅެއް. އެބޭފުޅާ އަތުން ވެސް ޓުވިޓާ ނުލިބޭ ގޮތައް އަތުލަން ވެއްޖެ. ދިވެހިންގެ ސަލާމަތައް ޓަކައި.

The name is already taken The name is available. Register?

ބޯހަލާކުބޭ

09 January 2021

ތިހެން ތިޔަ އެއްޗަކުން ބޭރުކުރަންވެފައި ހުރި މީހަކު މިގައުމުގައި ވެސް އެބަހުންނެވި. އެކަމަކު އެއީ އެމެރިކާ މީހަކަށް ނުވެފައި އެމެރިކާ ބޭނުންވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ތިބޭ އެފާޑުގެ ގަމާރު މީހުން ލައްވައި އެ ގައުމުތަކުގައި ހަމަނުޖެހުން ހިންގަން ކަމަށްވާތީ ދޫވެފައި އެހުރީ.

The name is already taken The name is available. Register?

ޅަބޭ

09 January 2021

އަދި ހަމަ އެހެންމެ ޓުވިޓާއިން "އެލެކްސް އަހުމަދު"ގެ ޓުވިޓާ އެކައުންޓުވެސް ދާއިމައް ސަސްޕެންޑު ކޮއްލަދެއްވުން އެދެން.

The name is already taken The name is available. Register?

ޓުރަމް ޕޭ

09 January 2021

އެއީ މާބޮޑު ކަމެއްތަ! ދެން ޓުވިޓާ ބޭނުން ކުރާނީ އެލެކުސް ނަމުން އެނގިއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454