ދުނިޔެ / އިންޑިއާ

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވާމީހުންގެ ހަށިތައް ކޯރުތަކަށް އަޅާ މައްސަލަ ބޮޑުވެއްޖެ

އިންޑިއާގެ ކޯރަަކަށް އުކާލާފައިވާ ހަށިތަކެއް ނެގުމުގެ މަސައްކަތް އާއްމުންގެ ބަޔަކު ކުރަނީ. ފޮޓޯ: އިންޑއާ ޓުޑޭ

ކޮވިޑް-19 ޖެހިގެން އިންޑިއާގައި މަރުވާ މީހުންގެ ހަށިތައް ކޯރުތަކަށް އަޅާ މައްސަލަަ ބޮޑުވެފައިވާ ކަން ބައިނަލްއަގުވާމީ މީޑިއާއަަށް ފަޅާއަރައިފި އެވެ.

ރޮއިޓާސްް އިން ބުނީ މަރުވާމީހުންގެ ހަށިތައް ކޯރުތަކަށް އުކާކަން އެނގުނީ އެ މައްސަލަ ބޮޑުވެގެން، ސަރަހައްދީ ސަރުކާރަކުން ޑިސްޓްރިކްޓްތަކަށް ފޮނުވާފައިވާ ސިޓީއަކުން ކަމަށެވެ. ރޮއިޓާސްއަށް ލިބުނު އެ ސިޓީ އަކީ އާއްމުންގެ މެދުގައި ދެކެވޭ އެ ވާހަކަ ރަސްމީ ސިފައެއްގައި ގަބޫލުކުރި ފުރަތަމަ ފަހަރެވެ.

މަރުވެ ކުނިވެފައިވާ މީހުންގެ ހަށިތައް ގަންގާ ކޯރުގައި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުވުުމުން އިންޑިއާގެ އާއްމުންނަށް ބޮޑު ޝޮކަކަށް އެކަން ވެފައި ވިޔަސް އިދާރާތަކުން މީގެ ކުރިން ދިޔައީ އެ ވާހަކަ ދޮގުކުރަމުންނެވެ. އެކަމަކު ސްޓޭޓް އޮފިޝަލެއް ކަަމަށްވާ މަނޯޖްކުމާރު ސިންގް ޑިސްޓްރިކްޓްތަކުގެ ވެރިންނަށް މިދިޔަ ހުކުރުދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި އޮތީ ކޮވިޑް-19 އާއި އެހެން ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ހަށިތައް ރަނގަޅު ގޮތުގައި ނައްތައިލުމުގެ ބަަދަލުގައި ކޯރުތަކަށް އަޅާކަމުގެ މައުލޫމާތު އެބަހުރި ކަަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ތަންތަނަކުން ދަނީ އެހަށިތައް ފެންނަމުންނެވެ،" ސިންގްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެއީ ސައްހަ ސިޓީއެއްކަން އޭނާ ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ކޯރަށް އަޅާފައި ހަށިތަކުގެ ތެރޭގައި ކޮވިޑްގެ މީހުން ހިމެނޭ ކަމަށް މައުލޫމާތި ލިބިފައި ވިޔަސް ގާޒީޕޫރުން ފެނުނު ހަށިތަކެއްގެ އޮޓޮޕްސީ ހެދި އިރު އެއީ ކޮވިޑަށް ޕޮޒިޓިވް ބައެއް ކަމަށް ޓެސްޓްތަކުން ނުފެންނަ ކަމަށެވެ.

"ހަށިތައް ހުރީ ކުނިވެފައި. އެހާލަތުގައި ކޮރޯނާ [ވައިރަހަށް] ޕޮޒިޓިވްކަން އެނގިދާނެކަމެއް އަޅުގަނޑަކަށް ޔަގީނެއް ނޫން،" ރޮއިޓާސްްއަށް ފޮނުއްވި މެސެޖެއްގައި ސިންގް ވިދާޅުވެފައިވެ އެވެ.

ކޯރުތަކުން ހަށިތައް ފެންނަ ސަބަބުތައް ކަމަށް ވެދާނެ ކަންތައްތަކެއް ސިންގުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. އޭގެ ތެރޭގައި ޖަނާޒާގެ ކަންތައް ރަނގަޅަށް ކުރެވޭ ވަރަށް ފައިސާ ނެތުމާއި ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ކޮވިޑް ދެކެ ގަންނަ ބިރަކުން، މަރުވާ މީހުންނަށްް އަޅައިނުލުން ފަދަ ސަބަބުތައް ހުރެދާނެ ކަމަށްް އޭނާ ވިދާޅުވެފައިވެ އެވެ.

އަވަށްތަކުގެ ވެރިންނަށް އޭނާ އަންގަވާފައި އޮތީ ކޯރަކަށް ގަބުރެއް އެއްލައި ނުލާކަން ކަށަވަރުކުރުމަށެވެ. ޖަނާޒާ ބާއްވަން ސަރަހައްްދީ ސަރުކާރުން ކޮންމެ ހަށިގަނޑަކަށް 5،000 ރުޕީސްގެ ރޭޓުން ފައިސާ ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަށިތައް ކޯރަށް އުކާ މައްސަލަ ފެންމަތިވި އިރު އިންޑިއާގައި ކޮވިޑް ޖެހިގެން ދުވާލަކު މަރުވާ މީހުންގެ އަދަދު ހުރީ 4،000 އަށް ވުރެ މަތީގަ އެވެ. އެހެންވެ މީހުން ވަޅުލާ ތަންތަނާއި އަންދާ ތަންތަނުގައި ގަބުރުތައް ތޮއްޖެހިފައި އެބަ ހުއްޓެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރެއިން 2،000 މީހެއްގެ ހަށިތައް ކޯރުން ފެނިފައިވާ ކަަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން އުއްތަރު ޕްރަދޭޝްގެ ސަރަަހައްދީ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ސްޓޭޓްގެ ސަރުކާރުގެ ތަރުޖަމާނު ނަވްނީތު ސެގާލް ވިދާޅުވީ އެކި ފަހަރު މަތިން 10 ހަށިގަނޑު ނުވަތަ 20 ހަށިގަނޑު ފެނުމަކީ އެކަމަކު ހިނގަމުންދާ ކަމެއް ކަމަށެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454