ކުޅިވަރު / އާސެނަލް

އޮޒިލް ޓީމަށް ނަގަން އާސެނަލް ކުޅުންތެރިން އެދެނީ

02 ޖެނުއަރީ 2021 - 10:35

1 comments
happy icon 84%

ލަންޑަން (ޖެނުއަރީ 2) - އާސެނަލުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން ބާކީކޮށްފައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ސްކޮޑަށް އަލުން ނަގަން އެ ޓީމުގެ ބައެއް ކުޅުންތެރިިން ކްލަބްގެ ކޯޗު މިކޭލް އާޓެޓާ ގާތުގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މިދިޔަ މާޗް މަހު ހަތް ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ދުވަހަށް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ހުއްޓާލުމަށް ފަހު އަލުން ފެށި ފަހުން އާސެނަލްގެ ޓީމުން އޮޒިލަށް ފުރުސަތެއް ނުލިބެ އެވެ. ކުރިން ޓީމުގެ ބެންޗުން ފުރުސަތު ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގު ސްކޮޑުން ބާކީކުރުމުން އޮޒިލް މިހާރު ކުޅެން ޖެހިފައިވަނީ 23 އަހަރުން ދަށުގެ (ރިޒާވް ޓީމު) އަށެވެ.

ދާދި ފަހުން އޮޒިލް ވަނީ ކްލަބަށް ދިމާވެފައިވާ ހާލަތުން އަރައިގަންނަން އެހީވެދޭން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ބޭއްވި އާސެނަލްގެ ފަރިތަކުރުންތަކުގައި އޮޒިލްގެ މަސައްކަތުގެ ރޭޓު ރަނގަޅުވެފައިވާއިރު، އެކަން ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފާހަގަކުރެވިގެން އެ ވާހަކަތައް އާސެނަލް ކޯޗު އާޓެޓާ އަށް ހިއްސާކޮށް އޮޒިލް ޓީމަށް ނަގަން ވަނީ އެދިފަ އެވެ.

އެންމެ ފުރަތަމަ ޓީމުން ބާކީކުރި މައްސަލައިގައި އޮޒިލް ބުނީ އެނގިގެން ދިޔައީ ކްލަބަށް ވަފާތެރިވުމުގެ ފައިދާއެއް ނުލިބުނުކަން ކަމަށެވެ. އޮޒިލްގެ އެ ވާހަކަތަކަށް އާޓެޓާ ވަނީ ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖަވާބުދީފަ އެވެ. އާޓެޓާ ބުނީ އޭނާ އަށް ވީ ވަރަކުން އޮޒިލަށް ފުރުސަތު ދިން ކަމަށެވެ. މި ސީޒަނުގެ ނިޔަލަށް އާސެނަލްގެ ކޮންޓްރެކްޓްގައި ހުރި އޮޒިލް އެ ކްލަބުން ބޭނުންވާ އެހެން ޓީމަކާ ގުޅެން ދެކޮޅު ހަދަމުން އަންނައިރު އޭނާ ހޯދަން މަސައްކަތްކުރާ އެހެން ޓީމުތަކުގެ ހުށަހެޅުންތަކަށް ވެސް ވަނީ ފުރަގަސްދީފަ އެވެ.

އާސެނަލްގައި ހަފްތާ އަކު 350،000 ޕައުންޑް ލިބޭ ކޮންޓްރެކްޓެއްގައި ހުރި އޮޒިލް ބުނީ އޭނާ އާސެނަލް ޓީމުން ފުރުސަތު ހޯދަން ކުރާ މަސައްކަަތުގައި ދޫދޭން ބޭނުންނުވާ ކަމަށާއި އޭނާ ބާކީކޮށްފައި ހުރީ ފުޓްބޯޅައިގެ ސަބަބުތަކަށް ވުރެން ބޮޑަށް ތަފާތު ކަންކަމާ ގުޅޭގޮތުން އަމިއްލަ ހިޔާލުގައި ވާހަކަތަކެއް ދައްކާފައިވާތީ ކަމަށެވެ.

1 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 12%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޒިލް

02 January 2021

ރަދީފްމެންވެސް އާޓެޓާއަށް ރިކުއެސްޓު ފޮނުވާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454