ފެތުނު އިންޑޮނީޝިއާގެ ސަބްމެރިން ކަނޑު އަޑީގައި. --ފޮޓޯ:އޭއެފްޕީ
04 މެއި 2021 - 15:01
ޖަކާޓާ (މެއި 4) - ކަނޑު އަޑިއަށް ފެތިފައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނެގުމުގައި އެހީތެރިވުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބާލީ އަށް ހިނގައްޖެ އެވެ.
ބާލީގެ އައްސޭރިން ބޭރުން 53 ފަޅުވެރިންނާ އެކު ފެތިފައި އޮތް ކޭއާރްއައި ނަންގަލަ 402 ސަބްމެރިން ތިން ބުރިވެފައިވާކަން އެނގުނީ ސިންގަޕޫރުގެ ޚާއްސަ އުޅަނދަކުން ނެގި ފޮޓޯތަކުންނެވެ. ޗައިނާގެ ބޯޓުތައް އިންޑޮނީޝއާ އަށް ދިޔައީ އެ މަސައްކަތުގައި އުޅުނު ސިންގަޕޫރު، މެލޭޝިއާ އަދި އޮސްޓްރޭލިއާގެ އުޅަނދުތައް ބާލީން ފުރުމާ ގުޅިގެންނެވެ.
ޗައިނާގެ ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް ބާލީގައި މިހާރު ބަނދަރުކޮށްފައިވާއިރު ތިން ވަނަ ބޯޓު މިއަދުގެ ވަގުތެއްގައި ބާލީ އަށް ދާނެ އެވެ. އެ ތިން އުޅަނދުން 4،500 މީޓަރަށް ޑައިވް ކުރެވޭނެ އެވެ.
ސަބްމެރިން ނެގުމަށް ބޭނުންކޮށްފާނެ އެއްގޮތަކީ ވަރަށް ބާރުގަދަ ދަގަތްފާނާއި އެއާ ބެލޫން ބޭނުން ކުރުމެވެ. ނަމަވެސް ސަބްމެރިން ނަގާނެ ގޮތަކާއި ނަގާނެ ވަގުތެއް އަދި މުޅިން ނުނިންމާ ކަމަށް ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މާގޮނޯ ކުރިން ވިދާޅުވެފައިވެ އެވެ.
ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިން އޮތީ 800 މީޓަރު (2،600 ފޫޓު) އަޑީގަ އެވެ. އިންޑޮނީޝިއާގެ ސަބްމެރިން ފްލީޓުގައި ހިމެނޭ ފަސް އުޅަނދުގެ ތެރޭގައި ހިމެނޭ ސަބްމެރިން ގެއްލުނީ މީގެ ދިހަ ވަރަކަށް ދުވަސްކުރިންނެވެ. އިންޑޮނީޝއާ އަށް 1981 ވަނަ ގެނެސްފައިވާ ސަބްމެރިން ފެތުނު ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނެތް
05 May 2021
ހާދަހާ ކަންނެތޭ. ކައިފަ އޮތް ސަބްމެރިން ގަނޑެއް މޫދަށް ވެއްޓުނީމަވެސް ޗައިނާ މީހުން ތަ އެ ވެސް ނަގައިދޭން ޖެހެނީ؟
ގެދާނޯމޮސް
04 May 2021
ޓެކްނޮލަޖީގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރާނެ ގޮތެއް ހޯދުމަށްވުރެން މޮޅާއި ކާމިޔާބު ހޯދަން އުޅުނީމާ ވާގޮތެވެ. ގައިމު ވާ އެއްކަމަކީ ކަނޑުވެ ގެނބި މަރުވެ ދިޔަ އެ 53 ފުރާނަ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ވާނޭކަން ކަށަވަރީ ސުވަރުގެ ވަންތަވެރީންނަށެވެ. ޢެއީ އެބަޔަކަށް ﷲ ކަނޑައެޅި ނިޔާކުރެއްވި ގޮތެވެ. ދުނިޔެއިން އެބަޔަކާއި އެކު ވާނޭކަން ކަށަވަރީ އެބަޔަކު ދެކެ އެންމެ ލޯބިވާ ވަފާތެރިވި ބަޔެކެވެ.
ކަންނެތް
05 May 2021
ހަމަ ގެދާނޯމޮސް އަށް. ކިހިނެތް އިިނގެނީ މަރުވި 53 މީހުންނަކީ މުސްލިމުން ކަމެތް؟ ކިހިނެތް އެނގެނީ އެ މީހުންނަށް ލިބޭނީ ސުވަރުގެ ކަމެއް؟