ކޮލަމްބޯ (ޖޫން 5) - ސްރީ ލަންކާގެ މާލީ ވަޒީރު ރަވީ ކަރުނަޔަކަގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ލާފައިވާ ވޯޓާ ގުޅޭ ގޮތުން ސަރުކާރު ކޯލީޝަނުގެ ޕާލަމެންޓްރީ ގްރޫޕުން މާދަމާ މަޝްވަރާ ކުރާނެ ކަމަށް ލަންކާގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.
ވޮކޭޝަނަލް ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު މަހިންދާ ސަމަރަސިންހާ ވިދާޅުވީ ރިޔާސީ ސެކްރެޓޭރިއަޓުގައި ބާއްވާ ޕާލަމެންޓްރީ ގްރޫޕުގެ މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށެވެ.
ސަމަރަސިންހަ ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި ފާސްވެއްޖެ ނަމަ އެ ވަޒީރަކު ޖެހޭނީ މަގާމުން އިސްތިއުފާ ދޭން ކަމަށެވެ.
މާލީ ވަޒީރު ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން ޕާލަމެންޓުގައި މަޝްވަރާ ކުރާނީ ބުދަ ދުވަހު. މާލީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅު 37 މެންބަރުންގެ ސޮޔާ އެކު ޕާލަމެންޓަށް ހުށަހެޅީ މާޗް 24 ވަނަ ދުވަހު. ލަންކާގެ އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ ގައުމުގެ މާލީ ހާލަތު މިހާ ބޮޑަށް ދަށަށް ގޮސް ގައުމު ދަރަނިވެރިވާ ހިސާބަށް ދިޔައީ ކަރުނަނަޔަކަގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް.
"މާލީ ވަޒީރަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ކަމަށް ގަބޫލް ކުރެވޭ ނަމަ އަޅުގަނޑުމެންނަކަށް ވެސް މާގިނަ ދުވަހަކު ސަރުކާރުގައި ނުތިބެވޭނެ. އެކަމުގައި އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް އެބައޮތް،" ސަމަރަސިންހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ވަޒީރު މަގާމުން ދުރުކުރުމާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް މާދަމާގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.
އަނެއްކޮޅުން މާކްސިސްޓް ޕާޓީން ބުނެފައި ވަނީ ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން އެ ޕާޓީން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
މާލީ ވަޒީރު ކަރުނަނަޔަކަގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން ޕާލަމެންޓުގައި މަޝްވަރާ ކުރާނީ ބުދަ ދުވަހު އެވެ. މާލީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅު 37 މެންބަރުންގެ ސޮޔާ އެކު ޕާލަމެންޓަށް ހުށަހެޅީ މާޗް 24 ވަނަ ދުވަހު އެވެ. ލަންކާގެ އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ ގައުމުގެ މާލީ ހާލަތު މިހާ ބޮޑަށް ދަށަށް ގޮސް ގައުމު ދަރަނިވެރިވާ ހިސާބަށް ދިޔައީ ކަރުނަނަޔަކަގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.